ދަރިފުޅު ޑައުންލޯޑުވި ގޮތް
ޢުމުރުން ތިން އަހަރު ފުރެމުންދާ ދަރިފުޅު، އޭނާގެ
މަންމައާ ސުވާލުކުރިއެވެ.
"މަންމަ، ތިމަންނަ
ޑައުންލޯޑްކުރީ ކޮން ސައިޓަކުން ހެއްޔެވެ؟"
ޙައިރާންކަމާއެކު މަންމަ ބުންޏެވެ.
"މަންމަ
ދަރިފުޅު ޑައުންލޯޑެއް ނުކުރަމެވެ."
ދަރިފުޅު:
"އެހެންވެއްޖެއްޔާ ތިމަންނަ ދުނިޔެއަށް އައީ ކިހިނަކުން
ހެއްޔެވެ؟"
މަންމަ: "މަންމަގެ ބަނޑުން ދަރިފުޅު
އުފަންވީއެވެ."
ދަރިފުޅު: "ގޭމުތައް އުފަންވާ
ގޮތަށް ހެއްޔެވެ؟"
މަންމަ: "ދަރިފުޅާއެވެ!
ގާތްގަނޑަކަށް އެކަހަލަ ގޮތަކަށެވެ."
ދަރިފުޅު
އަނެއްކާވެސް ސުވާލެއް ކުރިއެވެ.
"އެހެންކަމަށްވަނީނަމަ، ތިމަންނާ އުފަންވީ އައިޕެޑަށް
ހެއްޔެވެ؟ ނުވަތަ ފޯނަށް ހެއްޔެވެ؟"
މި މޭރުމުން
ދަރިފުޅުގެ ސުވާލުތައް ކުރިއަށްދިޔައެވެ. ބުއްދިވެރި
މަންމަ، އެ ސުވާލުތަކާމެދު ކަންބޮޑުވުން ފާޅުކުރުމެއްނެތި،
ދަރިފުޅުގެ ބުއްދިއާ މުނާސިބުވާނެ ފަދަ ލުއިލުއި ގޮތަކަށް
ޖަވާބުދެމުން ގެންދިޔައެވެ.