އިސްބަސް
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ
للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ
عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى
آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:
މިއީ، ބަޙުރު އީމަޖައްލާގެ 32 ވަނަ ޢަދަދެވެ. މި
މަޖައްލާއަކީ މާތްﷲ ގެ ވަޖުހުފުޅަށްޓަކައި ނެރޭ ދަރުމަވެތި
މަޖައްލާއެކެވެ. މިހާތަނަށް މި މަޖައްލާ، ކިޔުންތެރިންނާ
ހަމައަށް ފޯރުކޮށްދެވެނީ ހިލޭސާބަހަށް ކުރާ މަސައްކަތެއްގެ
ގޮތުގައެވެ.
އެހެނިހެން ޢަދަދުތަކެކޭ ވެސް
އެއްފަދައިން، މި ޢަދަދުގައި ވެސް، އެކި މައުޟޫޢުތަކަށް
ލިޔެވިފައިވާ މަޒުމޫނުތައް ހިމަނާފައި ވާނެއެވެ.
މި ޢަދަދުގެ އެހެން ބައިތައް ފުރިހަމަކުރެވޭނެއެވެ.
ބަޙުރު އީމަޖައްލާގެ މި
ޢަދަދަކީ ވެސް ޢިއްޒަތްތެރި ކިޔުންތެރިންގެ އަރިއަހުގައި،
ނުހަނު މަޤުބޫލު ޢަދަދެއް ކަމުގައި ވާނެ ކަމަށް
އުންމީދުކުރަމެވެ. އަޅުގަނޑުގެ ދުޢާއަކީ، މަޢުލޫމާތުގެ
ހެޔޮ މަޞްދަރެއްގެ ގޮތުގައި، ކީރިތިވަންތަ މާތް ﷲ، މި
މަޖައްލާ ލެހެއްޓެވުމެވެ. އެކަލާނގެ މި ދުޢާ
އިޖާބަކުރައްވާށިއެވެ! އާމީން!
01 ޖަނަވަރީ 2025 މ.