ޢަރަބިބަސް: ވީޑިއޯ ފިލާވަޅު: 1
މިއީ، ފަލަސްޠީނުގެ އިސްލާމިކް ޔުނިވަރސިޓީ (الجامعة
الإسلامية) ގެ ޢަރަބި ބަހުގެ ދާރިސެއް ކަމުގައިވާ ޑރ.
އުސާމާ ޚާލިދު މުޙައްމަދު ޙައްމާދު (د. أسامة خالد محمد
حماد) ގެ ދަރެސްތަކެކެވެ. ނުހަނު ދޭހަ ފަސޭހަ ގޮތަކަށް
ލުއިލުއިކޮށް އޭނާ ދެއްވާފައިވާ މި ދަރެސްތަކަކީ، ޢަރަބި
ބަސް ކިޔަވާ ދަރިވަރުންނަށް ނުހަނު ބޭނުންތެރި އެއްޗެކެވެ.
މި ދަރެސްތަކުގައި ހިމެނޭ މައިގަނޑު ބައިތަކަކީ:
1.
ޢަރަބި ބަހުގެ ބައިތަކާއި، ފިލިތަކާއި އަކުރުތަކުން ބިނާވާ
ކަލިމަތަކާއި އިޢުރާބުކުރެވޭ ކަލިމަތައް،
2. ފިޢުލުގެ
ބައިތަކާއި، ފިޢުލު މުޟާރިޢު ނަޞްބުވާ ގޮތާއި ޖަޒުމުވާ
ގޮތާއި، ޝަރުޠުގެ އުސްލޫބު،
3. ޞަރުފުގެ މީޒާނާއި،
ފިޢުލުގެ ޞައްޙަކަމާއި، އޭގެ އިޢުތިލާލާއި، ޟަމީރުތަކަށް
އިސްނާދުކުރެވޭ ގޮތާއި، ނޫނުއްތައުކީދުން ކަށަވަރުކުރެވޭ
ގޮތާއި، ފިޢުލުގެ މުޝްތައްޤާތުތައް،
މިއެވެ.
1. اللغة العربية نحو وصرف: المقدمة
ކުރިއަށް >