ދަރިވަރަކު ފޭލްވި ސަބަބު


އިމްތިޙާނެއްގައި ފޭލްވި ކުއްޖަކު އޭނާ ފޭލްވި ސަބަބުން ބަޔާންކޮށްދެމުން ބުންޏެވެ. ފޭލްވާ ދަރިވަރަކު ފޭލްވުމުގައި އޭނާގެ އެއްވެސް ކުށެއް ނެތެވެ. އަހަރެއްގެ ތެރޭގައި އަންނަ ދުވަސްތަކުގެ ތަފުޞީލަށް ބަލައިލުމުން މިކަން އެނގެއެވެ.

އަހަރެއްގައި ވަނީ، އެންމެ 365 ދުވަހެވެ.
އަހަރެއްގެ ތެރޭގައި 52 ހުކުރު ދުވަސް އާދެއެވެ.
ހުކުރު ދުވަސްތަކަކީ، ބަންދު ދުވަސްތަކެކެވެ.
އެ ދުވަސްތަކުގައި އެއްވެސް ކުއްޖަކު ނުކިޔަވާނެއެވެ.

ދެން ބާކީ އޮންނާނީ، 313 ދުވަހެވެ.
ޗުއްޓީގެ ދުވަސްތަކުގެ ޢަދަދަކީ 50 ދުވަހެވެ.
އެ ދުވަސްތަކުގައި ވެސް އެއްވެސް ކުއްޖަކު ނުކިޔަވާނެއެވެ.

ދެން ބާކީ އޮންނާނީ، 263 ދުވަހެވެ.
ކޮންމެ ދުވަހަކު ނިދުމުގައި މަދުވެގެން 8 ގަޑިއިރު ހޭދަވެއެވެ.
މީގެ މާނައަކީ، މުޅި އަހަރުދުވަހުގެ ތެރޭގައި 122 ދުވަހު ނިދަންޖެހޭނެއެވެ.

ދެން ބާކީ އޮންނާނީ، 141 ދުވަހެވެ.
ކޮންމެ ދުވަހަކު މަދުވެގެން އެއްގަޑިއިރު ކުޅިވަރު ކުޅުމަކީ، ޞިއްޙަތަށް ފައިދާހުރި ކަމެކެވެ.
މިކަމާމެދު އެއްވެސް މީހަކު ދެކޮޅެއް ނަހަދާނެއެވެ.
ކޮންމެ ކުއްޖަކު ވެސް ކޮންމެ ދުވަހަކު މަދުވެގެން އެއްގަޑިއިރު ކުޅެންޖެހެއެވެ.
މީގެ މާނައަކީ، މުޅި އަހަރުދުވަހުގެ ތެރޭގައި ކުޅިވަރު ކުޅެން 15 ދުވަސް ހޭދަވާނެއެވެ.

ދެން ބާކީ އޮންނާނީ، 126 ދުވަހެވެ.
ކޮންމެ ދުވަހަކު ކެއުމުގައި މަދުވެގެން 2 ގަޑިއިރު ހޭދަވެއެވެ.
މީގެ މާނައަކީ، މުޅި އަހަރުދުވަހުގެ ތެރޭގައި ކެއުމަށް 30 ދުވަސް ހޭދަވާނެއެވެ.

ދެން ބާކީ އޮންނާނީ، 96 ދުވަހެވެ.
ކޮންމެ ދުވަހަކު ވާހަކަދެއްކުމުގައި މަދުވެގެން އެއްގަޑިއިރު ހޭދަވެއެވެ.
އިންސާނާއަކީ އިޖުތިމާޢީ މަޚުލޫޤެކެވެ.
ވާހަކަ ނުދައްކައި އޭނާއަކަށް ނޫޅެވޭނެއެވެ.
މީގެ މާނައަކީ، ކޮންމެ އަހަރަކު ވާހަކަދެއްކުމަށް 15 ދުވަސް ހޭދަވާނެއެވެ.

ދެން ބާކީ އޮންނާނީ، 81 ދުވަހެވެ.
އަހަރުދުވަހުގެ ތެރޭގައި އެކިއެކި އިމްތިޙާންތަކަށް 35 ދުވަސް ހޭދަވެއެވެ.

ދެން ބާކީ އޮންނާނީ، 46 ދުވަހެވެ.
އަހަރުދުވަހުގެ ތެރޭގައި، އީދުތަކާއި، ގައުމީ ބަންދު ދުވަސްތަކާއި، ބައިނަލްއަގުވާމީ ބަންދު ދުވަސްތައް އާދެއެވެ.
އެދުވަސްތަކުގެ ޢަދަދަކީ މަދުވެގެން 40 އަށް އަރައެވެ.

ދެން ބާކީ އޮންނާނީ، 6 ދުވަހެވެ.
ކޮންމެ އަހަރަކު ކޮންމެ ކުއްޖަކު ވެސް މަދުވެގެން 3 ދުވަހު ބަލިވެއެވެ.

ދެން ބާކީ އޮންނާނީ، 3 ދުވަހެވެ.
އަހަރުދުވަހުގެ ތެރޭގައި އެތައް ފިލްމެއް ނިކުމެއެވެ.
އަހަރުދުވަހުގެ ތެރޭގައި އެތައް ހަފުލާތަކެއް ބޭއްވެއެވެ.
ކޮންމެވެސްވަރަކަށް އެފިލްމުތައް ބަލައި، އެ ޙަފުލާތަކުގައި ބައިވެރިވާންޖެހެއެވެ.
އެއީ ދުނިޔެއަށް އަހުލުވެރިވުމަށްޓަކައެވެ.
އެކަންތައްތަކަށް މަދުވެގެން ދެ ދުވަހެއްވަރު ހޭދަކުރަން ޖެހެއެވެ.

ދެން ބާކީ އޮންނާނީ، އެންމެ ދުވަހެކެވެ.
ފާސްވަނީ އެދުވަހު ފިލާވަޅު ދަސްކުރުމުގެ ފުރުޞަތު ލިބޭ ކުދިންނެވެ.
ފޭލްވަނީ އެދުވަހު ފިލާވަޅު ދަސްކުރުމުގެ ފުރުޞަތު ނުލިބޭ ކުދިންނެވެ.
މިއަހަރު، 4 ދުވަހު އަޅުގަނޑު ބަލިވިއެވެ.
ފިލާވަޅު ދަސްކުރުމުގެ ފުރުޞަތު ނުލިބުނީ އެކަމުގެ ސަބަބުންނެވެ.
ބަލިވުމަކީ އެއްވެސް މީހެއްގެ ބާރު ފޯރާނެ ކަމެއް ނޫނެއް ނޫންތޯ އެވެ؟
އެހެންވީމާ، އަޅުގަނޑު ފޭލްވުމުގައި އަޅުގަނޑުގެ ކުށެއް ނެތެއް ނޫންތޯއެވެ؟