بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِاقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

އިނާމު

ތާޖުއްދީނު ސްކޫލް ދަރިވަރުންގެ އިނާމު

މިއީ، ތާޖުއްދީނު ސްކޫލްގެ ގްރޭޑް 5 އިން 9 އަށް ކުރިއަށް ގެންދެވުނު މުބާރާތްތަކަކަށް ހުށަހެޅިފައިވާ އިނާމުތަކެކެވެ.

މި އިނާމުތައް ހުށަހެޅުއްވި ފަރާތަކީ، ޢަބްދުލްމުޢީދު ޙަސަން އެވެ.

އިނާމު ޙައްޤުވާ ދަރިވަރުންނަށް ޕާސްވޯޑް ލިބޭނީ ތާޖުއްދީނު ސްކޫލުން އިންތިޒާމުކުރައްވާ ގޮތެއްގެ މަތިންނެވެ.

މި ޞަފުޙާގައި މިވަނީ އިނާމުތައް ޑައުންލޯޑުކުރެއްވޭނެ ފާލަންތަކެވެ.

\/

1 ވަނަ އިނާމު

ފޯނު ފޮތްބައި

ޢުމަރު ޚައްޔާމުގެ ރުބާޢިއްޔާތު

ބަޙުރު އީމަޖައްލާގެ ބަންޑެލި

ބަޙުރު އީމަޖައްލާގެ 17 ޢަދަދުގެ އިތުރުން އެތައް އެއްޗެއް މި ބަންޑެލީގައި ވެއެވެ.

މި ބަންޑެލީގައި ހިމެނޭ އިތުރު ފޮތާއި މަޖައްލާގެ ތެރޭގައި:

1. ރަމަޟާނިއްޔާތު: 1،

2. އެއީ ކޮން ބޭކަލެއް؟،

3. ޙަމީދުގެ ހަނދާނުގައި،

4. އަރުޝީފުކުރުމަށް ނަޒަރެއް،

5. ޢުލޫމީ ވާހަކަ: އިރަވީ ނިޒާމު،

6. ޢުލޫމީ ވާހަކަ: ޖައްވުގެ ވައި،

7. ޢުލޫމީ ވާހަކަ: ވިއްސާރަދުނި،

8. ޢުލޫމީ ވާހަކަ: ހަކަތަ،

9. ސަރަކަ: 1،

10. ސަރަކަ: 2، ހިމެނެއެވެ.

\/

މުހިންމު ފޮތެއް

މިއީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލެއްވިފައިވާ ކުރު ސީރަތެކެވެ.

މިއީ، އިތުރުއެކަލޭގެފާނުގެ ޒިކުރާ އާކުރުމަށްޓަކައި ބޭނުންކުރެއްވިދާނެ ފޮތެކެވެ.

މުސްލިމު ދިވެހި ދަރިވަރުންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ.

ތާނަ ކިޔުން ފަރިތަކުރުމަށްޓަކައި ވެސް މި ފޮތް ބޭނުންކުރެއްވިދާނެއެވެ.

މި ފޮތުގެ މުއައްލިފަކީ، އަލްމަރްޙޫމް ފަޟީލަތުއްޝައިޚު ޢަބްދުﷲ ފަހުމީ ދީދީ އެވެ.

މިވެސް މުހިންމު