އަމިއްލަ ނަފުސު ވަޒަންކުރުން
އެއްދުވަހަކު ބާޒާރުމަތީގައި ބަހައްޓާފައި ހުރި، ޢާއްމު
ފޯނެއްގެ ކައިރިއަށް ކުއްޖަކު ހުއްޓުނެވެ. އޭގެ ފިތްތަކާ
ހަމައަށް އޭނާގެ އަތް ނުފޯރާތީ، ކައިރީގައިހުރި
ފިހާރައަކުން އެއްލާލާފައި އޮތް ފޮށިގަޑެއް ގެނެސް އޭގެ
މައްޗަށް އަރާހުރެ ފޯނުކުރި އެވެ. އޭނާ މިކަން ކުރާ
މަންޒަރު ދުށް ފިހާރައެއްގެ ސޭޓަކު ނުހަނު
ފަރުވާތެރިކަމާއެކު ފާރަލަމުން ގެންދިޔައެވެ.
ފޯނުކޮށްފައި އެކުއްޖާ ބުންޏެވެ.
"ދައްތާ އެވެ! ދައްތަގެ ބަގީޗާގެ ވިނަތައް ކޮށުމުގެ ވަޒީފާ
އަޅުގަނޑަށް ލިބިދާނެތޯއެވެ؟"
ދައްތަ ޖަވާބުދިނެވެ.
"ތިމަންމެންގެ ބަގީޗާގެ ވިނަތައް ވަރަށް ރަނގަޅަށް ކޮށާދޭ
ކުއްޖަކު އެބައުޅެއެވެ."
އެކުއްޖާ ބުންޏެވެ.
"ދައްތަ ތިޔަބުނާ ކުއްޖާ މަސައްކަތްކުރާ އަގުގެ ދެބައިކުޅަ
އެއްބައި އަޅުގަނޑަށް ދިނަސް އެންމެ ރަނގަޅެވެ.
އޭނާއަށްވުރެ މާ ރަނގަޅަށް މަސައްކަތް ކޮށްދީފާނަމެވެ."
ދައްތަ ބުންޏެވެ.
"އެކުއްޖާ ވިނަކޮށާދޭ ގޮތް ދައްތައަށް ކަމުދެ އެވެ.
އެކުއްޖާގެ ފިޔަވައި އެކަން ކޮށްދޭނެ އެހެން މީހަކު
ބޭނުމެއް ނޫނެވެ."
އަނެއްކާވެސް އެކުއްޖާ ބުންޏެވެ.
"ބަގީޗާ ސާފުކޮށްދިނުމުގެ އިތުރުން، ދުވާރާއި މަގުމަތި
ވެސް ސާފުކޮށްދޭނަމެވެ. އޭރުން މިރަށުގައިވާ އެންމެ
ސާފުތާހިރު ބަގީޗާ ކަމުގައި، ދައްތަގެ ބަގީޗާ ވާނެއެވެ."
ދައްތަ ބުންޏެވެ.
"މިހާރު ބަގީޗާ ބަލަހައްޓާދޭ ކުއްޖާ މަސައްކަތްކުރަނީ
ވަރަށް ރަނގަޅަށެވެ. އޭނާ މަސައްކަތްކޮށްދޭ ގޮތް
ރަނގަޅުކަމުން، އެހެން ކުއްޖަކު ލައްވާ އެމަސައްކަތް
ކުރުވާކަށް ދައްތަ ބޭނުމެއް ނޫނެވެ."
ދައްތަ މިހެން ބުނުމުން، ހިނިތުންވެލާފައި އެކުއްޖާ ފޯނުގެ
އަތްގަނޑު ބޭއްވިއެވެ.
އެކުއްޖާއަށް ފާރަލައިގެން ހުރި ސޭޓު، އެވަގުތު އައިސް
ބުންޏެވެ.
"ކޮއްކޮ ވަޒީފާއެއް ހޯދަން ތިޔަކުރާ ހިތްވަރަށް
ސާބަސްދެމެވެ. ތިހައި ހިންމަތްތެރި ކުއްޖަކު ދުވަހަކުވެސް
ބޭބެ ނުދެކެމެވެ. ބޭބެގެ ފިހާރައިން ކޮއްކޮއަށް ވަޒީފާއެއް
ދީފާނަމެވެ."
އެކުއްޖާ ބުންޏެވެ.
"ބޭބެ ތިޔަ ބުނުއްވި ހެޔޮ ބަސްތަކަށް ޝުކުރު އަދާކުރަމެވެ.
ބޭބެގެ ފިހާރައިން އަޅުގަނޑު ވަޒީފާއެއް ބޭނުމެއް ނޫނެވެ."
ސޭޓު ޙައިރާންކަމާއެކު ބުންޏެވެ.
"އެކަމަކު، ކޮއްކޮ ވަޒީފާއެއް ހޯދަންވެގެން ދެންމެ
ތިދެއްކި ހުރިހާ ވާހަކައެއް ބޭބެ އަޑުއެހީމެވެ."
އެކުއްޖާ ބުންޏެވެ.
"އަޅުގަނޑު ވަޒީފާއެއް ނުހޯދަމެވެ.
އަޅުގަނޑު މި ވަޒަންކޮށްލީ އަޅުގަނޑުގ އަމިއްލަ ނަފުސެވެ.
ދައްތަގެ ބަގީޗާގެ ވިނަކޮށައި، އެތަން ސާފުކޮށްދޭ ކުއްޖަކީ
އަޅުގަނޑެވެ."
<>
މިކުއްޖާ ފަދައިން، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ
މީހަކުމެ، އެމީހަކު ވަޒީފާ އަދާކުރާ ގޮތުގެ ފެންވަރު
ބެލުން ބުއްދިވެރި އެވެ. އެހެން މީހަކު، ތިމާގެ ފެންވަރާއި
ފަންވަރު، މިންއަޅައި ވަޒަންކުރުމުގެ ކުރިން، ތިމާ
އަމިއްލައަށް އެކަންކުރާނަމަ، ލާބައާއި ފައިދާ ލިބޭނީ ހަމަ
ތިމާއަށެވެ.