ކަލިމަތަކުގެ މާނަ
أَ
ސުވާލުކުރުމުގެ އަދާތެކެވެ. މާނައީ، ހޭ؟ ނުވަތަ ތަ؟ ނުވަތަ
ތޯ؟
لَمْ
ނަފީގެ އަދާތެކެވެ. މާނައީ، ނޫނެކެވެ.
نَشْرَحْ
ތިމަންރަސްކަލާނގެ ތަނަވަސްކޮށްދެއްވަނީ
أَلَمْ نَشْرَحْ
ތިމަންރަސްކަލާނގެ ތަނަވަސްކޮށް ނުދެއްވަންތޯ އެވެ؟
މި ސުވާލަކީ، އިޤުރާރުގެ ސުވާލެކެވެ. މާނައަކީ،
ތިމަންރަސްކަލާނގެ ތަނަވަސްކޮށްދެއްވީމެވެ.
لَكَ
ކަލޭގެފާނަށްޓަކައި
صَدْرَكَ
ކަލޭގެފާނުގެ މޭފުޅު
މޭފުޅުގެ މާނައަކީ ހިތްޕުޅުކަމަށް ޢިލްމުވެރިން
ވިދާޅުވެފައިވެ އެވެ. ޢަރަބިބަހުން ޞަދުރު ކިޔަނީ
މެޔަށެވެ. ޞަދުރުގެ މާނައިގައި ފޫޅާއި ލަގޮނޑިވަޅާ ދެމެދު
ހިމެނެ އެވެ. މި ދެމެދުގައިވާ އެންމެ މުހިންމު ގުނަވަނަކީ
ހިތެވެ.
وَ
އަދި
وَضَعْنَا
ތިމަންރަސްކަލާނގެ ލުއިކުރެއްވީމެވެ.
ޢަރަބި ބަހުގައި (ވަޟަޢަ) ގެ ލަފުޒީ މާނައަކީ،
"ބާއްވައިފި" އެވެ.
عَنكَ
ކަލޭގެފާނުގެ ކިބައިން
وِزْرَكَ
ކަލޭގެފާނު އުފުއްލަވާ ބުރަ،
ޢަރަބި ބަހުގައި (ވިޒުރު) ގެ މާނައަކީ، ކުށް ފާފަ އެވެ.
ٱلَّذِيۤ
އެއީ
أَنقَضَ
ބުރަކަންދީފައިވާ
ظَهْرَكَ
ކަލޭގެފާނުގެ ބުރިކަށިފުޅު
وَ
އަދި
رَفَعْنَا
ތިމަންރަސްކަލާނގެ، މަތިވެރިކުރެއްވީމެވެ.
ޢަރަބި ބަހުގައި (ރަފަޢަ) ގެ ލަފުޒީ މާނައަކީ، "މައްޗަށް
އުފުލައިފި" އެވެ.
ނަންފުޅު މަތިވެރިކުރެއްވުމުގެ މާނައަކީ، ބަންގިއާއި،
ގަމަތާއި އައްތަޙިއްޔާތާއި ޚުޠުބާގައި
އިތުރުއެކަލޭގެފާނުގެ ނަންފުޅު ނަންގަނެވުން ކަމަށް
ރިވާވެފައިވެ އެވެ.
لَكَ
ކަލޭގެފާނަށްޓަކައި
ذِكْرَكَ
ކަލޭގެފާނުގެ ނަންފުޅު
فَإِنَّ
ފަހެ، ހަމަކަށަވަރުން،
مَعَ
އެކު
ٱلْعُسْرِ
އުނދަގޫކަމާ
يُسْراً
ފަސޭހަކަން
إِنَّ
ހަމަކަށަވަރުން
مَعَ
އެކު
ٱلْعُسْرِ
އުނދަގޫކަމާ
يُسْراً
ފަސޭހަކަން
فَإِذَا
ފަހެ، ހިނދު
فَرَغْتَ
ކަލޭގެފާނު އަވަދިވެވަޑައިގަންނަވާ
فَٱنصَبْ
ފަހެ، ވަރުބަލިވެ ވަޑައިގަންނަވާށެވެ!
وَ
އަދި
إِلَىٰ
އަށް (ޙަޟުރަތަށް)
رَبِّكَ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ
فَٱرْغَبْ
ފަހެ، ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ!