މީރާސްގެ ބައެއް މައްސަލަ


ފުރަތަމަ މައްސަލަ:
މީހަކު ނިޔާވިއިރު ތިބީ، ދެ އަނބިންނާއި، މަންމައާއި، ބައްޕައެވެ.

ޙައްލު:
މި މައްސަލައަށް ކިޔަނީ، ޢުމަރިއްޔަ މައްސަލައެވެ. އެއީ، މި މައްސަލައިގައި މަންމައަށް 3/1 ގެ ބާކީ ދިނުމަށް ޢުމަރުގެފާނު ނިންމަވާފައިވާތީއެވެ.

ވާރުތަވެރިން ބައި ޙިއްޞާ ތަޞްޙީޙު ތަފުޞީލު
2 އަނބިން 1/4 1 2 ދެ އަނބިންކުރެ ކޮމެ މީހަކަށް 1 ޙިއްޞާ
މަންމަ ބާކީގެ 1/3 1 2 މަންމައަށް 1/3: ޢުމަރުގެފާނުގެ ނިންމެވުން
ބައްޕަ ބާކީ 2 4  
  4 4 8  

ދެވަނަ މައްސަލަ:
މީހަކު ނިޔާވިއިރު ތިބީ، މަންމައާއި، އެއްބަނޑު އަޚަކާއި، އެއްބަނޑު އެއްބަފާ އުޚުތަކާއި، އެއްބަފާ އުޚުތެކެވެ.

ޙައްލު:

ވާރުތަވެރިން ބައި ޙިއްޞާ ތަޞްޙީޙު ތަފުޞީލު
މަންމަ 1/6 1 - އަޚުން ތިބީތީ
އޑ. އަޚެއް 1/6 1 - އެކަނި ހުރީތި
އއ. އުޚުތެއް 1/2 3 -  
އފ. އުޚުތެއް 1/6 1 - 2/3 ގެ ތަކުމިލާ
  6 6 -  

ތިންވަނަ މައްސަލަ:
މީހަކު ނިޔާވިއިރު ތިބީ، ކާފައާއި، މަންމައާއި، އެއްބަނޑު އެއްބަފާ އަޚެކެވެ. (ބަހައިލެވެނީ، ކާފައާއި އަޚުން ބައިވެރިކުރުމުގެ މައްޗަށް ބުރަވާ ރައުޔަށެވެ.)

ޙައްލު:

ވާރުތަވެރިން ބައި ޙިއްޞާ ތަޞްޙީޙު ތަފުޞީލު
ކާފަ މުޤާސަމާ 1 - އެއީ، އެންމެ މޮޅުއިތު ގޮތް ކަމުގައި ވާތީ
މަންމަ 1/3 1 -  
އއ. އަޚެއް ބާކީ 1 - ކާފައާއެކު ތަޢުޞީބުން.
(މުޤާސަމާގައި ކާފައަކީ، އަޚެއް ކަމުގައި ބަލާތީ)
  3 3    

ޢަރަބި ބަހުގައި މުޤާސަމާ (المقاسمة) އަކީ، ޤާސަމަ (قاسم) ގެ މަޞްދަރެވެ.
ޤާސަމަ (قاسم) ގެ މާނައަކީ، ބެހުމެއްގައި ދެފަރާތެއް ބައިވެރިކުރުމެވެ. މި ޙާލަތުގައި ދެފަރާތުންކުރެ ކޮންމެ ފަރާތަކަށް ހަމަހަމަ ގޮތެއްގައި ޙިއްޞާ ލިބޭނެއެވެ.
އިޞްޠިލާޙީ މާނަ ވެސް ވަނީ، މި ބަހަވީ މާނައިގެ އިމުގެ ތެރޭގައެވެ.


ހަތަރުވަނަ މައްސަލަ:
މީހަކު ނިޔާވިއިރު ތިބީ، ފިރިއަކާއި، މަންމައާއި، 4 އަންހެން ދަރީންނެވެ.

ޙައްލު:

ވާރުތަވެރިން ބައި ޙިއްޞާ ތަޞްޙީޙު ތަފުޞީލު
ފިރިމީހާ 1/4 3   ވާރުތަވާ ފަރުޢު ވާތީ
މަންމަ 1/6 2   ވާރުތަވާ ފަރުޢު ވާތީ
4 އ ދަރިން 2/3 8   މުޢަޞިބަކު ނެތި އެއުރެންގެ ޢަދަދު ގިނަވާތީ
  12 13   12 އިން 13 އަށް ޢައުލު (އިތުރު) ވެފަ

ޢަރަބި ބަހުގައި (الْعَوْل) ޢައުލުވުމުގެ މާނައަކީ، އިތުރުވުމެވެ. އޭގެ އިޞްޠިލާޙީ މާނައަކީ، މައްސަލައިގެ އަޞްލަށްވުރެ، ފަރުޟުވެރިންގެ ޙިއްޞާ އިތުރުވުމެވެ. އެއީ، ސާދާ 1 އަށްވުރެ ކަސްރުތައް އިތުރުވުމުގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން، ތަރިކައިން ވާރުތަވެރިންނަށް ލިބޭ ޙިއްޞާއިން މިންވަރެއް އުނިވެއެވެ. އުނިވަނީ، ކަސްރުތައް އިތުރުވި ނިސްބަތުންނެވެ.

ސާދާ 1 އަށްވުރެ ކަސްރު އިތުރުވި ގޮތް:
4/1 + 6/1 + 3/2 = 12/13 = 12/1 1


ފަސްވަނަ މައްސަލަ:
މީހަކު ނިޔާވިއިރު ތިބީ، 4 އަނބިންނާއި، 4 އުޚުތުންނާއި، 4 ބޮޑުބޭބެއެވެ. ތަރިކައަކީ 96 މިލިޔަން ރުފިޔާއެވެ.

ޙައްލު:

ވާރުތަވެރިން ބައި ޙިއްޞާ ތަޞްޙީޙު ތަފުޞީލު
4 އަނބިން 1/4 3 12 ވާރުތަވާ ފަރުޢު ނެތީތީ (މީހަކަށް: 3)
4 އުޚުތުން 1/3 4 16 ޢަދަދު ގިނަވުމާއި، ވާރުތަވާ ފ. ފަރުޢު ނެތީތީ
(މީހަކަށް: 4)
4 ބޮޑުބޭބެ ބާކީ 5 20 ތަޢުޞީބުން (މީހަކަށް: 5)
  12 12 48  

މަޞްދަރު:
http://www.feqhweb.com/vb/t12975.html