ފެން ފަދައިން ވާށެވެ!


އޭގެ ހިތާއި މޭ، ވަރަށް ތަނަވަހެވެ.
ޒިޔާރަތްކުރުމާއި ދީލަތިވުމުގައި އެންމެން ހަމަހަމަކުރެއެވެ.
މަހުޖަނުންގެ ގަނޑުވަރުތަކާއި ފަޤީރުންގެ ޖިފުޓިތަކަށެވެ.
މަހުޖަނުންގެ ބަގީޗާތަކާއި ފަޤީރުންގެ ދަނޑުތަކަށެވެ.

ބަޣަލާއި ނަޣަލު ނުވަތަ ބަގަލާއި ނަގަލު


ބަގަލާއި ނަގަލަކީ ދެ ޖަނަވާރެކެވެ. ނަމުން ދާދި އެއްގޮތްވާ ފަދައިން މި ދެ ޖަނަވާރުގެ ތިމާގެކަން ވެސް ވަރަށް ބޮޑެވެ. މި ދެ ޖަނަވާރު އުފެދެނީ، އަހާއި ޙިމާރުގެ ދަރިކޮޅުންނެވެ. ބަގަލަކީ، ނަސަބުގެ ގޮތުން ޙިމާރުގެ ދަރިކޮޅަށް ނިސްބަތްވާ އެއްޗެކެވެ. އެއީ، ފިރިހެން ޙިމާރާއި އަންހެން އަހުގެ ދަރި އެވެ. ނަގަލަކީ، ނަސަބުގެ ގޮތުން އަހުގެ ދަރިކޮޅަށް ނިސްބަތްވާ ޖަނަވާރެކެވެ. އެއީ، ފިރިހެން އަހާއި އަންހެން ޙިމާރުގެ ދަރި އެވެ.

ޖުޒުއު ފެށޭ ޞަފުޙާ ހޯދަން ފަސޭހަ ގޮތެއް


ކީރިތި ޤުރުއާނުގެ ކޮންމެ ޖުޒުއެއް (ފޮތެއް) ފެށޭ ޞަފުޙާ، ހިސާބުކޮށްގެން ވަރަށް ފަސޭހައިން ހޯދިދާނެ އެވެ. މިސާލަކަށް ހަތްވަނަ ފޮތް ފެށޭ ޞަފުޙާ ހޯދަން ވެއްޖެނަމަ ހަދާނެ ގޮތަކީ:

ދީން އުނގަންނަވައިދެއްވި ޙަދީޡުފުޅު


މި ޙަދީޘުފުޅުގައި ބަޔާންކުރައްވާފައިވަނީ، ދީނުގެ ވަރަށް މުހިންމު ކަންތައްތަކެކެވެ. އެ ކަންތައްތައް، މުސްލިމުންނަށް އުނގަންނަވައި ދެއްވުމަށްޓަކައި، އެއްދުވަހަކު ޖިބުރީލު ޢަލައިހިއްސަލާމް، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެންނެވި އެވެ. އަދި މުސްލިމުންގެ ކުރިމަތީގައި، އެ ކަންތައްތަކާ ބެހޭގޮތުން، އިތުރު އެކަލޭގެފާނުގެ އަރިހުން އެއްސެވިއެވެ.

ދޮގުހުވާކުރާ މީހުންނަށް ހުރި އަޒާބު



ސުވާލު

ދޮގުހުވާކުރާ މީހުންނަށް ހުރި އަޒާބަކީ ކޮބައިތޯއެވެ؟ އަދި މާތް ﷲ، އެމީހުންނަށް މިދުނިޔޭގައި އަޒާބުދެއްވުން އަވަސްކުރައްވާނެތޯއެވެ؟

އަޅުކަން ފާސިދުކުރާ ވަސްވާހުން ސަލާމަތްވުން



ސުވާލު

އަޅުގަނޑުކުރާ އަޅުކަން ފާސިދުކުރާ ވަސްވާސްތަކެއް، އަޅުގަނޑުގެ ހިތަށް ވެރިވެއެވެ. އޭގެ ސަބަބުން އަޅުގަނޑުގެ ވިސްނުމާއި ފިކުރު ވިއްސިވިހާލިވެ، އެއްވެސް އަޅުކަމެއް އެދެވޭ ގޮތެއްގައި ނުކުރެވެއެވެ. މިހެންވެ، ވުޟޫއާއި ނަމާދާއި ހިނައިގަތުން ފަދަ ކަންތައްތައް އިޢާދަކޮށް ކުރަން އެބަޖެހެ އެވެ. މިކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑަށް ކުރެވޭނީ ކޮންކަމެއްތޯއެވެ؟

ނަމާދުގައި، ކީރިތި ޤުރުއާން އިސްފަސްކޮށް ކިޔެވުން



ސުވާލު

ނަމާދުގައި ކީރިތި ޤުރުއާން ކިޔަވާއިރު، ސޫރަތްތަކާއި އާޔަތްތައް ކިޔަވަން ޖެހޭނީ ކީރިތި ޤުރުއާނުގައިވާ ތަރުތީބުންތޯއެވެ؟ މިސާލަކަށް، ފުރަތަމަ ރަކުޢަތުގައި ސޫރަތުލްކައުޘަރު ކިޔެވުމަށްފަހު، ދެވަނަ ރަކުޢަތުގައި ކިޔަވަންވާނީ، ފުރަތަމަ ކިޔެވި ސޫރަތަށްވުރެ ފަހަތުގައިވާ ސޫރަތުއްނަޞްރު ފަދަ ސޫރަތެއްތޯއެވެ؟ އަދި ފުރަތަމަ ރަކުޢަތުގައި، ސޫރަތުލްބަޤަރާ ގެ 50 ވަނަ އާޔަތުން 60 ވަނަ އާޔަތުގެ ނިޔަލަށް ކިޔެވުމަށްފަހު، ދެވަނަ ރަކުޢަތުގައި އެ ސޫރަތުގެ 10 ވަނަ އާޔަތުން ފެށިގެން 20 ވަނަ އާޔަތުގެ ނިޔަލަށް ކިޔެވިދާނެތޯއެވެ؟

ޒާހިދު އިމާމެއްގެ އަގުހުރި ބަސްފުޅެއް


އަލްއިމާމު އިބްރާހީމް ބްނު އަދުހަމަކީ ތާބިޢީއެކެވެ. އެކަލޭގެފާނަކީ ނުހަނު ތަޤުވާވެރި ޒާހިދު ބޭކަލެކެވެ. އެއްދުވަހަކު އެކަލޭގެފާނު ވިދާޅުވިއެވެ.

އިބްނު ތައިމިއްޔާގެ އަރިހުން ބައެއް ޙިކުމަތް


އިބްނު ތައިމިއްޔާއާ ކުރިމަތިވެވަޑައިގެންނެވި ބައެއް ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިބްނުލް ޤައްޔިމު ވިދާޅުވެފައިވެއެވެ.

އެކުވެރިކަމަކީ ވަރުގަދަ ބާރެކެވެ.


ވާހަކަ: 1

ޙިކުމަތްތެރި ވާހަކައެއްގައި ވެއެވެ.

ބުއްދިވެރި މުސްކުޅިޔަކު، އޭނާގެ ދަރިންތައް ގެނެސް، އެކުދިންގެ އަތަށް ބަނދެފައިވާ ދަނޑި ބޮޑިއެއް ދިނެވެ. އަދި އެ ދަނޑި ބޮނޑި ބިންދާލުމަށް އެއިން ކޮންމެ ކުއްޖެއްގެ ގާތުން އެދުނެވެ. ދެން އެއިން ކޮންމެ ކުއްޖަކު، އެ ދަނޑި ބޮނޑި ބިންދާލެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް، އެއިން އެއްވެސް ކުއްޖަކަށް އެކަމެއް ނުކުރެވުނެވެ.

އަމިއްލަ ނަފުސު ވަޒަންކުރުން


އެއްދުވަހަކު ބާޒާރުމަތީގައި ބަހައްޓާފައި ހުރި، ޢާއްމު ފޯނެއްގެ ކައިރިއަށް ކުއްޖަކު ހުއްޓުނެވެ. އޭގެ ފިތްތަކާ ހަމައަށް އޭނާގެ އަތް ނުފޯރާތީ، ކައިރީގައިހުރި ފިހާރައަކުން އެއްލާލާފައި އޮތް ފޮށިގަޑެއް ގެނެސް އޭގެ މައްޗަށް އަރާހުރެ ފޯނުކުރި އެވެ. އޭނާ މިކަން ކުރާ މަންޒަރު ދުށް ފިހާރައެއްގެ ސޭޓަކު ނުހަނު ފަރުވާތެރިކަމާއެކު ފާރަލަމުން ގެންދިޔައެވެ.

އަގުހުރި ދޭހަތަކެއް


އެއްޒަމާނެއްގައި، ރަސްކަލަކު އުޅުއްވި އެވެ. އެއީ ވަރަށް ގިނައިން ރައްޔިތުންގެ ޙާލުއަޙުވާލު ބައްލަވައި އުޅުއްވި އޯގާވެރި ރަސްކަލެކެވެ. އެއްދުވަހަކު އެ ރަސްގެފާނާއި، އެ ރަސްގެފާނުގެ ވަޒީރު، ރަށުތެރޭގައި ހިންގަވަނިކޮށް، ޢުމުރުން ދުވަސްވެ، އަބަހައްދަވެފައިވާ މުސްކުޅިއަކު ފެނިވަޑައިގަތެވެ.

ކިބުރުވެރި ހައިވަކަރު ގަސް


ގަސްގަހާގެހީގެ ބުސްތާނެއްގައި، ހައިވަކަރު ގަހެއް ހެދިބޮޑުވަމުން ދިޔައެވެ. އެ ގަހުގެ ވަށައިގެން، ހެދިފޯދިފައިވާ ގަސްތަކާއި ހެދެމުންދާ ގަސްތައްވިއެވެ.

ކޮލެރާ



މި ހިމޭންވީ ރޭގަނޑު!
ކަންދޭށޭ އެހުމަށް ވޭނާ ރުއިމުގެ އަޑު!
ކަނު އަނދިރީގައި،
މަރުގެ ހިތާމައިގެ ހިމޭންކަމުގައި،
ބަލިމީހުން ގިސްލައި ރޯ އަޑު!
ހިތުގެ ހިތާމައިން ފެތުރޭ ހިތި އަޑު!
ހިތްތައް އަނދަމުންދާ ގަދަ އަޑު!
އޭގައިވީ އާހުން ފަތުރާލި ޞަދާ!

ޝާޢިރެއްގެ ހުވަފެންތައް



1.
ބާއްޖަވެރިކަންމަތީ އެކަނިވެރި ޙާލުގައި،
ވުން މަށަށް މާމޮޅޭ ދުންޔަވީ މަސްރަޙުން.
2.
ޖަންގަލީތަކު ތެރޭގައިވި ގަސްތަކު ތެރޭ،
ޢުމުރު ފަރުބަދަ މަތީގައި އަރާ އިނދެ ގުނުން.

ގަނޑުވެފައިވާ ކޯރު



1.
ކޯރާ! ޚަރީރުގެ އަޑު ނެތީ ފެން ހިނދި ނުވާތީހޭ ހިނގުން؟
ނޫނީ ތިބާ އަބަހައްދަވީހެއްޔޭ އަރައި ޢަޒުމަށް ގުޑުން؟
2.
އިއްޔެގަ ތަރާނާ އިއްވަމުން ދިޔައީ ތިބާ ދަނޑުފަނގު ތެރޭ،
އެކިއެކި ޒަމާނުގެ ވާހަކައިން ލަވަތައް ކިޔައި ދުނިޔޭ ތެރޭ.

ނުކުރާ ކަމަކަށް އަދަބެއް ނުދެވޭނެ


ނުކުރާ ކަމަކަށް އަދަބުދިނުމާބެހޭ ގޮތުން ދަރިވަރަކާއި ޓީޗަރަކާ ދެމެދު ހިނގި މުޙާވަރާއެއްގައި ވެއެވެ.

ދަރިވަރު: "ކުއްޖަކު ނުކުރާ ކަމަކަށް އަދަބު ދެވިދާނެތޯއެވެ؟"ލިޔުން

ކިތައް ހަރުބަސް؟


ޖަބަލު ގާފު ފަރުބަދައިގެ ފަހަތުގައި ހަތް ވާދީ ވެއެވެ.
އެއިން ކޮންމެ ވާދީއެއްގައި ހަތް ގައުމު ވެއެވެ.
އެއިން ކޮންމެ ގައުމެއްގައި ހަތް ސަހަރު ވެއެވެ.
އެއިން ކޮންމެ ސަހަރެއްގައި ހަތް ޖަންގަލި ވެއެވެ.
އެއިން ކޮންމެ ޖަންގައްޔެއްގައި ހަތް މަގު ވެއެވެ.

ކާވެންޏަށް މުއްދަތު ހަމަވާ ތާރީޚު


އަލަތު ކާވެނި ކޮށްގެން ގެއަށް އައުމަށްފަހު، ފިރިމީހާ ކާވެނީގެ ސެޓްފިކެޓަށް ބަލަހައްޓައިގެން އިނެވެ. އެތައް އިރެއް ވަންދެން އޭނާ އެއަށް ގެއްލިފައިވާތަން ފެނުމުން، އަނބިމީހާ ބުންޏެވެ.

ދަރިވަރަކު ފޭލްވި ސަބަބު


އިމްތިޙާނެއްގައި ފޭލްވި ކުއްޖަކު އޭނާ ފޭލްވި ސަބަބުން ބަޔާންކޮށްދެމުން ބުންޏެވެ. ފޭލްވާ ދަރިވަރަކު ފޭލްވުމުގައި އޭނާގެ އެއްވެސް ކުށެއް ނެތެވެ. އަހަރެއްގެ ތެރޭގައި އަންނަ ދުވަސްތަކުގެ ތަފުޞީލަށް ބަލައިލުމުން މިކަން އެނގެއެވެ.

ކަހުފު ބާގައިގެ މީހުންގެ ވާހަކަ ރީތިވި ސަބަބު


އިސްލާމް ގަޑީގައި ހުރިހާ ކުދިން މޭޒުމަތީގައި ބޯއަޅައިގެން ތިބޭތީ، ކުދިން ލައްވާ ވާހަކަ ދައްކުވަން ޓީޗަރު ގަސްދުކުރެއްވިއެވެ. އެކަމަށް މަގުފަހިކުރެއްވުމަށްޓަކައި އޭނާ ކުދިންނާ ސުވާލެއްކުރެއްވިއެވެ.