ބާވައިލެއްވި ސަބަބު

ލުބާބުއް ނުޤޫލި ފީ އަސްބާބިއްނުޒޫލި ގައި އިމާމު ސުޔޫޠީ ވިދާޅުވެފައި ވެ އެވެ. ސޫރަތުއްޝަރްޙު ބާވައިލެއްވީ، މުސްލިމުންގެ ފަޤީރުކަމުގެ މައްޗަށް މުޝްރިކުން ދެރަބަސް ބުނެ އާޑަކިއުމުންނެވެ.... އަލްޙަސަނުގެ އަރިހުން އިބްނު ޖަރީރު ރިވާކުރައްވާފައިވެ އެވެ.

