ހެކިންގެ ޢަދަދު


އިސްލާމީ ޝަރުޢުގައި ހެކިންގެ ޢަދަދު ލާޒިމުވާ ބައިތައް ބެހިގެންވަނީ ހަ ބަޔަކަށެވެ. އެއީ:


1. 4 ހެކިން ލާޒިމުވާ ބައި:

• ޒިނޭ (وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً‏)

• ލިވާޠު (أَتَأْتُونَ الْفَاحِشَةَ)، (وَاللاتِي يَأْتِينَ الْفَاحِشَةَ مِنْ نِسَائِكُمْ فَاسْتَشْهِدُوا عَلَيْهِنَّ أَرْبَعَةً مِنْكُمْ‏)

• ޖަނަވާރަކާއެކު ފާޙިޝް ޢަމަލު ހިންގުން:

i. ޙައްދު ޖެހުން ވާޖިބު ކަމަށް ބެލުން: ޒިނޭއެއް (4 ހެކިން)

ii. ތަޢުޒީރުކުރުން ވާޖިބު ކަމަށް ބެލުން:
1. 4 ހެކިން: ފާޙިޝް ޢަމަލެއް ކަމަށް ވާތީ.
2. 2 ހެކިން: ޙައްދު ޤާއިމުކުރުން ވާޖިބު ނުވާތީ (ހިލޭ އަންހެނަކަށް ދޮނެއް ދިނުން ފަދަ ކަމެއް ކަމުގައި ވާތީ)

iii. ޒިނޭކުރި ކަމަށް އިޤުރާރުވުމުން ދެ ޙާލަތެއްވޭ:
1. 4 ހެކިން: ޒިނޭ ސާބިތުވަނީ 4 ހެކިންގެ ބަހުން ކަމުގައި ވާތީ.
2. 2 ހެކިން: އިޤުރާރުވެފައި ވާތީ.

iv. ތޭފަރަށް އެތެރެކުރުމެއް ނެތި އެހެނިހެން ޢަމަލުތައް ހިންގިނަމަ، 2 ހެކިން.


2. ހެކިންގެ ޢަދަދު ލާޒިމުކުރާ ދެވަނަ ބައި: އެހެނިހެން ޢުޤޫބާތްތައް:

• ޤިޞާޞް: މިނިވަން 2 ފިރިހެނުންގެ ހެކިބަސް. (ޙައްދުގައި އަންހެނުންގެ ހެކިބަސް ޤަބޫލުނުކުރާތީ)

• ޤިޞާޞް ހިފުން ވާޖިބުނޫން ޖިނާއީ ކުށްތަކުގައި:

i. އަލްޚިރަޤީ (الخرقي): ފިރިހެނަކާއި 2 އަންހެނުން، ނުވަތަ ފިރިހެނެއް + ހުވައިކުރުން.

ii. އިބްނު އަބޫ މޫސާ: ދެ ރިވާޔަތް ވޭ:
1. ފުރަތަމަ ރިވާޔަތް: ނަންގަނެވިދިޔަ ފަދައިން.
2. ދެވަނަ ރިވާޔަތް: 2 ފިރިހެނުންގެ ހެކިބަސް (އިޚުތިޔާރީ)


3. ހެކިންގެ ޢަދަދު ލާޒިމުކުރާ ތިންވަނަ ބައި:

• މުދަލާ ގުޅޭ ކަންކަން: 2 ފިރިހެނުން ނުވަތަ ފިރިހެނަކާއި 2 އަންހެނުން (فَإِنْ لَمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّنْ تَرْضَوْنَ مِنْ الشُّهَدَاءِ‏)

i. ވިޔަފާރި، އިޖާރާ (ކުއްޔާބެހޭ)، ހިބަ، ވަޞިއްޔަތް، ޖާމިނުވުން، ކަފާލާ ...

ii. އާޔަތުގައިވަނީ ދަރަނީގެ ވާހަކަ: އޭގެ މައްޗަށް ޤިޔާސްކޮށް އެހެނިހެން ކަންކަން ...

iii. އިބްނު އަބޫ މޫސާ: 2 ހެކިންގެ ހެކިބަހުން ނޫނީ ވަޞިއްޔަތް ސާބިތެއް ނުވާނެ. (‏يَا أَيُّهَا الَّذِينَ آمَنُوا شَهَادَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ حِينَ الْوَصِيَّةِ اثْنَانِ ذَوَا عَدْلٍ مِنْكُمْ)


4. ހެކިންގެ ޢަދަދު ލާޒިމުކުރާ ހަތަރުވަނަ ބައި:

• މުދަލާއި، ޢުޤޫބާތްތައް ނޫން ކަންކަން:

i. ކާވެނި، ވަރި، ރުޖޫޢުކުރުން، މިނިވަންކުރުން، ވަކާލާ، އެމީހަކަށް ވަޞިއްޔަތްކުރެވޭ މީހާ، ވިލާޔާ، ޢަޒުލުކުރުން، .... މިފަދަ ކަންކަން.

ii. ދެ ރިވާޔަތް:
1. 2 ފިރިހެނުން: (وَأَشْهِدُوا ذَوَيْ عَدْلٍ مِّنكُمْ)
2. ފިރިހެނަކާއި 2 އަންހެނުން ނުވަތަ ހުވައިކުރުން.

iii. އަލްޤާޟީ: ކާވެންޏާއި އެއާ ގުޅޭ ޙައްޤުތައް 2 ފިރިހެނުންގެ ހެކިބަހުން މެނުވީ ސާބިތެއް ނުވާނެ.

iv. ފިރިހެން ހެކިވެރިޔެއް + ހުވައިކުރުން: މި ގޮތުން ސާބިތުވާ ކަމެއްގައި 2 އަންހެނުންގެ ހެކިބަހާއި ހުވައިކުރުން ޤަބޫލެއް ނުކުރެވޭ.

v. އަދި 4 އަންހެނުންގެ ހެކިބަހާއި ހުވައިކުރުން ވެސް ޤަބޫލެއް ނުކުރެވޭ.

vi. ފިރިހެން ހެކިވެރިޔަކު ނެތްނަމަ، އަންހެނުން ކިތަންމެ ގިނަވިޔަސް އެމީހުންގެ ހެކިބަސް ޤަބޫލެއް ނުކުރެވޭ.

vii. ދެމަފިރިން ޚިލާފުވުން:
1. ކާވެނީގެ ރަނާމެދު: ފިރިހެނެއް + 2 އަންހެނުން (އެއީ މުދާ ކަމުގައި ވާތީ)
2. އަލްޚުލްޢު (الخُلع): ފިރިމީހާ އެއްބަސް، އަނބިމީހާ އިންކާރު: ފިރިހެނެއް + 2 އަންހެނުން. (އެއީ މުދާ ސާބިތުކޮށްދޭ ބައްޔިނާއެއް ކަމުގައި ވާތީ)
އަނބިމީހާ އެއްބަސް، ފިރިމީހާ އިންކާރު: 2 ފިރިހެނުން (އެއީ، ފަސްޚު ސާބިތުކުރުމެއް ކަމުގައި ވާތީ)

viii. ވައްކަމެއް: ހެކިން: ފިރިހެނެއް + 2 އަންހެނުން: މުދާ ސާބިތުވޭ، އަތް ކެނޑުމެއް ނެތް.

ix. ޤަތުލު ޢަމްދު: ހެކިން: ފިރިހެނެއް + 2 އަންހެނުން:
1. ޤިޞާޞް ވާޖިބެއް ނޫން.
2. މަރުގެ ދިޔަ ވާޖިބެއް ނޫން.
3. ޤަތުލުގެ ސަބަބުން ވާޖިބުވަނީ ޤިޞާޞް ކަމަށް ވެފައި، މުދަލަކީ ބަދަލެއް ކަމަށް ވާތީ، އަޞްލު ސާބިތުނުވުމުން ބަދަލު ސާބިތު ނުވަނީ.

x. ދަރިއަކު ލިބިފައިވާ ޖާރިޔާއާމެދު ދެ ފިރިހެނުން ޚިލާފުވުން:
1. މީހެއްގެ ބެލުމުގެ ދަށުގައި ދަރިއަކު ލިބިފައިވާ ޖާރިޔާއެއް ވަނިކޮށް، އެހެން މީހަކު އެއީ، އޭނާގެ ދަރީގެ މަންމަ ކަމަށް ދަޢުވާކޮށް، ފިރިހެނަކާއި 2 އަންހެނަކު އެކަމަށް ހެކިބަސް ދީފިނަމަ އެއީ އޭނާގެ ޖާރިޔާއެއް ކަމަށް ސާބިތުވޭ.


5. ހެކިންގެ ޢަދަދު ލާޒިމުކުރާ ފަސްވަނަ ބައި:

• ފިރިހެނުން ބަލައިނޫޅޭ ކަންކަން:

i. ވިހެއުން، ގާތުންދިނުން، އަންހެނުންގެ ފޭރާމުގެ ނިވަލުގައިވާ އައިބުތައް، ޙައިޟު، ޢިއްދަ،

ii. މިފަދަ ކަންކަމުގައި: ޢަދުލުވެރި އެންމެ އަންހެނެއްގެ ހެކިބަސް (عن عقبة بن الحارث رضي الله عنه قال: تَزَوَّجْتُ امْرَأَةً فَجَاءَتْنَا امْرَأَةٌ سَوْدَاءُ، فَقَالَتْ أَرْضَعْتُكُمَا، فَأَتَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقُلْتُ: تَزَوَّجْتُ فُلَانَةَ بِنْتَ فُلَانٍ، فَجَاءَتْنَا امْرَأَةٌ سَوْدَاءُ، فَقَالَتْ لِي: إِنِّي قَدْ أَرْضَعْتُكُمَا، وَهِيَ كَاذِبَةٌ، فَأَعْرَضَ عَنِّي فَأَتَيْتُهُ مِنْ قِبَلِ وَجْهِهِ قُلْتُ: إِنَّهَا كَاذِبَةٌ، قَالَ: (كَيْفَ بِهَا وَقَدْ زَعَمَتْ أَنَّهَا قَدْ أَرْضَعَتْكُمَا دَعْهَا عَنْك).

iii. އަނެއް ރައުޔު: 2 އަންހެނުންގެ ހެކިބަސް. އެއީ، 2 ފިރިހެނުންގެ ހެކިބަސް ނޫނީ ޤަބޫލުނުކުރާތީ.

iv. އެއްކިރުވުން ސާބިތުކުރުމަށް، ކިރުމައިމީހާގެ ހެކިބަސް ޤަބޫލުކުރެވޭ.

v. އަބުލްޚައްޠާބު (أبو الخطاب): އަންހެނެއްގެ ހެކިބަހުން ސާބިތުވާ ކަންކަން، ފިރިހެނެއްގެ ހެކިބަހުން ސާބިތުވޭ.


6. ހެކިންގެ ޢަދަދު ލާޒިމުކުރާ ހަވަނަ ބައި:

• ބޭސްވެރިންނާއި ޑަކުޓަރުންނަށް ނޫނީ ނޭނގޭނެ ކަންކަން:

i. މީހަކަށް ޖެހިފައިވާ ބައްޔެއް

ii. ދެ ހެކިވެރިން ނުލިބިއްޖެނަމަ، ޢަދުލުވެރި އެކެއްގެ ހެކިބަހުން ސާބިތުވޭ.

iii. ދެ ހެކިވެރިންގެ ހެކިބަސް ލިބެން އޮތްނަމަ، އެކެއްގެ ހެކިބަހުން ފުއްދައެއްނުލެވޭ (އަޞްލަކީ 2 ހެކިވެރިން ކަމުގައި ވާތީ)

<><><>