މި ރޮނީ ލޯބިވާތީއެއް ނޫނެވެ.
އަނބިމީހާގެ ޖަނާޒާގެ ކަންތައް ނިމުނުފަހުން، ކޮންމެ
ދުވަހަކު ޢަޞްރު ނަމާދަށްފަހު މަހާނަ ކައިރިއަށް ގޮސް،
ފިރިމީހާ އަޑުން އަޑުނަގައި ރޯން އިނދެއެވެ. އޭނާ ކޮންމެ
ދުވަހަކު އެކަން ކުރާކަން ފާހަގަކުރެވުނު މީހެއްގެ ހިތަށް
އެރިއެވެ.
"މި މީހާ ވާނީ، މީނާގެ އަނބިމީހާ ދެކެ ވަރަށް ބޮޑަށް
ލޯބިވާ މީހެއް ކަމަށެވެ."
މިހެން ހިތައި، އޭނާއާ މެދު ސަހަރޯވެރިވެ، އޭނާގެ ހިތަށް
ތަސައްލީއެއް ދިނުމުގެ ނިޔަތުގައި، އޭނާގެ ކައިރިއަށް ގޮސް
ބުންޏެވެ.
"ހިތާމަ ނުކުރާށެވެ! އަންހެނުންނަކީ ދުނިޔޭގައި ވަރަށް
ގިނަ ބަޔެކެވެ! މަރުވި އަނބިމީހާ އަށްވުރެ މާ ރީތި
އަނތްބަކު ހޯދައިދީފާނަމެވެ!"
ރޯން އިން މީހާ ބުންޏެވެ.
"އޭނާއަށްވުރެ ރީތި އަންހެނަކާ އިންނާކަށެއް ބޭނުމެއް
ނޫނެވެ! އެފަދަ އިތުރު އަންހެނަކާ އިނދެވިދާނެތީއެވެ."
އެހިނދު އަނެއް މީހާ އަށް އަހާލެވުނެވެ.
"މަރުވި އަނބިމީހާ ދެކެ މާ ބޮޑަށް ލޯބިވަނީ ހެއްޔެވެ؟"
ރޯން އިން މީހާ ޖަވާބުދިނެވެ.
"ނޫނެކެވެ! ތިމަންނާ ކޮންމެ ދުވަހަކު މި ރޮނީ އަނބިމީހާ
ދެކެ ލޯބިވާތީއެއް ނޫނެވެ! އެކަމަކު ރުއިމަކީ މައްޔިތާއަށް
އަޒާބު އިތުރުވާ ކަމެއް ކަމުގައި ވާތީއެވެ!"