އާންޓީގެ އިސްބަސް


1.
ހެމުންއައި ހެމުންއައި ކުޑަކުޑަ ތަރިއާ!
އަލިގަދަ ދަންމަރު ފަނޑު ނުމެވާ،
ޢިލްމާ ޙިލްމުން، ކާނާ ދީ،
ހިތުގައި ނޫރެއް ދިއްލަންހޭ؟

2.
ހެމުންއައި ހެމުންއައި ކުޑަކުޑަ ތަރިއާ!
ރަތުރަން އަކުރުން ބަސް ލިޔެދީ،
އަތުގަ ހިފައިގެން ކުރަހައިދީ،
މޭގައި ޙިކުމަތް އިންދަންހޭ؟

3.
ހެމުންއައި ހެމުންއައި ކުޑަކުޑަ ތަރިއާ!
ދީނީ ޤައުމީ ޖައްވެއްގައި،
ބުއްދީގެ ޣިޒާތައް ލައިދީ،
އިނބަ ތަރުބިއްޔަތު މަ ކުރަންހޭ؟