މަޣުރިބުނަމާދުގެ ބަންގި


މޮޔަ ކުއްޖަކު ރަމަޟާންމަހު ރޯދަ ކުރުކުރުމަށްޓަކައި ޓީވީ ބަލަން އިނެވެ. އޭރު މެންދުރު ފަހު، ދޭއް ޖަހަނީއެވެ. އޭރު ދައްކަމުންދިޔައީ ބެލުންތެރިން އެދިގެން ފޮނުވާ ލަވަތަކެކެވެ. އެ ކުއްޖާ ޓީވީބަލަން އިނދެފައި، ބަލަމުން ގެންދިޔަ ޗެނަލަށް ގުޅާފައި ބުންޏެވެ.

"ތިޔައީ، އަޅުގަނޑު މިހާރު ބަލަމުންމިދާ ޗެނަލް ހެއްޔެވެ؟"

ޕްރެޒެންޓަރު ބުންޏެވެ.

"އާދޭހެވެ. މިއީ، މިހާރު ތިޔަ ބައްލަވަމުންގެންދާ ޗެނަލެވެ."

މޮޔަކުއްޖާ އެއްސެވެ.

"އަޅުގަނޑަށް ކަމެއް ކޮށްދެއްވައިފާނަންތޯއެވެ؟"

ޕްރެޒެންޓަރު ބުންނެވެ.

"އަވަހަށް ވިދާޅުވާށެވެ!"

މޮޔަ ކުއްޖާ ބުންޏެވެ.

"ހަމަ މިހާރު، މަޣުރިބުނަމާދުގެ ބަންގި ފޮނުވައިދޭށެވެ!"