ޢަރަބި ބަހުގައި ޢަދަދާއި، މަޢުދޫދު ލިޔާ ގޮތް
1 އާއި 2:
އަބަދުވެސް މަޢުދޫދާ މުޅިން
އެއްގޮތެވެ.
މިސާލު:
فتاة واحدة: އެއް
އަންހެން ކުއްޖެއް.
شابٌ واحد: އެއް ފިރިހެން ކުއްޖެއް.
امرأتان اثنتان: ދެ އަންހެނުން.
رجلان اثنان: ދެ
ފިރިހެނުން.
3 އިން 9 އަށް:
ޢަދަދުގެ
ޖިންސް، މަޢުދޫދުގެ ޖިންސާ ތަފާތެވެ.
މީގެ
މާނައަކީ:
ފިރިހެން މަޢުދޫދާއެކު އަންހެން
ޢަދަދެވެ.
އަންހެން މަޢުދޫދާއެކު ފިރިހެން ޢަދަދެވެ.
މިސާލު:
تسع طالبات: ނުވަ އަންހެން ދަރިވަރުން.
خمسة طلاب: ފަސް ފިރިހެން ދަރިވަރުން.
(މަޢުދޫދު މިވަނީ
ޖަމްޢުކޮށެވެ.)
10 (ދިހަޔެއް):
ދިހަޔެއްގެ ދެ ޙާލަތު ވެއެވެ. އެއީ މުފުރަދާއި
މުރައްކަބެވެ.
މުފުރަދު ޙާލަތުގައި، ޖިންސްގެ ގޮތުން
މަޢުދޫދާ ތަފާތެވެ.
މިސާލު:
عشر طالبات:
ދިހަ އަންހެން ދަރިވަރުން.
عشرة طلاب: ދިހަ ފިރިހެން
ދަރިވަރުން.
(މަޢުދޫދު މިވަނީ ޖަމްޢުކޮށެވެ.)
މުރައްކަބު ޙާލަތުގައި، ޖިންސުގެ ގޮތުން މަޢުދޫދާ
އެއްގޮތެވެ.
11 އާއި 12:
ޖިންސުގެ
ގޮތުން މަޢުދޫދާ އެއްގޮތެވެ.
މިސާލު:
اشتريت
أحد عشر بيتاً: އެގާރަ ގެ ގަނެފިން.
فتحت اثنتي عشرة
نافذة: ބާރަ ކުޑަދޮރު ހުޅުވައިފިން.
(މަޢުދޫދު މިވަނީ
މުފުރަދުކޮށެވެ.)
13 އިން 19 އަށް:
އޭކަންވަޅުގެ ޢަދަދު، މަޢުދޫދުގެ ޖިންސާ ތަފާތެވެ.
ދަސްވަޅުގެ ޢަދަދު، މަޢުދޫދުގެ ޖިންސާ އެއްގޮތެވެ.
މިސާލު:
ثلاثة عشر بيتاً: ތޭރަ ގެ.
تسعة عشر
طالباً: ނަވާރަ ދަރިވަރު.
خمس عشرة سنة: ފަނަރަ އަހަރު.
أربع عشرة طبقة: ސާދަ ފަޝަލަ.
(މަޢުދޫދު މިވަނީ
މުފުރަދުކޮށެވެ.)
ޢަޤުދުގެ ޢަދަދާއި ސަތޭކައިގެ
ޢަދަދާއި އޭގެ ގުނަ:
އެ އޮންނަ ގޮތަށް
ސާބިތުކަންމަތީ ދެމިއޮވެއެވެ.
މިސާލު:
ثلاثون منزلاً: ތިރީސް ގެ.
ثلاثون شرفةً: ތިރީސް
ބެލްކަނި.
مائة عام: ސަތޭކަ އަހަރު.
مائة سنة:
ސަތޭކަ އަހަރު.
(މަޢުދޫދު މިވަނީ މުފުރަދުކޮށެވެ.)