މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
ދުނިޔޭގައިވާ ކުދި ކަނޑުތަކާއި، ބިޔަ ކަނޑުތަކަކީ،
އަގުނުކުރެވޭފަދަ ބޮޑެތި ޚަޒާނާތަކެކެކެވެ. ކަނޑުގައިވާ
މަސްމަހާމެއްސާއި އެހެނިހެން ކާއިނާތްތަކަކީ ކާބޯތަކެތީގެ
މައިގަނޑު މަޞްދަރެކެވެ. ކަނޑު އިސްޕަންޖާއި، ކަނޑުގައިވާ
އެފަދަ އެހެން މަޚުލޫޤުންނަކީ، ޑަކުޓަރީ ބޭސް އުފެއްދުމަށް
ބޭނުންކުރާ ވަރަށް މުހިންމު އެއްޗެކެވެ.
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
އިރުގެ ނިޒާމަކީ، އިރާއި، އޭގެ ވަށައިގެން
ދައުރުކުރަމުންދާ އެހެނިހެން ޖިރުމުތަކުން އެކުލެވިފައިވާ
ނިޒާމެކެވެ. އޭގައިވާ ޖިރުމުތައް ބަހާލެވިފައިވަނީ،
މައިގަނޑު ގޮތެއްގައި ތިން ބަޔަށެވެ. އެއީ، ގުރަހައާއި،
މޭލިގުރަހައާއި، ކުދިޖިރުމެވެ.
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
ދިރުމުގެ މާނަ އެތައް ގޮތަކަށް ކުރެވެއެވެ. އެއާމެދު
ހިންގޭ ނަޒަރު ތަފާތުވުމުން އޭގެ ދޭހަ ތަފާތުވެއެވެ. ދިރޭ
އެއްޗެއްގެ ނިސްބަތުން ބަލާއިރު، ދިރުމުގެ އާންމު
މާނައަކީ، "ދިރޭ އެއްޗެއް އުފަންވުމާއި މަރުވުމާ
ދެމެދުގައި ހޭދަކުރާ މުއްދަތު" ކަމަށް ބައެއް ފަރާތްތަކުން
ބުނެފައި ވެއެވެ. ދިރުމުގެ މި ނޫން މާނަތަކާއި
ތައާރަފުތައް ވެސް ވެއެވެ.
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
ބައިތުލްޙިކުމާ އަކީ، އިސްލާމީ ޙަޟާރަތުގައި ޢިލްމާއި
ފިކުރު ކުރިއަރައިގެންދިޔަ މިންވަރު ބަޔާންކޮށްދޭ
މިސާލެކެވެ. އިސްލާމީ ޙަޟާރަތުގައި އެތަނަކީ، މުޅި
ދުނިޔެއަށް ހުޅުވާލެވިފައިވާ ބައިނަލްއަޤުވާމީ
އެކެޑަމީއެކެވެ.
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
ތަހުޒީބުގެ ދިވެހި މާނަތަކުގެ ތެރޭގައި، ރަނގަޅު ރީތި
ގޮތްތަކާއި، ޒަމާނާ އެއްގޮތަށް ބަދަލުވުމާއި،
ޒީނަތްތެރިވުމާއި، ތައްޔާރުވުން ހިމެނެ އެވެ. ތަހުޒީބުގެ
އަޞްލަކީ، ޢަރަބި ބަހުގެ تَهْذِيبُ އެވެ. މި ލަފުޒުގެ
ޢަރަބި މާނަތަކުގެ ތެރޭގައި، ތަރުބިޔަތުކުރުމާއި،
އިޞްލާޙުކުރުމާއި، އައިބު ފިލުވުމާއި، ރީތިކުރުމާއި،
އަޚުލާޤު ދަސްކޮށްދިނުމާއި، ބޭކާރުބައި އުނިކުރުން ހިމެނެ
އެވެ.
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
އިސްލާމްދީނުގެ ނަން ކަމުގައިވާ الإسْلاَم އަކީ،
السَّلاَم އިން އުފެދިފައިވާ ނަމެކެވެ. އައްސަލާމުގެ
މާނައަކީ، ރައްކާތެރިކަމާއި، ޞުލްޙަވެރިކަމާއި،
އަމާންކަމެވެ. މިކަންކަން ނެތް މުޖުތަމަޢެއްގައި
ތަހުޒީބެއް، ތަމައްދުނެއް ނޯންނާނެއެވެ.
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
އިންސާނީ ތާރީޚަށް ނަޒަރު ހިންގައިލާއިރު، ތަހުޒީބާއި
ތަރައްޤީއަށްޓަކައި މުސްލިމުން ކޮށްފައިވާ ޚިދުމަތްތައް
ކުލަ ގަދަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. ހަމައެކަނި ދީނީ
ޢިލްމާއި، އިޖުތިމާޢީ ޢުލޫމުތަކުގެ ރޮނގުންނެއް ނޫނެވެ.
ކިއެއްތޯއެވެ. ޢުލޫމާއި އީޖާދީފަންނު ނުވަތަ ސައިންސާއި
ޓެކްނޮލޮޖީގެ ރޮނގުތަކުން ވެސް މެއެވެ.
މުޞަންނިފު: ފަޟީލަތުއްޝައިޚު ޑރ. ޢާއިޟު ބިން ޢަބްދުﷲ އަލްޤަރްނީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ވަރަށް އަނދިރި ރެޔަކު، އިބްލީހާއެކު ވާހަކަކޮޅެއް
ދެއްކީމެވެ. އަޅުގަނޑަށް އެކަން ކުރެވުނީ، އެ ރޭ، ފަތިސް
ނަމާދަށް ބަންގި ގޮވި އަޑު އިވުމުން، މިސްކިތަށް ދިއުމަށް
ޤަސްދުކުރި ހިނދު، އިބްލީސް އައިސް ބުނި އެއްޗަކުންނެވެ.
މުޞަންނިފާ: ހަނާ ޢުބައިދު (م. هناء عبيد)، ޝިކާގޯ، އެމެރިކާ.
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
އާދަކާދައިގެ މަތިން އެއްދުވަހަކު އަޅުގަނޑުގެ އަންހެން
ދަރިފުޅު ބަލާ ސްކޫލް ދޮށަށް ދިޔައީމެވެ. އެދުވަހު
އަޅުގަނޑުގެ ދަރިފުޅު ގޮވައިގެން ޓީޗަރު އަޅުގަނޑުގެ
ގާތަށް ދުރުވި އެވެ. އޭނާ ދުރުވެ އަޅުގަނޑާ އަރާހަމަވި
ވަގުތު އަޅުގަނޑުގެ ދަރިފުޅު އޭނާގެ އަތްތިލައަށް
ބަލާލާފައި ބުންޏެވެ.
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
މިއީ، ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ފަންސަވީސް
ނަބީބޭކަލުންނާއި އެ ބޭކަލުން ދިރިއުޅުއްވި މުއްދަތު
ބަޔާންކޮށްދޭ ލިޔުމެކެވެ. އާދަމުގެފާނުން ފެށިގެން ކީރިތި
މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ނިޔަލަށް
މި ލިޔުމުގައި ވެ އެވެ.
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ވާހަކަ ކިޔައިދޭ މީހުން ކިޔައިއުޅެތެވެ.
އެއްދުވަހަކު ޚަލީފާ ހާރޫނުއްރަޝީދު، ޖަޢުފަރު ވަޒީރުގެ
އަރިހުގައި ވިދާޅުވި އެވެ.
"އެންމެ އަގުހެޔޮކޮށް ރަން ގަންނަން ލިބޭނީ ކޮންތާކުންތޯ
އެވެ؟"
ޖަޢުފަރު ވަޒީރު ދެންނެވި އެވެ.
"އެންމެ އަގުހެޔޮކޮށް ރަން ގަންނަން ލިބޭނީ، މޮޔައިންގެ
ސަހަރުންނެވެ."
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
ބަހުލޫލަކީ، ޚަލީފާ ހާރޫނުއްރަޝީދުގެ ޒަމާނުގައި އުޅުނު
މޮޔަމީހެކެވެ. އޭނާ މަޝްހޫރުވެފައިވަނީ، މޮޔަމީހުންގެ
ތެރެއިން ބުއްދިވެރި މީހެއްގެ ގޮތުގައެވެ. އެކަން
ބަޔާންކޮށްދޭ މުޙާވަރާއެއް އޭނާއާއި ޚަލީފާ ހާރޫނުއްރަޝީދާ
ދެމެދުގައި ހިނގާފައިވެއެވެ. އެ މުޙާވަރާގެ ވާހަކަ
ކިޔައިއުޅެނީ މިދަންނަވާ ފަދައިންނެވެ.
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
އެއްދުވަހަކު ސުލައިމާނުގެފާނު ކާވެނީގެ ޙަފުލާއަކަށް
ވަޑައިގެންނެވުމަށް ތައްޔާރުވެވަޑައިގަތެވެ. އެއީ،
އެކަލޭގެފާނުގެ ޤައުމުގެ ކަމުވޮށިވެގެންވާ މީހެއްގެ
ދަރިއެއްގެ ކާވެނީގެ ޙަފުލާއެކެވެ. އެކަލޭގެފާނު އެ
ޙަފުލާއަށް ވަޑައިގަންނަވަން އުޅުއްވަނިކޮށް
މަލަކުލްމައުތު ވަޑައިގެން އެކަލޭގެފާނުގެ އަރިއަހުގައި
ވިދާޅުވިއެވެ.
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
1.
ސާޢަތުގެ ވަގުތު އައިސް ޖެހެނީޔޭ،
އަސްތާ! ދެފަޅި ކުރެއްވިއްޖޭ އެ ޤަމަރު!!!
2.
އިޢުޖާޒުގެ އާޔާތްތައް ފެނުނީމާ ބުނެޔޭ:
ތިޔައީތާއޭ ދިގުދެމިގެންވާ އެ ސިޙުރު!!!
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
1.
ބައްޕައީ ލޯބިވެތި ބާރެކޭ ހަހަރުވެތި،
ބައްރެކޭ ކުލުނުވެތި، ހެޔޮ އަޅާލުން ވިޔޭ!
2.
ޖީނިއަސް ބޭކަލެއް، ލާމަސީލު ރަންމުތެއް،
ފީނިޔަސް ކަނޑު ފަޅަށް، އެފަދައެއް ނެތްމެޔޭ!
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
ގައިދުގައި ވީ އެ ހައްޔަރުވެފައި،
އައި ޖުލައި މަހުގެ ސައްބީހުގައި.
ވައިމަތީގައި ވިޔޭ ފެތުރިފައި،
ހައިނުކޮށް ރޯ އަޑެއް އެ މަހުގައި.
މުޞަންނިފު: ބަޙުރު އީމަޖައްލާ
ކާފައާއެކު ޢަޞްރު ނަމާދަށް މިސްކިތަށް ދިޔަ
ކުއްޖެކެވެ. މިސްކިތަށް ގޮސް ކާފަ ވުޟޫކުރިއިރު
ބަލަހައްޓައިގެން ހުއްޓެވެ. ކާފަ ހީކުރީ، ދަރިފުޅު
ވުޟޫކުރަން ދަސްކުރަނީ ކަމަށެވެ. ނަމަވެސް ކާފަ
ވުޟޫކޮށްގެން މިސްކިތަށް އަރަން ފެށުމުން، ފަހަތުން
ދަރިފުޅު މިސްކިތަން އަރަން ދިޔަ އެވެ. އެހިނދު ކާފަ
އެއްސެވެ.
މުޞަންނިފު: ބަޙުރު އީމަޖައްލާ
މީހަކު ގެއެއް ކުއްޔަށް ހިފައިގެން އުޅުނެވެ. އެއީ
މަތިވަޑާންގަނޑު ވަރަށް ބޮޑަށް ބާވެ، ފުރާޅުން
ވާރޭހިޔާނުވާ ގެއެކެވެ. އެ ގޭ ވެރިމީހާ ފުރާޅު
މަރާމާތުކޮށްދޭކަށެއް ނޫޅެ އެވެ. އެކަމަކު ބަރާބަރަށް
ކޮންމެ މަހަކު ކުލި އަތުލައެވެ.
މުޞަންނިފު: ބަޙުރު އީމަޖައްލާ
ޙައްޖާޖު ބްނު ޔޫސުފަކީ، ހަރުކަށިކަމާއި
އަނިޔާވެރިކަމަށް މަޝްހޫރު ވެރިއެކެވެ. މިހެންވެ އޭނާގެ
ޒަމާނުގައި ގިނަ ބަޔަކު އޭނާއަށް ނަފުރަތުކުރި އެވެ.
އެއްދުވަހަކު އޭނާ ފާރިސީ ކަނޑުއޮޅީގައި މޫދަށް
އެރިވަޑައިގެން އޮންނަވަނިކޮށް، ފުން ތަނަކަށް
ގެނބިވަޑައިގެން ނުރައްކާތެރި ޙާލަތެއް މެދުވެރިވި އެވެ.
މުޞަންނިފު: ބަޙުރު އީމަޖައްލާ
ރަމަޟާންމަހުގެ ދުވަހެއްގައި ޢަޞްރު ނަމާދަށްފަހު،
ފަތުވާދެއްވަން މިސްކިތުގައި އިންނެވި ފިޤުހުވެރިއެއްގެ
އަރިހުގައި މީހަކު ދެންނެވި އެވެ.
"ޝައިޚާ އެވެ! މި ދިޔަ ރަމަޟާން މަހުގެ ތިމަންނާގެ
ރޯދައެއް ވަނީ ގެއްލިފަ އެވެ!"
މުޞަންނިފު: ބަޙުރު އީމަޖައްލާ
ބަޔަކު މީހުން ޤަބުރުސްތާނަށް ދަނިކޮށް، މަގުމަތީގައި
ހުރި ފާފަކުރާ ކުއްޖަކު، އެއިން މީހަކު ކުރެން އެއްސެވެ.
"މި އެންމެން މިދަނީ ހިލައުކަން ހެއްޔެވެ؟"
އެމީހާ ބުންޏެވެ.
"ނޫނެކެވެ. މި އެންމެން މިދަނީ ވެލިއުކަން ވެގެންނެވެ!"