ވަނުން ހިލޭ


ނައިޓްކްލަބެއް ހުޅުވައި، އެތަނަށް ވަނުމުގެ އަގަކީ 10 ޑޮލަރު ކަމުގައި ހަމަޖެއްސުނެވެ. މަހެއްހައި ދުވަސް ފާއިތުވެގެން ދިޔައިރު ވެސް މީހަކު އެތާކަށް ނުވަދެއެވެ.

ދެން އެތަނަށް ވަނުމުގެ ޓިކެޓް 5 ޑޮލަރަށް ތިރިކުރެވުނެވެ. އެވަރުން ވެސް މީހަކު އެތާކަށް ނުވަނެވެ.

ދެން އެތަނަށް ހިލޭ ވަދެވޭ ގޮތަށް ހަމަޖެއްސުނެވެ.

އެގޮތަށް ހަމަޖެއްސި ދުވަހުގެ ރޭ ތަން ފުރޭވަރަށް މީހުން ވަނެވެ. އެންމެން ވަދެ ނިމުމުން ނައިޓްކްލަބްގެ ފަރާތުން އިޢުލާނެއް ކުރިއެވެ.

"މިތުރުންނޭވެ! ނައިޓްކްލަބްގެ ހުރިހައި ދޮރުތަކެއް ތަޅުލައި ބަންދުކުރެވިއްޖެއެވެ. ދެން މިތަނުން އެއްވެސް މީހަކަށް ނިކުމެވޭނީ ޓިކެޓެއް ގަނެގެންނެވެ. ނިކުތުމުގެ ޓިކެޓެއްގެ އަގަކީ، 50 ޑޮލަރެވެ!"