ކާވެންޏަށް މުއްދަތު ހަމަވާ ތާރީޚު


އަލަތު ކާވެނި ކޮށްގެން ގެއަށް އައުމަށްފަހު، ފިރިމީހާ ކާވެނީގެ ސެޓްފިކެޓަށް ބަލަހައްޓައިގެން އިނެވެ. އެތައް އިރެއް ވަންދެން އޭނާ އެއަށް ގެއްލިފައިވާތަން ފެނުމުން، އަނބިމީހާ ބުންޏެވެ.

"ދެލޯފުޅާ އެވެ! އެތައް އިރެއް ވަންދެން ސެޓްފިކެޓަށް ބަލަހައްޓައިގެން ތިޔަށް ގެއްލިފައި ތީނީ ހެއްޔެވެ؟"

ފިރިމީހާ ބުންޏެވެ.

"މިބަލަނީ، ކާވެންޏަށް މުއްދަތު ހަމަވާ ތާރީޚު ފެނޭތޯއެވެ."