އަވަހަށް ނިއްވާލާ!


މަރަށް ހާޒިރުވެފައި އޮތް ދަހި މީހަކު، ޢިޝާނަމާދު ފަހުން އޭނާގެ ފަހުވަގުތު ޖެހެން އުޅެނިކޮށް، އޭނާގެ ދަރީންނަށް ގޮވަން ފެށިއެވެ.

ދަހިމީހާ: މުހަންމަދު ކޮބާ؟
ހަމަ އެހިނދު މުހަންމަދު އޭނާގެ ބައްޕަގެ ގާތަށް ދިޔައެވެ.

ދަހިމީހާ: މަޙުމޫދު ކޮބާ؟
ހަމަ އެހިނދު މަޙުމޫދު އޭނާގެ ބައްޕަގެ ގާތަށް ދިޔައެވެ.

ދަހިމީހާ: އަޙުމަދު ކޮބާ؟
ހަމަ އެހިނދު އަޙުމަދު އޭނާގެ ބައްޕަގެ ގާތަށް ދިޔައެވެ.

ދަހިމީހާ: ޢާއިޝާ ކޮބާ؟
އަޙުމަދު: މީގެ ތިން އަހަރު ކުރިން މީހަކާ އިނދެގެން ދިޔަފަހުން އަދި ނާދެއެވެ.

ދަހިމީހާ: ޢަލީ ކޮބާ؟
އަޙުމަދު: މީގެ ދެ އަހަރު ކުރިން މީހަކާ އިނދެގެން ދިޔަފަހުން އަދި ނާދެއެވެ.

ދަހިމީހާ: އިބްރާހީމު ކޮބާ؟
އަޙުމަދު: މީގެ ހަތަރު އަހަރު ކުރިން މީހަކާ އިނދެގެން ދިޔަފަހުން އަދި ނާދެއެވެ.

ދަހިމީހާ: ޒައިނަބު ކޮބާ؟
އަޙުމަދު: މީގެ ފަސް އަހަރު ކުރިން މީހަކާ އިނދެގެން ދިޔަފަހުން އަދި ނާދެއެވެ.

ދަހިމީހާ: ފެންޑާގައި ބޮކި ދިއްލައިގެން އެންމެ ތިން ކުދިން ތިތިބީ ކީއްވެހެއްޔެވެ؟ އަވަހަށް ނިއްވާލާށެވެ!