ބޭނުންތެރި އެއްޗެއްސާއި، ބޭނުންނެތް އެއްޗެހި


ހިންދުކަރައިގެ ހިންދީއަކު، މުސްލިމަކާ ސުވާލުކުރިއެވެ.

"ތިމަންމެން މައްޔިތާ އަންދާލާ ގޮތަށް، ތިޔަބައިމީހުން އެކަން ނުކުރަނީ ކީއްވެ ހެއްޔެވެ؟"

ޖަވާބުދެމުން މުސްލިމު ބުންޏެވެ.

"ހިންދީއެވެ!
އެއީ، ތިޔަބައިމީހުންގެ ސަގާފަތުން ވެސް ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ.
ތިޔަބައިމީހުން ވެސް، ބޭނުންތެރި ޖަވާހިރު ފަދަ އެއްޗެހި، ޚަޒާނާކުރުމަށްޓަކައި ވަޅުލަމެއް ނޫން ހެއްޔެވެ؟
އެކަމަކު ބޭނުންނެތް ކުނިބުނި ފަދަ އެއްޗެހި، ނެއްތައިލުމަށްޓަކައި އަންދައިލަމެއް ނޫން ހެއްޔެވެ؟
ހިންދީއެވެ!
އަގުބޮޑު އެއްޗެހި ޚަޒާނާކުރެވެއެވެ!
އަގެއް ނެތް އެއްޗެހި އަންދައިލެވެއެވެ!!!"