ފިހާރައިގައި ލަސްނުވި ކުއްޖާ


ގޭދޮށުގައިވާ ފިހާރައަކުން އެއްޗެއް ގަތުމަށްޓަކައި، މަންމައަކު އޭނާގެ ބާރަ އަހަރުގެ އަންހެން ދަރިފުޅު ފޮނުވަމުން ބުންޏެވެ.

"ދަރިފުޅާ! ފިހާރައިގައި ލަސްނުވެ އަވަހަށް އަންނާތި!"

ދަރިފުޅު ގެއިން ނިކުތްތާ ތިންގަޑިއިރު ފަހުން ގެއަށް އެނބުރިދިޔައެވެ. އެވަގުތު މަންމަ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

މަންމަ: "މަންމަ ނުބުނަންތަ ފިހާރައިގައި ލަސްނުވެ އަވަހަށް އަންނައްޗޭ!"

ދަރިފުޅު: "މަންމާ! ފިހާރައިގައި ލަހެއް ނުވަމޭ! އެކަމަކު، ފިހާރައަށް އަވަހަށް ދާށޭ މަންމަ ނުބުނަމެއްނު؟"