ޝައްކު ބަލި ޖެހިފައިވާ މީހެއް


ނިދިން ހޭލުމާއެކު އަވަސްއަވަހަށް ތައްޔާރުވެލައިގެން ހޮސްޕިޓަލަށް ދިޔައެވެ. އޭނާ ދިޔައީ، އިއްޔެ ޑަކުޓަރު ދެއްވި ބޭހާމެދު އުފެދުނު ޝައްކެއްގެ ސަބަބުންނެވެ.

ޑަކުޓަރާ ބައްދަލުވެވުނުއިރު، އޭނާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެ ހާސްވެފައެވެ. އޭނާގެ ހިތަށް ތަސައްލީއެއް ދެވޭތޯ ބައްލަވަމުން ޑަކުޓަރު ބުނުއްވިއެވެ.

"ބަލި ފަސޭހަވުން ފިޔަވައި އެހެން ކަމެއް ކުރިމަތިވިހެއްޔެވެ؟"

ބަލިމީހާ: "އަޅުގަނޑަށް ކުރިން އިވުނު ބޭކާރު އަޑުތައް ހަނދުމަފުޅު އެބަހުރިތޯއެވެ؟"

ޑަކުޓަރު: "މިހާރު އެ އަޑުތަކެއް ނީވެއެއް ނޫން ހެއްޔެވެ؟ އިއްޔެ ދިން ބޭހަކީ، އެކަމަށް ދިން ފަރުވާއެކެވެ."

ބަލިމީހާ: "އެ ބޭހުގެ ސަބަބުން އަޅުގަނޑުގެ ކަންފަތް ބީރުވީ ނޫންތޯއެވެ؟"

ޑަކުޓަރު: "އެ ބޭހުގެ ސަބަބުން ކަންފަތް ބީރުވިނަމަ، މި ދައްކާ ވާހަކަ ތިބާއަށް އަޑުއިވޭނީ ކިހިނަކުން ހެއްޔެވެ؟"

ބަލިމީހާ: "އަޅުގަނޑަށް ހީވަނީ، އަޅުގަނޑުގެ ކަންފަތް ބީރުވެއްޖެހެންނެވެ! ނޫންނަމަ، ކުރިން އަބަދުވެސް އިވިއިވި ހުންނަ އަޑުތަކެއް ނީވެންވީ ކީއްވެތޯއެވެ؟"