އެމެރިކާ މީހުންގެ ބައެއް އާދަކާދަ


އެމެރިކާ މީހުންގެ ދިރިއުޅުމުގެ މައްޗަށް ނަޒަރު ހިންގާލައިފިނަމަ، ސަލާމަތް ބުއްދީގެ އަހުލުވެރިންނަށް ބަލައިނުގަނެވޭނެ އާދަކާދަތައް އެމީހުންގެ ތެރޭގައި ވެއެވެ. ޚާއްޞަކޮށް، ހަރުދަނާ މުސްލިމުން އެފަދަ އާދަކާދަތަކެއް ބަލައެއް ނުގަންނާނެއެވެ. މި ލިޔުމުގައި ގެނެސްދޭނީ އެއިން ބައެއް އާދަކާދަތަކެވެ.


ޖަނަވާރަށް ކަމޭހިތުމާއި، އިންސާނުންނަށް އިހާނެތިކޮށްހިތުން

އެމެރިކާ މީހުންނަކީ، އިންސާނުންނަށް ކަމޭހިތާވަރަށްވުރެ މާބޮޑަށް ޖަނަވާރަށް ކަމޭހިތާ ބަޔެކެވެ. އެމީހުންގެ މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ދޭ އަހައްމިއްޔަތަށްވުރެ ބޮޑު އަހައްމިއްޔަތެއް، އެމީހުން ގެންގުޅޭ ކުއްތާތަކަށް އެމީހުން ދޭކަމީ އެންމެން ދަންނަ ޙަޤީޤަތެކެވެ. އެ ކުއްތާތަކަކީ، އެމީހުންގެ ގެދޮރުގެ ފާރަވެރިންގެ ގޮތުގައި ގެންގުޅޭ އެއްޗެއް ނޫނެވެ. އެކަމަކު އެއީ، އެމީހުން ފޫހިފިލުވުމަށްޓަކައި ގެންގުޅޭ އެއްޗެކެވެ. ތުއްތު ދަރިންގެ ކިބައިން ލިބޭ އުފަލަށްވުރެ ބޮޑު އުފަލެއް އެމީހުންނަށް ކުއްތާގެ ކިބައިން ލިބެއެވެ.

އެމެރިކާ މީހުން ޖަނަވާރު ދެކެ އެހާ ބޮޑު ލޯތްބެއް ވާއިރު، މީހަކު މަރައިލުމަކީ، ނުވަތަ ޤައުމަކަށް އަރައިގަނެ އެ ޤައުމެއްގެ ރައްޔިތުންނާއި ގެދޮރު ސުންނާފަތިކޮށްލުމަކީ، އެމީހުންގެ ގާތުގައި މާބޮޑު ކަމެއް ނޫނެވެ.


އަތުން ފުޓްބޯޅަ ކުޅުން

ފުޓްބޯޅަ އަކީ، ފައިން ކުޅުމަށް ހަމަޖެހިފައިވާ ކުޅިވަރެކެވެ. އެހެނަސް އެމެރިކާ މީހުން ވަނީ، އެ ކުޅިވަރު، އަތުން ކުޅޭ ގޮތަށް ބަދަލުކޮށް، ދުނިޔޭގެ އެހެން މީހުންނާ ޚިލާފުވެފައެވެ. މިކަމުގެ ބޭނުމަކީ ކޮބައިތޯ ސުވާލުއުފައްދަންޖެހެއެވެ. އެމީހުން އެގޮތަށް އެ ކުޅިވަރު ބަދަލުކޮށްގެން ކުޅޭއިރު، ދައްކައިދެނީ، އެއީ ބާރުގަދަ މީހުންގެ ކުޅިވަރެއް ކަމަށެވެ. އެކަމުން އެމީހުން އެ އަންގައިދެނީ، އެމީހުންނަކީ ދުނިޔޭ އެހެން ޤައުމުތަކުގެ މީހުންނާ އިދިކީލިވެގެން އުޅޭ ބަޔެއް ކަމެވެ. އަދި އެކަމުން އެމީހުން ދައްކައިދެނީ، އެމީހުންގެ ޖައްބާރުކަމާއި، ދެކޮޅުވެރިކަމެވެ.


މަގުތައް ސާފުވުމާއި ގެދޮރު ނުތާހިރުވުން

އެމެރިކާގެ މަގުތައް ނުހަނު ސާފުތާހިރުވާނެއެވެ. އެކަމަކު، އެމީހުންގެ ގެދޮރު ވަރަށް ބޮޑަށް ނުތާހިރުވާނެއެވެ. ގޭތެރޭގައި އެއްޗެހި ބަހައްޓާފައި ހުންނާނީ ވެސް އެއްވެސް އިންތިޒާމެއްނެތިއެވެ. އެކަމާމެދު ވިސްނާ ފިކުރުކޮށްފިނަމަ، އެމީހުންގެ އެތެރެފުށުގެ ނުބައިކަމާއި، އެމީހުންގެ ގޮތެއްފޮތެއް ނެތްކަން ކަށަވަރުވާނެއެވެ.


އެކަނިވެރިކަން

އެކަނިވެރިކަންމަތީ ދިރިއުޅުމަކީ، އެމެރިކާ މީހުންގެ ކިބައިގައިވާ އާދަޔާޚިލާފު އާދަތަކުގެ ތެރެއިން އާދައެކެވެ. އުމުރުން އަށާރަ އަހަރު ފުރުމުން، އާންމު ގޮތެއްގައި ދަރިން، މައިންބަފައިން ދޫކޮށްލާފައި ދެއެވެ. މަންމަ އާއި ބައްޕަ އާއި ދަރިންގެ މައްޗަށް އެކުލެވޭ ކުޑަ ޢާއިލާގެ އަފުރާދުންނަށް، އެމީހުންގެ ބޮޑު ޢާއިލާގައި ހިމެނޭ ގާތްތިމާގެ މީހުންނަކީ ކޮބައިކަމެއް ނޭނގެއެވެ. ކާފަ އާއި، މާމަގެ ގާތަށް އެމީހުން ޒިޔާރަތްކުރަނީ ޚާއްޞަ މުނާސަބަތުތަކުގައެވެ. އަވަށްޓެރިންގެ މެދުގައި ވެސް ބަދަހި ގުޅުމެއް ނޯވެއެވެ. އެމެރިކާގެ މުޖުތަމަޢުގައި، ރައްޓެހިކަމުގެ ގުޅުން ބިނާވެފައި އޮންނަނީ، މަޞްލަޙަތުގެ މައްޗަށެވެ.


ޝައިޠާނާއަށް އަޅުކަންކުރުން

އެމީހުން އެކިއެކި މުނާސަބަތުތައް ފާހަގަކުރެއެވެ. އެހެނަސް އެއީ ކޮން މުނާސަބަތުތަކެއްކަން އެއިން ގިނަ މީހުންނަކަށެއް ނޭނގެއެވެ. އެމީހުން ޝުކުރުގެ ދުވަސް ފާހަގަކުރަނީ ޝައިޠާނުންނަށް އަޅުކަންކުރުމަށްޓަކައި ކަމަށް ބުނެވެއެވެ.


މުސްކުޅި ބާއްޖަވެރިން

މުސްކުޅި މަންމައާއި ބައްޕަ ދަރިންގެ ކައިރީގައި ބައިތިއްބައިގެން ބެލުމަކީ، އެމެރިކާގެ މުޖުތަމަޢުގައި ކަޓުކަމެކެވެ. މުސްކުޅިންނަށް ޚާއްޞަ ގެތަކެއް ވެއެވެ. މުސްކުޅިވުމުން، ދަރިންނާ ވަކިވެގެން ދާންޖެހެނީ އެ ގެތަކަށެވެ. ދަރިންގެ ލޯތްބާއި އަޅާލުމެއް ނުލިބޭނެއެވެ. ޙަޤީޤަތުގައި އެތަންތަނަށް ނުގޮސް ދަރިންގެ ކައިރީގައި ތިބުމަކީ މާ ނުރައްކާތެރި ކަމެކެވެ. މަރުވެއްޖެނަމަ، މަރުވީ ކޮން ދުވަހަކު، ކޮން އިރަކު ކަމެއް ވެސް ނޭނގޭނެތީއެވެ. އެހައިވެސް، ދަރިންގެ އަޅައިލުން ކުޑައެވެ.


އިސްރާއީލު ނޫން ޤައުމެއް ނޭނގުން

އެމެރިކާ މީހުންނަށް މުޅި ދުނިޔެއިން ވެސް ރަނގަޅަށް އެނގިފައިވަނީ އެންމެ ޤައުމެކެވެ. އެއީ، އިސްރާއީލެވެ. އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ، ޢަރަބި ޤައުމުތަކާއި، މުސްލިމުންގެ ސަގާފަތު އެއްގޮތަކަށްވެސް ނުދަންނަ ބަޔެކެވެ. ދުނިޔޭގެ ޤައުމުތަކުގައި މުސްލިމުން ކަތިލައި މެރިޔަސް އެމީހުންނަށް ވަރިހަމަވާނެއެވެ. އެމީހުން ހީކުރަނީ، ތަރައްޤީވެ ތަހުޒީބުވެފައިވަނީ، އެމީހުން އެކަނި ކަމަށެވެ. އަދި ދުނިޔޭގެ އެހެން މީހުން ދިރިއުޅެމުންގެންދަނީ، ސްޓޯން އޭޖްގައި ކަމަށެވެ. ޚާއްޞަކޮށް އަދިވެސް (މުސްލިމު) ޢަރަބީން ދަތުރުފަތުރުކުރަނީ ޖަމަލުގެ މަތީގައި ކަމަށް އެމީހުން ގަބޫލުކުރެއެވެ.


ޣީރަތްތެރިކަން ނެތުން

އެމެރިކާގެ ގިނަ މީހުންނަކީ، ޣީރަތްތެރިކަން ނެތިފައިވާ ބަޔެކެވެ. އެމީހުންނަކު، އެމީހުންގެ އަބުރާއި ޢިއްޒަތާ މެދު ފަރުވާލެއް ނުބަހައްޓައެވެ. އަދި އެމީހުންގެ އަނބިދަރީންގެ އަބުރާއި ޢިއްޒަތާ މެދު ވެސް ފަރުވާލެއް ނުބަހައްޓައެވެ. އެމީހުންގެ އަނބިދަރީން ވިޔާނުދާކޮށް އުޅުނަސް އެމީހުންނަށް ވަރިހަމައެވެ. މި ދަރަޖަ އަށް އެމީހުންގެ ކިބައިން ޣީރަތްތެރިކަން ނެތިފައިވަނީ، އެމީހުން މާގިނައިން ބަނގުރާ ބޮއި، އޫރުމަސް ކާތީ ކަމަށް ބެލެވެއެވެ. އެހެނީ، އޫރުމަސް ކެއުމަކީ، މީހާގެ ކިބައިން ބަނިޔާދަންކަން ކެނޑިދާ ކަމެކެވެ. އަދި، އޫރުގެ އުޅުމާއިގުޅުމުން ސިފަތައް އަށަގަންނަ ކަމެކެވެ. ބަނގުރާ ބުއިމަކީ، ބުއްދިފިލައިދާ ކަމެކެވެ. ބުއްދިފިލާފައިވާ އޫރުތަކެއް ފަދައިން ބަޔަކު އުޅެން ފަށައިފިނަމަ، އެބަޔެއްގެ ސަބަބުން މިދުނިޔެއަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.


ކާބޯތަކެތި ތަފާތުވުން

އެމެރިކާ މީހުންގެ ކާބޯތަކެތި، މެދުއިރުމަތީ މީހުންގެ ކާބޯތަކެއްޗާ ތަފާތެވެ. އަދި ދެކުނު އޭޝިއާ އާއި، އިރުމަތީ އޭޝިއާ މީހުންގެ ކާބޯތަކެއްޗާ ވެސް ތަފާތެވެ. އެމެރިކާ މީހުންނަކު، ހަނޑުލުގެ ބާވަތްތަކެއް ނުކައެވެ. އެމީހުންގެ ހެނދުނުގެ ނާސްތާގައި، ރޮށި ވެސް ނުކައެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގެ މީހުންނާ ޚިލާފަށް، އެމީހުންނަކީ ވަރަށް ގިނައިން އަލުވި ކައިއުޅޭ ބަޔެކެވެ. ދެރަ ގޮތަކަށް ފެނުކައްކާފައިވާ ބޮޑު އަލުތްވެއް ލިބެނިކޮށް އެމެރިކާގެ މީހަކަށް ފުދެއެވެ!


މަޞްދަރު:
http://www.albawaba.com/ar/slideshow/%D
8%A7%D8%B3%D8%AA%D9%87%D8%AC%D8%A
7%D9%86-%D8%A7%D9%84%D8%B9%D8%A
7%D8%AF%D8%A7%D8%AA-%D8%A7%D9%8
4%D8%A3%D9%85%D8%B1%D9%8A%D9%8
3%D9%8A%D8%A9-662304