ކަށުނަމާދު ކުރާ ގޮތް


ކަށުނަމާދުގެ ކުރީގައި ބަންގިއެއް، ޤަމަތެއް ނޯވެ އެވެ. މި ނަމާދަކީ ކޮޅަށް ތިބެ ކުރާ ނަމާދެކެވެ. ރުކޫޢުކުރުމާއި، ސަޖިދަކުރުން ވެސް މި ނަމާދުގައި ނޯވެ އެވެ. މި ނަމާދު ކުރުމަކީ، ކިފާޔަތުގެ ފަރުޟެކެވެ. މުސްލިމުންގެ ތެރެއިން ބަޔަކު މީހުން މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރުމުން ފުދެ އެވެ.

ކުޑަ ފުޅިއެއްގައި އޮތް ބޮޑު އޮރެންޖު


ޙިކުމަތްތެރި ވާހަކައެއްގައިވެ އެވެ. އެއްދުވަހަކު، ބައްޕައަކު އޭނާގެ ނުވަ އަހަރުގެ ދަރިފުޅަށް ކުޑަވަރެއްގެ ފުޅިއެއް ދެއްކެވި އެވެ. އެފުޅިތެރޭގައި ބޮޑު އޮރެންޖެއް އޮތެވެ. އެއާމެދު އެކުއްޖާ ވަރަށް ބޮޑަށް ހައިރާންވި އެވެ.

ޙަޔާތުގެ އިރާދަ


1.
އެދޭނަމަ ޙަޔާތުގަ އުޅެން ދުންޔަވީ،
ތަބާވާން ޖެހޭނެޔެ ކަތުން މިންވަރަށް!

2.
ޖެހޭނެޔެ މުޅިން ފުނޑުވުމަށް ޤައިދުތައް،
ޖެހޭނެޔެ މުޅިން ހަމަނިމެން ރޭގަނޑަށް!