ސޫރަތުގެ ނަން
ގިނަ ތަފުސީރު ފޮތްތަކުގައި މިސޫރަތަށް ދެވިފައިވާ ނަމަކީ، (سُورَةُ أَلَم نـَشْرَحْ) އެވެ. ޞަޙީޙު ބުޚާރީއާއި ޖާމިޢުއް ތިރުމިޛީގައި ވެސް ވަނީ މިނަމެވެ. ބައެއް ތަފުސީރު ފޮތްތަކުގައި މިސޫރަތަށް ސޫރަތުއް ޝަރްޙް (سورة الشرح) ގެ ނަން ދެވިފައިވެ އެވެ. އަދި ބައެއް ތަފުސީރު ފޮތްތަކުގައި މިސޫރަތަށް ސޫރަތުލް އިންޝިރާޙް (سورة الانشراح) ގެ ނަންދެވިފައިވެ އެވެ.