ކިތައް ހަރުބަސް؟


ޖަބަލު ގާފު ފަރުބަދައިގެ ފަހަތުގައި ހަތް ވާދީ ވެއެވެ.
އެއިން ކޮންމެ ވާދީއެއްގައި ހަތް ގައުމު ވެއެވެ.
އެއިން ކޮންމެ ގައުމެއްގައި ހަތް ސަހަރު ވެއެވެ.
އެއިން ކޮންމެ ސަހަރެއްގައި ހަތް ޖަންގަލި ވެއެވެ.
އެއިން ކޮންމެ ޖަންގައްޔެއްގައި ހަތް މަގު ވެއެވެ.
އެއިން ކޮންމެ މަގެއްގައި ހަތް ގޯޅި ވެއެވެ.
އެއިން ކޮންމެ ގޯޅިއެއްގައި ހަތް ގަސް ވެއެވެ.
އެއިން ކޮންމެ ގަހެއްގައި ހަތް ހާލި ވެއެވެ.
އެއިން ކޮންމެ ހާއްޔެއްގައި ހަތް ދޫނި ވެއެވެ.
އެއިން ކޮންމެ ދޫންޏެއްގައި ހަތް ފިޔަ ވެއެވެ.
އެއިން ކޮންމެ ފިޔައެއްގައި ހަތް ހަރުބަސް ވެއެވެ.

އެހެންކަމަށްވަނީނަމަ، ޖަބަލު ގާފުގެ ފަހަތުގައި ވަނީ ކިތައް ހަރުބަސް؟