އަވަށްޓެރިޔާގެ ތަރިކަ


ފިރިމީހާ މުޚާޠަބުކޮށް އަނބިމީހާ ބުންޏެވެ.

"އަހަރެމެންގެ އަވަށްޓެރިޔާ ހިތްހެޔޮ ޠައްޔިބު މިއަދު ހެނދުނު ނިޔާވެއްޖެއެވެ. އޭނާ ދުނިޔެއަށް ދޫކުރި ތަރިކަ ގެންދެވުނީ، ޔަތީމުޚާނާއަށެވެ."

ފިރިމީހާ ބުންޏެވެ.

"އެހާ ހިތްހެޔޮ އަވަށްޓެރިޔަކު ދުވަހަކުވެސް ނުދެކެމެވެ. އެކަމަކު، އޭނާ ދޫކުރި ތަރިކައަކީ ކޮބައިހެއްޔެވެ؟"

އަނބިމީހާ ބުންޏެވެ.

"އޭނާގެ އަންހެނުން އަހަރު ދެކޮޅު ވިހާފައިވާ އޭނާގެ ދިހަ ދަރީންނެވެ!"