"ޔަތަޝައްމަމު" (يَتَشَمَّمُ) ގެ މާނަ


ދިވެހި ބަސް ތަރައްޤީކުރެއްވުމަށްޓަކައި މަސައްކަތްކުރައްވާ ބައެއް ފަރާތްތަކުން، "ޔަތަޝައްމަމު" (يَتَشَمَّمُ) ގެ މާނައާމެދު ބަހުސްކުރައްވާތަން ފެނެ އެވެ. އެ ލަފުޒު އިހުގެ އަދަބިއްޔާތުގައި ދިވެހި ބަހަށް ތަރުޖަމާކުރެވިފައިވާ ގޮތާއި، މިޒަމާނުގައި ތަރުޖަމާކުރެވޭ ގޮތާ ބެހޭ ގޮތުންނެވެ.

ހަތަރު ޢިލްމުވެރިއެއްގެ ވާހަކަ


މިއީ، ރައްބާނިއްޔަ ޢިލްމުވެރީންގެ ތެރެއިން ހަތަރު ބޭކަލެއްގެ ވާހަކަ އެވެ. ރައްބާނިއްޔަ ޢިލްމުވެރީންނަކީ، ކިތަންމެ ދަތި ޙާލުކޮޅެއްގައި އުޅުއްވަން ޖެހިވަޑައިގަތަސް އެހެން މީހަކަށް އެކަން އަންގަވާ ބަޔެއް ނޫނެވެ. އެބޭކަލުންގެ ޙާލުކޮޅު ނުދަންނަ މީހަކު ހީކުރާނީ، އެބޭކަލުންނަކީ މުއްސަނދީން ކަމަށެވެ.

ގެއްލުނު ސުވަރުގެ


1.
ވާދީތެރޭ އައްސޭރިތަކުގައި ހޭދަވީ ވަގުތާ ތަނުން،
ދީދީ ހަނދާންކޮށްލަން ހިނގާ ޞަފުޙާތަކެއް އެދުވަސްތަކުން.

2.
ހެނދުނާ، ހަވީރާ، ރޭގަނޑާ، ރިއްސާރަނުން ކުލަޖެއްސިފައި،
ލަދުމާތަކަށްވުރެ މާލަޠީފީ ސިފަތަކެއް ވީ ތަންތަނުން.