ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް


2017 ވަނަ އަހަރު، ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރާއިރު، ކަނޑައެޅިފައިވާ މައުޟޫޢެއް ވެއެވެ. އެއީ، "ބަދަލުވަމުންދާ ޢަމަލީ ދުނިޔޭގައި އަންހެނުން: 2030 އަށް ގުރަހަ 50-50 ކުރުން" އެވެ.

ކިންގ ސަލްމާނު ބްނު ޢަބްދުލްޢަޒީޒު


ދެ ޙަރަމްފުޅުގެ ޚާދިމު ސަލްމާން ބްނު ޢަބްދުލްޢަޒީޒު އާލު ސަޢޫދު (خادم الحرمين الشريفين سلمان بن عبد العزيز آل سعود) (حفظه الله) އަކީ، ސަޢޫދީ ޢަރަބިއްޔާގެ ހަތްވަނަ ރަސްގެފާނެވެ. އޭގެއިތުރުން އެމަނިކުފާނަކީ، ވަޒީރުންގެ މަޖިލީހުގެ ރައީސެވެ.

އަމާނާތުގެ މާނަ


"އަމާނާތް" އަކީ ނަމެކެވެ. އޭގެ އަޞްލަކީ، ޢަރަބި ބަހުގެ "އަލްއަމާނާ" (الأمَانَة) އެވެ. ދިވެހިބަސްފޮތުގައި އަމާނާތުގެ ދެ މާނައެއް ވެއެވެ. އެއިން އެއް މާނައަކީ، "މީހުންގެ އަތުގައި ދުވަސްކޮޅަކު ރައްކާކޮށްފައި ބެހެއްޓުމަށްޓަކައި މީހުން ބަހައްޓާ ތަކެތި" އެވެ.

ނުކުޅަދާނަ ތަކުލީފުގެ މައްސަލަ


"ނުކުޅަދާނަ ކަމުގެ ތަކުލީފު" (التكليف بالمحال) ގެ މައުޟޫޢަކީ، ދެނެގަތުމަށް ނުހަނު މުހިންމު މައުޟޫޢެކެވެ. އެއީ، މާތް ﷲ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ތަކުލީފުކުރައްވާފައިވާ ކަންކަމުގެ އިންތައް ފަހުމްކޮށް ދެނެގަތުމަށްޓަކައެވެ.

އަލްމުޙާލާއި، އައްޝާއްޤު


ހުރިހައި ޝަރުޢީ ތަކުލީފުތަކެއްގައި، އުނދަގޫ ހިމެނިފައި ވެއެވެ. ތަފާތަކީ، އެކިއެކި ތަކުލީފުތަކުގައިވާ އުނދަގުލުގެ ތަފާތެވެ. ތަކުލީފުތައް އަދާކުރާއިރު، އެކި މުކައްލަފުންނަށް އުނދަގޫވާ މިންވަރުގެ ތަފާތެވެ. އަދި އެކިއެކި ޙާލަތުތަކުގައި އުނދަގޫވާ މިންވަރުގެ ތަފާތެވެ.

ނުކުޅަދާނަ "ކަމުގެ" ތަކުލީފުގެ މަޒުހަބުތައް


"ނުކުޅަދާނަ "ކަމުގެ" ތަކުލީފު" (التكليف بالمُحال) އާމެދު ޢިލްމުވެރިންގެ މެދުގައިވާ ޚިލާފު އުފެދި، ދޭހަތަފާތުވެފައި ވެއެވެ. "ނުކުޅަދާނަ ކަމުގެ ތަކުލީފު" (التكليف بالمحال) ޖާއިޒުވޭތޯ ބެލުމުގެ ބާބުގައި، ޢިލްމުވެރިން ވަނީ ތިން މަޒުހަބަކަށް ބެހިފައެވެ.

ނަހީކުރެއްވުމުން ތަކުލީފުކުރެއްވޭ ކަންތައް


ކަންކަން ވާޖިބުކުރައްވާފައިވަނީ، އަމުރުންނެވެ. އެކަމަކު އަމުރުގައި ވާޖިބު ނޫން އެހެން ޙުކުމެއް ވެދާނެއެވެ.
ކަންކަން ޙަރާމްކުރައްވާފައިވަނީ، ނަހީންނެވެ. އެކަމަކު ނަހީގައި ޙަރާމް ނޫން އެހެން ޙުކުމެއް ވެދާނެއެވެ.

ތަޅުދަނޑި މުޞްޠަލަޙުތަކެއް


އައްތަކުލީފު (التَكْلِيف): ތަކުލީފަކީ، "ކައްލަފަ" (كَلَّفَ) ގެ މަޞްދަރެވެ. ޢަރަބި ބަހުގައި، "ތަކުލީފު" ގެ މާނައަކީ، "ކަމެއް ކުރުމަށް ޙަވާލުކުރުން" އެވެ. ދިވެހި ބަހުގައި "ތަކުލީފު" ގެ މާނައަކީ، "އުނދަގޫ" އާއި، "ތުރާ" އެވެ.

އިޚުލާޞްތެރިކަން


މިއީ، 1438 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި ލިޔަމުންދާ ސިލްސިލާ އެކެވެ. މި ސިލްސިލާގެ ނަމަކީ، "މަކާރިމުލްއަޚުލާޤު" އެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭ ޙާލަތުތައް


ޤާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ ދެވަނަ ބާބުގައި، އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭނެ ޙާލަތުތައް ބަޔާންކޮށްފައި ވެއެވެ.

ރޯދައިގެ އިޢުޖާޒަށް ނަޒަރެއް


މާތް ﷲ، ރޯދައިގައި ލައްވާފައިވާ އިޢުޖާޒުގެ ތެރެއިން ކުރިން ކަޝްފުވެފައިނުވާ ކިތަންމެ ކަމެއް، މިޒަމާނުގެ ސައިންސްގެ އަލީގައި ވަނީ ހޯދިފައެވެ. އެއިން ކޮންމެ ކަމަކުންމެ އެނގި ކަށަވަރުވަނީ، ރޯދައިގެ މޮޅުއިތުރުކަމެވެ.

ޢުމަރު ޚައްޔާމާއި، ރުބާޢިއްޔާތު


މިއީ، ޢުމަރު ޚައްޔާމުގެ ރުބާޢިއްޔާތުގެ ދިވެހި ތަރުޖަމާ ނެރުމުގެ މުސާބަތުގައި ލިޔެފައިވާ މަޒުމޫނެކެވެ. މި މަޒުމޫނުގެ އަމާޒަކީ، ޢުމަރު ޚައްޔާމާއި، ރުބާޢިއްޔާތުގެ ޞައްޙަ މަފުހޫމެއް ގެނެސްދިނުމެވެ.

ޤައުމީ އިނާމުގެ ހަނދާނުގައި:


ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު ލިބިވަޑައިގަންނަވާ އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަނަކީ، މި ދާއިރާއިން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޢަރަބި ބަހުގައި ޢަދަދާއި، މަޢުދޫދު ލިޔާ ގޮތް


1 އާއި 2:
އަބަދުވެސް މަޢުދޫދާ މުޅިން އެއްގޮތެވެ.
މިސާލު:
فتاة واحدة: އެއް އަންހެން ކުއްޖެއް.
شابٌ واحد: އެއް ފިރިހެން ކުއްޖެއް.

ޢަރަބި ޤައުމުތަކަކުން ޤަޠަރާ ގުޅުން ކަނޑާލުން


ގަލްފުގެ ޤައުމުތަކުގެ ތެރެއިން ޤަޠަރާ ގުޅުން ކަނޑާލި ހަތަރު ޤައުމަކީ، ސަޢޫދިއްޔާއާއި، ބަޙުރައިނާއި، ޔޫއޭއީއާއި ޔަމަނެވެ. އޭގެ އިތުރުން، މިޞްރާއި، ލީބިޔާގެ އިރުމަތީ ސަރުކާރުން ވެސް ވަނީ ޤަޠަރާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައެވެ.

ޤަޠަރާއި އަވަށްޓެރިންގެ ގުޅުން ކެނޑުނު ހަތަރު ސަބަބު


ޤަޠަރާއި އެ ޤައުމުގެ އަވަށްޓެރި ޤައުމުތައް ކަމަށްވާ ސަޢޫދިއްޔާއާއި، ޔޫއޭއީއާއި، ބަޙުރައިންގެ ގުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައި، ހީނަރު ޙާލަތަކަށް ވާޞިލުވެފައެވެ. އަދި ޤަޠަރާ ގުޅުންކަނޑާލި ޤައުމުތަކުގެ ލިސްޓަށް މިޞްރު ވެސް ވަނީ އަރާފައެވެ.

ޤަޠަރާބެހޭ ބައެއް އާންމު މަޢުލޫމާތު


ޤަޠަރަކީ، އެއް ޒަމާނެއްގައި، ގަލްފުގައި އޮތް އެންމެ ފަޤީރު ޤައުމު ކަމުގައި ވިއެވެ. އެހެނަސް މިހާރު އެއީ، ގަލްފުގައި އޮތް އެންމެ މުއްސަނދި ޤައުމެވެ.

ޤަޠަރާމެދު، ޑިމޮކްރެޓިކް ދުނިޔޭގެ އުޖާލާ ނަޒަރު


މި ލިއުމުގައި ވާނީ، މި ލިއުމުގެ އަޞްލު ލިއުނު ފަރާތުގެ ޚިޔާލާއި ފިކުރެވެ. މި ލިއުން ތަރުޖަމާކުރި ތަރުޖަމާނާއި، ބަޙުރުގެ ޚިޔާލެއް ނޫނެވެ. މި ތަރުޖަމާ ގެނެސްދިނުމުގެ މަޤުޞަދަކީ، ވަކިއަތަކަށް ބުރަވުމެއް ނޫނެވެ. އެކަމަކު، ޤަޠަރުގެ އާންމު ރައުޔު އޮތްގޮތް ބަޔާންކޮށްދެވޭތޯ ބެލުމެވެ.

"އުޚުއްވަތްތެރިންގެ ކަންބޮޑުވުން ޤަޠަރަށް ފަހުމުވެއެވެ."


ބައެއް ޢަރަބި ޤައުމުތަކާއި ޤަޠަރާ ދެމެދުގައި އުފެދިފައިވާ މައްސަލައަށް ޙައްލެއް ހޯދުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ކުވައިތުން ބުނެއެވެ.

ޤަޠަރާ ކުރިމަތިވެދާނެ ބައެއް ތަކުލީފުތައް


ގަލްފުގެ ޢަރަބި ތިން ޤައުމަކުން ޤަޠަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލިކަން ވަނީ އިޢުލާންކޮށްފައެވެ. އޭގެ އިތުރުން މިޞްރާއި، ޔަމަނާއި، ލީބިޔާއާއި، މޮރިޓޭނިއާ އިން ވެސް ވަނީ ޤަޠަރާ ގުޅުން ކަނޑާލިކަން އިޢުލާންކޮށްފައެވެ.

ދެޤައުމުގައި ބައިވެރިވާ ޢާއިލާތަކަށް ރިޢާޔަތްކުރުން


ސަޢޫދިއްޔާއާއި ޤަޠަރުގެ ރައްޔިތުން ހިމެނޭ ޢާއިލާތަކުގެ އިންސާނީ ޙާލަތާމެދު ރިޢާޔަތްކުރުމަށް، ދެ ޙަރަމްފުޅުގެ ޚާދިމު، ކިންގ ސަލްމާން ބްނު ޢަބްދުލްޢަޒީޒު އާލު ސަޢޫދު (ޙަފިޡަހުﷲ) ވަނީ އަންގަވާފައެވެ.

ޤަޠަރުގެ ދެކޮޅުނުޖެހޭ ދައުރުގެ ފަސް މަންޒަރު


މި މަޒުމޫނުގައި އަލިއަޅުވައިލާނީ، ޤަޠަރާއި އުޚުއްވަތްތެރި ޤައުމުތަކާ ދެމެދު އުފެދިފައިވާ މައްސަލައިގެ މައްޗަށެވެ. ބައިނަލްއަޤުވާމީ ގުޅުންތަކުގައި "ދެކޮޅުނުޖެހޭ ދައުރުގެ" ނަޒަރިއްޔާއިންނެވެ.

އޭ ޤަޠަރާއެވެ! ޞުލްޙަވެރިއެއް ނުވާނަމުއެވެ!


ޤަޠަރާއި ޢަރަބީންނާ ދެމެދުގައި ޚިލާފު އުފެދުނީ، ޤަޠަރުގެ ރަސްމީ މީޑިއާއިން ޝާއިޢުކޮށް، އެއަށްފަހު އަނބުރާ ގެންދިޔަ، ޤަޠަރުގެ އަމީރުގެ ބަސްފުޅުން ކަމަށް ހީކުރުމަކީ ކުށެކެވެ.

މެދުއިރުމަތީގައިވާ ޔޫއެސްއޭގެ ޢަސްކަރީ ސަންތު


"އަލްޢުދައިދު ޤާޢިދާ" އަކީ، ޤަޠަރުގެ ވެރިރަށް ދައުޙާގެ ހުޅަނގު ދެކުނުގައި، އެ ސަހަރާ 30 ކިލޯމީޓަރު ދުރުގައިވާ ޢަސްކަރީ ޤާޢިދާއެކެވެ. އެ ޤާޢިދާއަށް އިނގިރޭސި ބަހުން ކިޔާ އާންމު ނަމަކީ، (Al Udeid Air Base) އެވެ.

ޤަޠަރާ ދެކޮޅަށް ޢަސްކަރީ ފިޔަވަޅެއް އަދި ނާޅާނެ


ވޮޝިންޓަނުގައި ހުންނަވާ ޔޫއޭއީގެ ސަފީރު، ޔޫސުފުލް ޢުތައިބާ (يوسف العتيبة)، (Yousef Al Otaiba) ވިދާޅުވާ ގޮތުގައި، ޤަޠަރާ ދެކޮޅަށް ބައެއް ޢަރަބި ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ޢަސްކަރީ ފިޔަވަޅު އެޅުން ހިމެނިފައެއް ނެތެވެ.

2015 ވަނަ އަހަރު ޤަޠަރުގެ ޢަސްކަރިއްޔާގެ ޙާލަތު


މި ލިއުމުގައި ވަނީ، 2015 ވަނަ އަހަރު، ޤަޠަރުން ސީރިއާއަށް ޢަސްކަރީ ގޮތުން ވަންނާނެކަން އިޢުލާންކުރުމުން، އާންމުކުރެވިފައިވާ ދިހަ މަޢުލޫމާތެކެވެ.

ސަޢޫދިއްޔާއާއި ޤަޠަރުގެ ޒަމާންވީ ދެބަސްވުންތައް


ސަޢޫދިއްޔާއާއި ބައެއް އެހެން ޢަރަބި ޤައުމުތަކަކުން ޤަޠަރާ ގުޅުން ކަނޑާލުމުގެ ސަބަބުން އުފެދިފައިވާ މައްސަލައިގެ ނާރެހަކީ މައިގަނޑު ދެ ކަމެކެވެ. އެއީ، އިސްލާމީ ޖަމާޢަތްތަކަށް ޤަޠަރުން އެހީތެރިވުމާއި، އިރާނާއެކު ޤަޠަރުން ގުޅުން ބޭއްވުމެވެ.

"ދެ ޤަރުނުގެ ދެމެދުގައި އަހަރެމެންގެ އުންމަތް"


ސަޢޫދީ ޢަރަބިއްޔާއާއި ބައެއް އެހެން ޤައުމުތަކުން، ޤަޠަރަށް ދަތިކުރުމަށްޓަކައި ފިޔަވަޅު އެޅިއިރު، އާންމުކުރެވުނު އެކައްޗަކީ، ޤަޠަރާ ގުޅިފައިވާ ޓެރަރިސްޓުންގެ ލިސްޓެކެވެ.

ޤަޠަރުގެ އަމީރުގެ ތަހުނިޔާ، ސަޢޫދީގެ ވަލީ ޢަހުދަށް


ތިރީގައި މިވަނީ، ސަޢޫދީ ރަސްގެފާނުގެ ދަރިކަލުން، އެ ޤައުމުގެ ވަލީ ޢަހުދުގެ މަޤާމަށް އިސްކުރެވުމާ ގުޅިގެން، ޤަޠަރުގެ އަމީރު އެމަނިކުފާނަށް ފޮނުއްވި މެސެޖާގުޅޭ ޚަބަރުގެ ތަރުޖަމާއެކެވެ.

ޤަޠަރުގެ އެތެރެހަށްޓަށް ނަޒަރެއް


ޤަޠަރުގެ ކުރީގެ އަމީރު ޙަމަދު ބްނު ޚަލީފާ އާލު ޘާނީ ވެރިކަން ދޫކޮށްލެއްވީ، އެމަނިކުފާނުގެ ޞިއްޙީ ޙާލަތު ތަންނުދޭތީ ކަމަށް ބުނެވެއެވެ.

އާލު މުއްރާ ޤަބީލާގެ ބަސް


އާލު މުއްރާ (آل مرة) ޤަބީލާއަކީ، ޤަޠަރުގެ ވެރިކަން ވައްޓާލުމަށްޓަކައި ގެނެވުނު ދެ އިންޤިލާބެއްގެ އިސް ސަފުގައި ބައިވެރިވެފައިވާ ޤަބީލާއެކެވެ.

ޤަނާގެ ވެބްސައިޓް ހެކެއް ނުކުރެއެވެ.


ޤަޠަރުގެ އަމީރު އައްޝައިޚު ތަމީމު ބްނު ޙަމަދު އާލު ޘާނީ ވިދާޅުވި ބަސްފުޅުތައް، ޤަނާ (QNA) (ނުވަތަ ޤަޠަރު ނިއުސް އޭޖެންސީ) އިން، އިއްޔެ ވަނީ އާންމުކޮށްފައެވެ.

ހަތަރު ޤައުމުން ޤަޠަރަށް ހުށަހެޅި މަޠުލަބުތައް


ތިރީގައި މިވަނީ، ސަޢޫދީ ޢަރަބިއްޔާއާއި، ބަޙުރައިނާއި، ޔޫއޭއީއާއި، މިޞްރުން، ޤަޠަރަށް ހުށަހެޅި މަޠުލަބުތަކެވެ. މި މަޠުލަބުތަކަށް ޤަޠަރުން އިޖާބަދީފާނެ ކަމަކަށް ނުބެލެވެއެވެ.

ތީރާނާއި ޞަނާފީރުގެ މައްޗަށް ނަޒަރެއް


ތީރާން (تيران) އާއި، ޞަނާފީރު (صنافير) އަކީ، ރަތްކަނޑާއި، ޢަޤަބާ ކަނޑުއޮޅި ގުޅޭ ހިސާބުގައިވާ ދެ ޖަޒީރާއެކެވެ. އެ ދެ ޖަޒީރާ، މިޞްރުން ސަޢޫދީ ޢަރަބިއްޔާއާ ޙަވާލުކުރަން އުޅުމުން، ބައެއް މީޑިއާތަކުން ޙަޤީޤަތް އޮޅުވާލަން މަސައްކަތްކޮށްފައި ވެއެވެ.

ޢުލޫމީ ވާހަކަ: އިރަވީ ނިޒާމު


އެއްފަހަރަކު، އަހަރީ ޗުއްޓީގައި ޢާއިލީ ދަތުރެއް ކުރެއްވުމަށް މުޙައްމަދުގެ ބައްޕަ ޤަޞްދުކުރެއްވިއެވެ. ދެން އެކަމާމެދު ޢާއިލާގެ އެންމެނާ މަޝްވަރާކުރެއްވިއެވެ.

ޢުލޫމީ ވާހަކަ: ޖައްވުގެ ވައި


އެއްދުވަހަކު، އާމިނާ ގޭތެރޭގައި އިނެވެ. އެއީ ހޫނުގަދަ ދުވަހެއް ކަމުގައި ވާތީ، އޭނާ އިނީ، ކަރުދާހުން ހަދާފައިވާ ފަންކާއަކުން ވިހެލަވިހެލައެވެ. އެއިން އޭނާގެ ގަޔަށް ވައިޖެއްސުމަށްޓައެވެ.

ޢުލޫމީ ވާހަކަ: ވިއްސާރަދުނި


އެއްދުވަހަކު ހެނދުނުހެނދުނާ ތެދުވެ، ޢާއިޝާ ދަތުރުދިއުމަށް ތައްޔާރުވިއެވެ. ސްކޫލްގެ ފަރާތުން ރާވާފައިވާ ދަތުރެއްގައި ބައިވެރިވެ، އޭނާގެ ކްލާސް ކުދިންނާއެކު ކުޅިވަރު ބަގީޗާއަކަށް ދިއުމަށްޓަކައެވެ.

ޢުލޫމީ ވާހަކަ: ހަކަތަ


އެއްދުވަހަކު، އަޙްމަދު އޭނާގެ އެކުވެރި ޙުސައިނަށް ދަޢުވަތެއް ދިނެވެ. ޢުލޫމު މުދައްރިސެއް ކަމުގައިވާ އޭނާގެ ބައްޕަ ޢަލީއާއެކު ކޯރެއްގެ ތެރޭގައި ދޯނި ދުއްވާލަން ދިއުމަށްޓަކައެވެ.

އަރަތެކެ


1.
ވަޓެވަޓެ އެބެރެނެ ބޮޑެ އެއްތެކެ، ތަޓެ މަޓެ ގާމުން ފެނެނެއްތެކެ،
ރަޓެރަޓެ އޭނޭ ވެނެ އެއްތެކެ، ބޮނެހެލެ އޭބޫ ކޮން އެއްތެކެ؟
2.
ފޮއްޓެނެ ލިކެލިކެ ގިނެ އެއްތެކެ، ހުއްޓެނެ މަގެމަގެ މަދެ އެއްތެކެ،
ކޮއްޓެނެ ގޮތެގޮތެ ފަހި އެއްތެކެ، ބޮނެހެލެ އޭބޫ ކޮން އެއްތެކެ؟

އެދުރުންގެ ދުވަސް ފެހިކުރަމާ


އެދުރުންނަށް ދީލަތި ތަޢުލީމީ،
ހިނިތުންވެލަމާ އަބަދުގެ އަބަދަށް،
އެދުރުން ކުޅަ މިންނެތް ޚިދުމަތްތައް،
އަގުކޮށް ކުރުނީސްކުރަމާ އަބަދަށް.
އެދުރުންނަށް ދީލަތި ތަޢުލީމީ، ....

ސިއްރު ޑައިރީ


1.
ޖޫނަކުން ނުވަޔެއް ދެހާސް ދިހަ، ކަމުގަވީ ތާރީޚުގައިތާ!
ހޫނަކަށް ބްރެޒިލްގެ އަހުލުން، ނުކުމެލީ ފިނި މޫސުމަށްތާ!
2.
ސިފަވަނީ ޕަރަނާގެ މަގުތައް، ގޮއްފުޅަނގި ޠޫފާނަކާތާ!
އެފަދައެއް ނެތް ބާރުވެރިކަން، ރައްޔިތުން ދައްކާލުމުންތާ!

ތިން މޮޔައިންގެ ތެޔޮގުޅާސާދާކުރުން


އެއްދުވަހަކު މޮޔައިންގެ ތެރެއިން ތިން މީހަކު މުނިފޫހިފިލުވަން ތިބެ ޚިޔާލީފޮލާކައްކަމުން ގެންދިޔައެވެ.
ފުރަތަމަ މޮޔަމީހާ ބުންޏެވެ.
"ތިމަންގެ އަތުގައި ވަރަށް ގިނަ ފައިސާ އެބަހުއްޓެވެ. އެ ފައިސާއިން ތިމަންނަ ގަންނާނީ އުތުރު އެމެރިކާގެ ބައްރެވެ."

ދެ އަންހެންކުއްޖެއްގެ މުސްތަޤުބަލު


އެކުވެރި ދެ އަންހެންކުއްޖަކު އެ ދެ މީހުންގެ މުސްތަޤުބަލު ޕްލޭންކުރަމުން ގެންދިޔައެވެ.
އެއިން އެކަކު ބުންޏެވެ.
"ތިމަންނަ ވާހިތްވަނީ، ތިމަންނަގެ މަންމަ ކަހަލަ އަންހެނަކަށެވެ. އެއީ، ރީތި ހެދުން ލައިގެން ޕާޓީތަކަށް ގޮސް މަޖާކުރުމަށްޓަކައެވެ."

އުފާވެރި ޚަބަރަކާއި ހިތާމަވެރި ޚަބަރެއް


މުޙައްމަދާއި މަޙުމޫދަކީ، ޢިމާރާތެއްގެ 112 ވަނަ ފަންގިފިލާގައިވާ ގެއެއްގައި ދިއިރުޅެމުންދާ ދެ ޒުވާނެކެވެ. އެއްރެއަކު އެ ދެ ޒުވާނުން ގެއަށް ދިޔައިރު ލިފްޓް ވަނީ ހަލާކުވެފައެވެ. ދެން ސިޑިން އަރަން ފެށިއެވެ. 111 ވަނަ ފަންގިފިލާއަށް އެރުމަށްފަހު މުޙައްމަދު ބުންޏެވެ.

ނޫޙުގެފާނުގެ ނާކޮޅު ފަދަ ބަހެއް


އާދަޔާޚިލާފަށް ފަލަ އަންހެނަކު ބަހަކަށް އެރިއެވެ. އެހިނދު އެ ބަހުގައި އިން މީހަކު އޭނާއާ ބެހިލުމުގެ ގޮތުން ބުންޏެވެ.
"މިއީ އެތް ދަތުރުކުރަން ޚާއްޞަކޮށްފައިވާ ބަހެއް ނޫނެވެ."

ދެކަންފަތް ފިހުނީ ކީއްވެ؟


އަންހެންކުއްޖަކު ޑަކުޓަރަށް ދައްކާލަން ދިޔައެވެ. އޭރު އޭނާގެ ދެކަންފަތް ވަނީ ފިހިފައެވެ. އޭނާގެ އެއް ކަންފަތް ބައްލަވަމުން ޑަކުޓަރު އެއްސެވިއެވެ.
"ކަންފަތް ފިހުނީ ކިހިނަކުން ހެއްޔެވެ؟"