އެއީ ހަމަ އެ ގެއެވެ.


މީހަކު މަގުމަތީގައި ޤަވާޢިދާ ޚިލާފަށް އުޅެނިކޮށް ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އޭނާ އުޅޭ އެޑްރެސް އޮޅުންފިލުވުމަށްޓަކައި ފުލުހުން ސުވާލުކުރިއެވެ.

"ތިބާ މިހާރު ދިރިއުޅެނީ ކޮން ގެއެއްގައި ހެއްޔެވެ؟"

އޭނާ: އަޅުގަނޑު މިހާރު ދިރިއުޅެނީ، އަޅުގަނޑުގެ ދައްތަ އުޅޭ ގޭގައެވެ.

ފުލުހުން: ތިބާގެ ދައްތަ ދިރިއުޅެނީ ކޮން ގެއަކު ހެއްޔެވެ؟

އޭނާ: ދައްތަ އުޅެނީ އަޅުގަނޑު އުޅޭ ގޭގައެވެ.

ފުލުހުން: ތިބާއާއި ތިބާގެ ދައްތަ ދިރިއުޅެނީ ކޮން ގެއަކު ހެއްޔެވެ؟

އޭނާ: އަޅުގަނޑުމެން ދެ މީހުން ދިރިއުޅެނީ އެއްގެއެއްގައެވެ.

ފުލުހުން: އެއީ ކޮން ގެއެއް ހެއްޔެވެ؟

އޭނާ: އެއީ، ހަމަ އެ ގެއެވެ.