ޚާދިމުލްޙަރަމައިނިގެ އަރިއަހަށް


ރަދުން ޚާދިމަށް މާތް ޙަރަމްފުޅުގެ ދުއި،
ވެދުން ދަންނަވަމު މާގަތައިގެން ފަށުއި.

ރަދުން ފައްޖުފައްޖުން ޟުޔޫފުންތަކަށް،
މަދުން ނޫނެ ދެއްވުން ވަނީ ޙައްޖުގައި.

އެއީ ޤާއިދޭ އުންމަތަށް ދޭހުގައި،
އެއީ ތަރިރުހަނދު އާދެ، އުންމީދުގައި.

ޖަރީވެއްޖެ ޚިދުމަތް ޖަވާހިރު، މުތުން،
ޙަރީރާއި ރަނުން ލިޔެވިދާ ކިސްވަތުން.

އުފުއްލެވި އަމާންވީ ބަލަދު އުފުޤުގައި،
އުފެއްދެވި ޙަޔާތަށް ދިރުން ޤައުމުގައި.

މިއުންމަތުގެ ތީ އެންމެ ދީލަތި ރަދުން،
މި އުޑު ދަށުގަ ތީ އެންމެ މަތިވެރި ރަދުން.

ޖަލާލިއްޔަ އަރިހަށް ވެޔޭ ދީބުގައި،
ޖަލާލީ މަޤާމް ދާއިމަށް ދޭހުގައި.

އެދެމު ރައްބުނާ ރަޙުމަތުން ލެއްވުމަށް،
ސަޢޫދީ އުޚުއްވަތް ދިވެހި ދާއިމަށް.

ނެރުއްވެވިކަމީ ޖީލު ތިންވަނަ، ހަލުން،
އެރުއްވެވި އުހަށް ކުންނެކޭ މަޙުފަލުން.

ވަލީ ޢަހުދު އަރިހަށް މުޙައްމަދުގެ މާތް،
ޖަލީސުންގެ ކުރުނީސް މަމެން ކުރަމު މާތް.

ސަނާތައް ކިޔަމު އަދު ތަރާނާތަކުން،
ރަނާ ރިހި ގަތައިގެން އަބާރަނަތަކުން.