އެމެރިކާ މީހުންނާއި، ރަޝިޔާ މީހުންގެ ތަފާތު


އެމެރިކާ މީހުންނާއި، ރަޝިޔާ މީހުންގެ ތަފާތު ބުނެދޭ ޖޯކެއްގައި ވެއެވެ.

އެމެރިކާ މީހުން ފަޒާއަށް ގޮސް ގަލަމުން ލިޔަން އުޅުމުން އެކަމެއް ނުކުރެވުނެވެ. އެއީ، ފަޒާގައި ގްރެވިޓީ ނުހުންނާތީއެވެ. ދެން އެމެރިކާގެ ސައިންޓިސްޓުން އެތައް މިލިއަން ފައިސާއެއް ޚަރަދުކޮށްގެން، ފަޒާގައި އުޅޭއިރު، އެއިން ލިޔެވޭނެ ގަލަމެއް އުފެއްދިއެވެ.

ރަޝިޔާ މީހުން ވެސް ފަޒާއަށް ދިއުމުން ހަމަ އެމައްސަލަ ކުރިމަތިވިއެވެ. އެހެނަސް އެމީހުން ފަޒާގައި ބޭނުންކުރާނެ ގަލަމެއް އީޖާދުކުރުމަށްޓަކައި އެއްވެސް ޚަރަދެއް ނުކުރެއެވެ. އެމީހުން އެ މައްސަލަ ޙައްލުކުރުމަށްޓަކައި ބޭނުންކުރި އުންސުރަކީ ފަންސުރެވެ!