އަލްބޭނިއާ

އަލްބޭނިއާގެ އިނގިރޭސި ނަމަކީ، (Albania) އެވެ. ޢަރަބި ނަމަކީ، އަލްބާނިޔާ (ألبانيا) އެވެ. އަލްބޭނިއަން ނަމަކީ، Shqipëri/Shqipëria އެވެ. އަލްބޭނިއާގެ ރަސްމީ ނަމަކީ، ރިޕަބްލިކް އޮފް އަލްބޭނިއާ (Republic of Albania) އެވެ.

އަލްބޭނިއާގެ އިނގިރޭސި ނަމަކީ، (Albania) އެވެ. ޢަރަބި ނަމަކީ، އަލްބާނިޔާ (ألبانيا) އެވެ. އަލްބޭނިއަން ނަމަކީ، Shqipëri/Shqipëria އެވެ. އަލްބޭނިއާގެ ރަސްމީ ނަމަކީ، ރިޕަބްލިކް އޮފް އަލްބޭނިއާ (Republic of Albania) އެވެ.

ބަންގާޅުގެ އިނގިރޭސި ނަމަކީ، (Bangladesh) އެވެ. ޢަރަބި ނަމަކީ، ބަންގްލާދޭޝް (بنجلاديش) އެވެ. ބަންގާޅުގެ ރަސްމީ ނަމަކީ، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލާދޭޝް (People's Republic of Bangladesh) އެވެ.

ބުރޫނާއީ ގެ އިނގިރޭސި ނަމަކީ، Brunei އެވެ. މެލޭބަހުން ކިޔަނީ، ނެގާރާ ބުރޫނާއީ ދާރުއްސަލާމް (Negara Brunei Darussalam) އެވެ. ޖާވީ ބަހުން ކިޔަނީ، ބުރޫނީ ދާރުއްސަލާމް (Brunei Darussalam) އެވެ.

ޗާޑްގެ އިނގިރޭސި ނަމަކީ، (Chad) އެވެ. ފަރަންސޭސި ނަމަކީ، (Tchad) އެވެ. ޢަރަބި ނަމަކީ، (تشاد) އެވެ. ޗާޑްގެ ރަސްމީ ނަމަކީ، ރިޕަބްލިކް އޮފް ޗާޑް (Republic of Chad) އެވެ. ޢަރަބި ބަހުން ޖުމްހޫރިއްޔަތު ތަޝާދު (جمهورية تشاد) އެވެ.

ޗައިނާއަކީ، އޭޝިއާގެ ބައްރުގައިވާ ގައުމެކެވެ. ރަޝިއާ އާއި ކެނެޑާއަށްފަހު، ދުނިޔޭގައިވާ ތިންވަނައަށް އެންމެ ބިން ބޮޑު ގައުމަކީ، ޗައިނާ އެވެ. ޗައިނާއާ އިންވެގެން 14 ގައުމު ވެ އެވެ.

ޖިބޯޓީގެ އިނގިރޭސި ނަމަކީ، (Djibouti) އެވެ. ޢަރަބި ނަމަކީ، ޖީބޫތީ (جيبوتي) އެވެ. ޖިބޯޓީގެ ރަސްމީ ނަމަކީ، ރިޕަބްލިކް އޮފް ޖިބޯޓީ (Republic of Djibouti) އެވެ. ޢަރަބި ބަހުން ޖުމްހޫރިއްޔަތު ޖިބޯޓީ (جمهورية جيبوتي) އެވެ.

މިޞްރުގެ ރަސްމީ ނަމަކީ، ޖުމްހޫރިއްޔަތު މިޞްރު އަލްޢަރަބިއްޔާ (جمهورية مصر العربية) އެވެ. އިނގިރޭސި ބަހުން ކިޔަނީ، އަރަބު ރިޕަބްލިކް އޮފް އިޖިޕްޓް (Arab Republic of Egypt) އެވެ.

އީރާނުގެ އިނގިރޭސި ނަމަކީ، (Iran) އެވެ. ޢަރަބި ނަމަކީ، (ايران) އެވެ. އީރާނުގެ ރަސްމީ ނަމަކީ، އިނގިރޭސި ބަހުން އިސްލާމިކް ރިޕަބްލިކް އޮފް އީރާން (Islamic Republic of Iran) އެވެ.

ޢިރާޤުގެ އިނގިރޭސި ނަމަކީ، އިރާގް (Iraq) އެވެ. ޢަރަބި ނަމަކީ، އަލްޢިރާޤް (العراق) އެވެ. ޢިރާޤުގެ ރަސްމީ ނަމަކީ، އިނގިރޭސި ބަހުން ރިޕަބްލިކް އޮފް އިރާގް (Republic of Iraq) އެވެ.

ކޮސޯވޯ އަކީ، ކުރީގެ ޔޯގޮސްލޭވިއާގެ ބަޔެކެވެ. ކޮސޯވޯގެ މައްޗަށް ގަދަވެގަތުމަށް ސަރބިޔާއާއި އަލްބޭނިއާއިން މަސައްކަތްކޮށްފައިވެ އެވެ. މިކަމުގެ ސަބަބަކީ، ކޮސޯވޯގައި އަލްބޭނިއާ މީހުން ގިނަ ކަމެވެ.

މަޣުރިބުކަރައިގެ އިނގިރޭސި ނަމަކީ، މޮރޮކޯ (Morocco) އެވެ. ޢަރަބި ނަމަކީ، އަލްމަޣުރިބު (المغرب) އެވެ. މަޣުރިބުކަރައިގެ ރަސްމީ ނަމަކީ، އިނގިރޭސި ބަހުން ކިންގޑަމް އޮފް މޮރޮކޯ (Kingdom of Morocco) އެވެ.

ނައިޖީރިއާގެ އިނގިރޭސި ނަމަކީ، Nigeria އެވެ. ޢަރަބި ބަހުން ކިޔަނީ، نيجيريا އެވެ. ނައިޖީރިއާގެ ރަސްމީ ނަމަކީ، އިނގިރޭސި ބަހުން، ފެޑެރަލް ރިޕަބްލިކް އޮފް ނައިޖީރިއާ (Federal Republic of Nigeria) އެވެ.

ތުރުކީވިލާތުގެ އިނގިރޭސި ނަމަކީ، ޓަރކީ (Turkey) އެވެ. ޢަރަބި ނަމަކީ، ތުރުކިޔާ (تركيا) އެވެ. ތުރުކީވިލާތުގެ ރަސްމީ ނަމަކީ، ރިޕްބްލިކް އޮފް ޓަރކީ (Republic of Turkey) އެވެ.

ސުމެރިއަން (Sumerian) ޙަޟާރަތަކީ، ބިލާދުއްރާފިދައިނި (بلاد الرافدين) ނުވަތަ މެސޮޕޮޓޭމިއާ (Mesopotamia) ގެ ބިމުގައި އުފެދުނު ޙަޟާރަތެކެވެ. އެ ބިމުން ބޮޑު ބަޔެއް ހިމެނެނީ މިޒަމާނުގެ ޢިރާޤު (Iraq) ގަ އެވެ.

އަހަރެން ދަންޖެހެން ތައްޔާރުވިތަނާ، ޢުމުރުން
ދުވަސްވެފައިވާ މުސްކުޅިއަކު އައިސް ގޮވާލި އަޑު އިވުނެވެ.
ބުއްދި މަދު ސޭކާއެވެ! މަޑުކޮށްބަލާށެވެ!

ރެސްޓޯރެންޓެއްގެ މެނޭޖަރެކެވެ. އޭނާ އަބަދުވެސް ހުންނަވަނީ ރަނގަޅު މޫޑެއްގަ އެވެ. ކިހިނެއްހޭ މީހަކު އަހައިފިނަމަ، ހިނިތުންވެލައްވާފައި ބުނުއްވާނެ އެވެ. ވަރަށް ބަރާބަރެވެ!.... އޭނާ އެހެން ރެސްޓޯރެންޓެއްގެ މެނޭޖަރަކަށް ބަދަލުވެލެއްވުމުން ...

ޙައްޖާޖު ބިން ޔޫސުފާ އެކު، އޭނާގެ މެންދުރުގެ ފަރީއްކޮޅުގައި ބައިވެރިވާނެ ފަޤީރަކު ހޯދައިދިނުމަށް އޭނާގެ އެދިވަޑައިގަތެވެ. އެއީ ވަރަށް ހޫނުގަދަ ދުވަހެކެވެ. ދެން އޭނާގެ ޚާދިމުން ފަޤީރަކު ފެނޭތޯ ހޯދަމުން ދަނިކޮށް ފެނުނު ...

1.
ސިކުންތެއްވާ ހިތާމައިގާ ނުވޭ ޢާލަމް އެއާ އެއްވަރު،
ހެދުން ރާތަށްޓަކަށް ވިއްކާލެވިއްޖޭ ވާކަމުން އެއްވަރު!
2.
އެއިން ތަށްޓެއްގެ ރަހަބެލުމުން މުޞައްލާ އަގުކަމަށް
އަތުލީ،
މަގޭ ތަޤުޥާގެ ރަމްޒާއޭ! ތިބާ ވޭހޭ؟ އެއާ އެއްވަރު!

1.
ޖަހާ ތިޔަ ޗާލު އެސްފިޔައިން ހެރިއްޖޭ ތީރުތައް މިހިތަށް!
ލޮލުން ތިޔަ ތޫނު ނަޒަރެއް ދެން ނިކަން ދޭށޭ މަގޭ
ދެލޮލަށް.
2.
ހިތާ، މޭގައި މިވާ ވޭނަށް، އެއިން ފުރިހަމަ ޝިފާ ލިބެޔޭ،
އަރާމާ ޢައިޝު ހޯދައިދޭ، އެއީ ފަރުވާއެކޭ މިހިތަށް.

1.
ޝަރާބުގެ ކޫޒުތައް ދޭށޭ އަރަގު ފިނިފެން މަލުން ފެލުމަށް،
ތަޅައި އަފުލާކުތައް ކުދިކޮށް މިކައުނު އެކީ އަލުން
އެޅުމަށް.
2.
މަށަށް އަނިޔާކުރަން ލަޝްކަރު އައިސް ލޭބޯން އުޅޭނަމައީ،
ގޮވާނަމެ ޤާތިލުން އިނދަޖެއްސުމަށް ކުޅަދާނަ ސާޤީއަށް.

އަނބިމީހާގެ ޖަނާޒާގެ ކަންތައް ނިމުނުފަހުން، ކޮންމެ ދުވަހަކު ޢަޞްރު ނަމާދަށްފަހު މަހާނަ ކައިރިއަށް ގޮސް، ފިރިމީހާ އަޑުން އަޑުނަގައި ރޯން އިނދެއެވެ. އޭނާ ކޮންމެ ދުވަހަކު އެކަން ކުރާކަން ފާހަގަކުރެވުނު މީހެއްގެ ހިތަށް އެރިއެވެ.

އެކައްޗެއް ކައިގެން އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުރެވެނީ ކާކަށްތޯ ބެލުމުގެ މުބާރާތެއް ބޭއްވުނެވެ. އެ މުބާރާތުގައި އެމީހަކު ކާން ބޭނުންވާ އެއްޗެއް ކަނޑައަޅަނީ އެމީހަކު އަމިއްލައަށެވެ.

އެންމެ ފުރަތަމަ މާލެއަށް އަލިފާން ފޮށި ގެނެސްގެން އުޅުނު ދުވަސްވަރެވެ. މާލޭގައި ހުރި ރާއްޖެތެރޭ މީހަކު އޭނާގެ އަނބިމީހާއަށް އަލިފާން ފޮށްޓެއް ގަނެފައި ފޮނުވިއެވެ. އެއާއެކު ފޮނުވި ސިޓީގައި، އަލިފާންދަނޑިއެއް ރޯކުރާނެ ގޮތް ވަރަށް ސާފުކޮށް ލިޔެފައިވެއެވެ.

ޙައްޖަށް ދިޔަ މީހަކު، ޖަމްރާއަށް ހިލަ އުކުމަށްފަހު،
ދުޢާއެއް ކުރަން ހުއްޓެވެ.
"ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! އަނިޔާވެރިޔަކާމެދު
މިއަޅާގެ ދުލުން ޙައްޤުނޫން ބަހެއް ބުނެވިފައިވާނަމަ،
މިއަޅާއަށް ޢަފޫކުރައްވައިފާންދޭވެ!"

"ދަރިފުޅާ އެވެ! މި އަވަށުގައި އަލަށް ހުޅުވި ބޭސް ފިހާރައިން، މުސްކުޅިން ޒުވާންކޮށްދޭ ބޭހެއް އެބަވިއްކައެވެ. ދަރިފުޅު މިއަދު ސްކޫލަށް ދިއުމުގެ ކުރިން، އޭގެ ބޭސްފުޅިއެއް މަންމައަށް ގަނެދެއްޗެވެ!"