އެއްޗެއް ގެއްލިއްޖެ ނަމަ ކުރާނެ ދުޢާ


ސުވާލު

އެއްޗެއް ގެއްލިއްޖެ ނަމަ، އެ އެއްޗެއް ލިބިގަތުމަށް ޓަކައި ނުވަރަ އެއަށްވުރެ ރަނގަޅު އެއްޗެއް ޙާޞިލުކުރުމަށް ޓަކައި ކުރާނެ ދުޢާއަކީ ކޮބައިތޯއެވެ؟

ޖަވާބު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أما بعد:

މީހެއްގެ އަތުން އެއްޗެއް ގެއްލިއްޖެ ނަމަ، އެ މީހަކު ކުރަންވީ ދުޢާއެއް، އިބްނު ޢުމަރުގެ އަރިއަހުން ވާރިދުވެފައި ވެއެވެ. އިބްނު ޢުމަރު، އެ ދުޢާ ގެނެސްދެއްވާފައި ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހުންނެވެ. އެއީ މި އުންމަތަށް، އިތުރުއެކަލޭގެފާނު ދަސްކޮށްދެއްވި ދުޢާއެކެވެ.

ތިރީގައި މި ވަނީ، އެ ދުޢާކުރުމަށް، އިބްނު ޢުމަރުގެ އަރިއަހުން ވާރިދުވެފައި ވާ ގޮތެވެ.

އެއްޗެއް ގެއްލިއްޖެ ނަމަ، ވުޟޫކުރާށެވެ!
ދެން ދެ ރަކުޢަތް ނަމާދެއް ކުރާށެވެ!
އެ ދެ ރަކުޢަތުގެ ފަހު އައްތަޙިއްޔާތު ކިޔައި ސަލާމް ދޭށެވެ!
ދެން އަންނަނިވި ދުޢާއިން ދުޢާކުރާށެވެ!

(يَا هَادِيَ الضَّالِّ، وَرَادَّ الضَّالَّةِ ‌ارْدُدْ ‌عَلَيَّ ‌ضَالَّتِي بِعِزَّتِكَ وَسُلْطَانِكَ فَإِنَّهَا مِنْ عَطَائِكَ وَفَضْلِكَ)

والله أعلم.

މަޞްދަރު

https://www.islamweb.net/ar/fatwa/6815