ތަޅުދަނޑި މުޞްޠަލަޙުތަކެއް


އައްތަކުލީފު (التَكْلِيف): ތަކުލީފަކީ، "ކައްލަފަ" (كَلَّفَ) ގެ މަޞްދަރެވެ. ޢަރަބި ބަހުގައި، "ތަކުލީފު" ގެ މާނައަކީ، "ކަމެއް ކުރުމަށް ޙަވާލުކުރުން" އެވެ. ދިވެހި ބަހުގައި "ތަކުލީފު" ގެ މާނައަކީ، "އުނދަގޫ" އާއި، "ތުރާ" އެވެ. ޢަރަބި ބަހުގައި، "ކައްލަފަ" ގެ މާނައަކީ، "ކަމެއް ކުރުމަށް ޙަވާލުކޮށްފި" އެވެ.

ކަމެއް ތަކުލީފުކުރުން (التَّكْلِيفُ بالأَمر): މީގެ މާނައަކީ، "ކަމެއް ކުރުން، އެކަމެއް ކުރުމަށް ކުޅަދާނަވެގެންވާ ފަރާތެއްގެ މައްޗަށް ލާޒިމުކުރުން" އެވެ.

އަލްމުޙާލު (المحال): މުޙާލުގެ މާނައަކީ، "މުސްތަޙީލު" އެވެ. މުސްތަޙީލުގެ މާނައަކީ، "ނުވާނެ ކަން" އެވެ. އެހެނަސް ޢަރަބި ބަހުގައި މުސްތަޙީލާއި، މުޙާލު ގެ ދެމެދުގައި ފަރަގެއް ވެއެވެ. އަދި މި ދެ ލަފުޒުގައި އެތައް މާނަތަކެއް އެކުލެވެއެވެ.

"ޚަލަލު" (خَلَل): ފާސިދުވުން، ހަލާކުވުން، ބަލިކަށިވުން، ނިކަމެތިވުން.


މުކައްލިފު (مُكَلِّف) އާއި، މުކައްލަފު (مُكَلَّف) ގެ ތަފާތު:

"މުކައްލިފު" އަކީ، "ކަން ކުރުން ޙަވާލުކުރާ ފަރާތް" އެވެ.

"މުކައްލަފު" އަކީ، "ކަން ކުރުން ޙަވާލުކުރެވޭ ފަރާތް" އެވެ. ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މުކައްލަފަކީ، ބާލިޣުވެ އަދި އޭނާގެ ޢުމުރާއި ޙާލަތުގެ ގޮތުން އޭނާގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ޙުކުމް ހިނގުމަށް ފަހިވެފައިވާ މީހާއެވެ.

ޝަރްޙުލް ކައުކަބިލް މުނީރި (شرح الكوكب المنير) އެވެ، ކިޔާ ފޮތުގެ ފުރަތަމަ ބައިގައި ވެއެވެ.

ތަކުލީފު (التَّكْلِيفُ) ގެ ބަހަވީ މާނައަކީ، އުނދަގޫކަން (مَشَقَّة) ހިމެނޭ ކަމެއް ލާޒިމުވުމެވެ.
ތަކުލީފު (التَّكْلِيفُ) ގެ ޝަރުޢީ މާނައަކީ، އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަން ކުރުން ލާޒިމުވުމެވެ.

އޭގައި ފަސް ޙުކުމް ވެއެވެ. އެ ފަސް ޙުކުމް ޙާޞިލުވަނީ، ތިން ކަމަކުންނެވެ. އެއީ، އަމުރާއި، ނަހީ އާއި، އިޚުތިޔާރީއެވެ. ފަހެ، ވާޖިބުވުމާއި، ސުންނަތްވުން ޙާޞިލުވަނީ، އަމުރުންނެވެ. ޙަރާމްވުމާއި، މަކުރޫހަވުން ޙާޞިލުވަނީ، ނަހީ އިންނެވެ. ހުއްދަވުން ޙާޞިލުވަނީ، އިޚުތިޔާރަށް ދޫކޮށްލެވިފައިވުމުންނެވެ.

"އަލްމަޙްކޫމު ބިހީ" (المحكوم به) އަކީ، ތަކުލީފު ލިބިގެންވާ މީހާގެ ޢަމަލެވެ. އޭނާގެ ޢަމަލު ސިފަކުރެވެނީ، އެއީ އޭނާ ކުރުމަށް އަންގަވާފައިވާ އަމުރެއްގެ ގޮތުގައެވެ. ނުވަތަ އޭނާ އެއްކިބާވާންޖެހޭ ނަހީކުރައްވާފައިވާ ކަމެއްގެ ގޮތުގައެވެ. ފިޤުހުގެ އުޞޫލުގެ (أصول الفقه) ގެ ގިނަ ޢިލްމުވެރިން "އަލްމަޙްކޫމު ބިހީ" (المحكوم به) އަށް ދެއްވާފައިވާ ނަމަކީ، "އަލްމަޙްކޫމު ފީހި" (المحكوم فيه) އެވެ.

ފިޤުހުގެ އުޞޫލު (أصول الفقه) ގައި، ޝަރުޢީ ޙުކުމާ ގުޅިފައިވާ ތިން ބަހާއެއް ވެއެވެ. ފިޤުހުގެ އުޞޫލު (أصول الفقه) ގައި، އޭގެ މައްޗަށް ނަޒަރުހިންގެއެވެ. އެއީ:

1. އަލްޙާކިމު (الحاكم): އެއީ، މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ.
2. އަލްމަޙުކޫމު ޢަލައިހި (المحكوم عليه): އެއީ، ތަކުލީފު ލިބިގެންވާ މީހާއެވެ. އޭނާއަކީ، މާތް ﷲ ގެ އަޅެކެވެ.
3. އަލްމަޙުކޫމު ބިހީ (المحكوم به): އެއީ، ޢަމަލެވެ. އޭގެ ޝަރުޠަކީ، އެއީ މުމްކިން ކަމެއް ކަމުގައި ވުމެވެ.