ނިކަމެތި މީހާ އަށް ދޭން ހޯދި ފައިސާ
ދަރިފުޅު ދުވެފައި ގޮސް މަންމަ ގާތުގައި ބުންޏެވެ.
"މަންމާއެވެ! މަގުމަތީގައި ހުރި ނިކަމެތި މީހަކު
ކަމަކަށް އެބަ އެދެއެވެ. އޭނާ އަށް ދޭން ފައިސާކޮޅެއް
ދީބަލާށެވެ!"
ސަލާންޖަހާ މީހަކަށް، ދަރިފުޅު
ޞަދަޤާތް ދޭން އުޅޭ ކަމަށް ހިތައި މަންމަ ނުހަނު
އުފަލާއެކު ދަރިފުޅު އަތަށް ފައިސާކޮޅެއް ދިނެވެ. އެ
ފައިސާކޮޅު ހިފައިގެން ދަރިފުޅު ދާންފެށުމުން މަންމަ އަށް
އަހާލެވުނެވެ.
"ދަރިފުޅާއެވެ! އޭނާ އެދެނީ ކޮން
ކަމަކަށް ހެއްޔެވެ؟"
ދަރިފުޅު: "އޭނާ އެދެނީ އޭނާގެ
އަތުން އައިސްކްރީމް ގަތުމަށެވެ!"