ނުކުރާ ކަމަކަށް އަދަބެއް ނުދެވޭނެ


ނުކުރާ ކަމަކަށް އަދަބުދިނުމާބެހޭ ގޮތުން ދަރިވަރަކާއި ޓީޗަރަކާ ދެމެދު ހިނގި މުޙާވަރާއެއްގައި ވެއެވެ.

ދަރިވަރު: "ކުއްޖަކު ނުކުރާ ކަމަކަށް އަދަބު ދެވިދާނެތޯއެވެ؟"

ޓީޗަރު: "ކުއްޖަކު ނުކުރާ ކަމަށް އަދަބެއް ނުދެވޭނެއެވެ."

ނުހަނު އުފާފާޅުކޮށްފައި ދަރިވަރު ބުންޏެވެ.

"މިއަދު އަޅުގަނޑު ކްލާހަށް އައީ ހޯމްވޯކް ނަހަދައެވެ!"