އުޑުން ފޮޓޯނެގުން


ވިއްސާރަ މޫސުމެއްގެ ވާރޭ ވެހޭ ދުވަހަކެވެ. ކުޑަކުއްޖަކު، ވާރެޔާ ތެމެންވެގެން ބޭރަށް ނިކުތެވެ. އިރުކޮޅަކުން، މާބޯކޮށް ވާރޭ ވެހެން ފެށިއެވެ. ގަދަ ވިދުވަރާއެކު، ގުގުރަން ވެސް ފެށިއެވެ. ވާރެއާ ތެމެން ހުރި ކުއްޖާ ގޭތެރެއަށް ވެއްދޭތޯ އޭނާގެ މަސައްކަތްކުރިއެވެ.

"ދަރިފުޅާ! އަވަހަށް ގޭތެރެއަށް ވަދޭ!"

އޭރު އޭނާ ހީކަރުވައިގެން ތުރުތުރު އަޅަނީއެވެ!

އަނެއްކާވެސް އިރުކޮޅަކުން އޭނާގެ މަންމަ ބުންޏެވެ.

"ދަރިފުޅާ! އަވަހަށް ގޭތެރެއަށް ވަދޭ!
މިހާ ބޮޑަށް ވިދައި، މިހާ ބާރަށް ގުގުރާއިރު ބޭރުގައި ހުންނާކަށް ނުވާނެ!"

މަންމަ މިހެން ބުނުމުން، އޭނާ ގެއަށް ވަންނަން ބޭނުންނުވާ ސަބަބު ބަޔާންކޮށްދިނެވެ.

"މަންމާ! އުޑުން ފޮޓޯނެގުން ހުއްޓާނުލަނީސް ގެއަށް ނުވަންނާނަން!"