ޝައިޠާނާގެ ބައެއް ސިފަތައް


އިންސާނުންގެ ތެރެއިން ވާ ޝައިޠާނާގެ ކިބައިން ފެންނާނެ ސިފަތަކެއް ވެއެވެ.
އެ ސިފަތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

މީހުން އެއްވާ ތަނަކަށް ދާއިރު، އޭނާ ދާނީ ހުރިހައި އިދި ވިސްނުމަކާއިގެންނެވެ.
އޭނާގެ ހިތުން އުތުރިއަރަމުންދާނީ ނަފުރަތާއި ޙަސަދައާއި ރުޅިވެރިކަމުގެ ޝުޢޫރުތަކެވެ.
މީހަކާ ސަލާމްކުރާއިރު އޭނާ ހަތަރުކަޅި ހަމައެއް ނުކުރާނެއެވެ.
އޭނާ ފަތުރާނީ ދޮގު ޚަބަރެވެ.
މީހުންގެ އަބުރަށް އަރައިގަތުމާއި މީހުން ބަދުނާމުކުރުމަކީ އޭނާގެ މަސައްކަތެވެ.
މީހެއްގެ ކިބައިން ހެޔޮ ކަމެއް އޭނާއަކަށެއް ނުފެންނާނެއެވެ.
މީހެއްގެ ހެޔޮ ވާހަކައެއް އޭނާގެ ދުލުން ނުދައްކާނެއެވެ.
މީހެއްގެ ރަނގަޅު ވާހަކަ ދެއްކޭ އަޑު އިވިއްޖެ ނަމަ، އޭނާ ހިތްދަތިވާނެއެވެ.
މީހެއްގެ ހެޔޮ ވާހަކައެއް އަޑުއިވޭ ހިނދު، އެ މީހެއްގެ ނުބައި ކަމެއް އޭނާ ހާމަކުރާނެއެވެ.
އޭނާ ހިތްވަރުދޭނީ ނުބައި ކަންކަން ކުރުމަށެވެ.
މިފަދަ ސިފަތަކަށް ބަލައިގެން، އިންސާނުންގެ ތެރެއިން ވާ ޝައިޠާނާ ދެނެގަނެވިދާނެއެވެ.

މަޞްދަރު

https://sabq.org/articles/s3qyxo2cel