ތަރުޖަމާ


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށައިގަންނަމެވެ.

1. أَلَمْ نَشْرَحْ لَكَ صَدْرَكَ
ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ހިތްޕުޅު، ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯ އެވެ؟

2. وَوَضَعْنَا عَنكَ وِزْرَكَ
އަދި ކަލޭގެފާނު އުފުއްލަވާ ބުރަ، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ލުއިކުރެއްވީމެވެ.

3. ٱلَّذِيۤ أَنقَضَ ظَهْرَكَ
އެއީ ކަލޭގެފާނުގެ ބުރިކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ.

4. وَرَفَعْنَا لَكَ ذِكْرَكَ
އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ.

5. فَإِنَّ مَعَ ٱلْعُسْرِ يُسْراً
ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަން ވެ އެވެ.

6. إِنَّ مَعَ ٱلْعُسْرِ يُسْراً
ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަން ވެ އެވެ.

7. فَإِذَا فَرَغْتَ فَٱنصَبْ
ފަހެ، ކަލޭގެފާނު (ދީނަށް ގޮވައިލެއްވުމުގެ މަސައްކަތުން) އަވަދިވެވަޑައިގަންނަވާ ހިނދު، ފަހެ، ކަލޭގެފާނު (އަޅުކަންކުރެއްވުމުގައި) ވަރުބަލިވެ ވަޑައިގަންނަވާށެވެ!
8. وَإِلَىٰ رَبِّكَ فَٱرْغَبْ
އަދި ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތަށް، ފަހެ، ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ!