ދެ ތަނޑީގެ ދެ މީހެއްގެ ފޮނިކެނޑުން


ދުނިޔޭގެ އުތުރު ތަނޑީގައި ދިރިއުޅޭ މީހަކާއި، ދެކުނު ތަނޑީގައި ދިރިއުޅޭ މީހަކު ފޮނިކަނޑަމުން ގެންދިޔައެވެ.

އުތުރު ތަނޑީގައި ދިރިއުޅޭ މީހާ ބުންޏެވެ.

"ތިމަންމެން ދިރިއުޅޭ ތަނުގެ ފިނިގަދަކަމުން، އަލިފާން ވެސް ހުންނަނީ ގަނޑުވެފައެވެ!"

ދެކުނު ތަނޑީގައި ދިރިއުޅޭ މީހާ ބުންޏެވެ.

"ތިމަންމެން ދިރިއުޅޭ ތަނުގެ ފިނިގަދަކަމުން، މީހުން ދައްކާ ވާހަކަ ވެސް ހުންނަނީ ގަނޑުވެފައެވެ. އޭގެ އަޑުއިވެނީ، ކެކިކެކި ހުންނަ ހޫނުފެނަށް ލީމައެވެ!"