އެމެރިކާ ވީ ތަން
މާބަނޑުވެފައިވާ މަންމަ ކުރެން، ހޭޖެހޭ ޢުމުރަށް
ވާޞިލުވަމުންދިޔަ އަންހެން ދަރިފުޅު އެއްސެވެ.
"މަންމާ! ކޮއްކޮ އުފަންވުމުން، ކޮއްކޮއަށް ބައްޕަ ދެއްވާނީ
ކޮން ނަމެއް؟"
"ބައްޕަ ދެއްވާނީ، މިހާރު ލިސްޓުގައި
ދެން އޮތް ނަން. އެއީ، އެމެރިކާ."
މަންމަ މިހެން
ބުނުމުން، ދަރިފުޅު ވަރަށް ބޮޑަށް އުފާވިއެވެ. ދުނިޔެއަށް
އައުމުގެ މަގުމަތީގައިވާ އަންހެން ކޮއްކޮގެ ނަން
އެނގުނީތީއެވެ. އަދި، އެ ނަމަކީ، އޭނާގެ ދެ ދައްތައާއި،
އޭނާގެ ނަން ފަދަ ނަމެއް ކަމުގައި ވެސް ވީތީއެވެ.
ދޮށީ ދައްތަގެ ނަމަކީ، ރަޝިޔާ އެވެ.
ދެންހުރި ދައްތަގެ
ނަމަކީ، އޭޝިޔާ އެވެ.
އޭނާގެ ނަމަކީ، އެފުރިކާ އެވެ.
ޖެހިގެން އައި ދުވަހު، "އެފުރިކާ" ސްކޫލަށް ގޮސް
ކްލާހުގައި އިންދާ، ޖޯގުރަފީ މުދައްރިސް ސުވާލެއް
ކުރިއެވެ.
"އެއްވެސް ކުއްޖަކަށް އެމެރިކާ ވީތަނެއް
އެނގޭތަ؟"
ހުރިހާ ކުދިންނަށްވުރެ ކުރިން "އެފުރިކާ"
އަތް އުފުލާލަމުން ގޮވަންފެށިއެވެ.
"ސަރ!
އަޅުގަނޑަށް އެނގޭ! އަޅުގަނޑަށް އެނގޭ! ..."
ޖަވާބު
ދިނުމަށް މުދައްރިސު ހުއްދަ ދެއްވުމުން "އެފުރިކާ"
ބުންޏެވެ.
"އެމެރިކާ ވީ އަޅުގަނޑުގެ މަންމަގެ
ބަނޑުތެރޭގައެވެ!!!"