ޙާފިޡުގެ 5 ވަނަ ޣަޒަލު



1.
ތަށްޓަށް ޝަރާބު ސާޤީ، ނޫރުން އަޅައި ފުރައިދީ!
ހުއްޓާ ނުލާ ތި ބުލްބުލް ލަވަތައް މަށަށް ކިޔައިދީ!

2.
އަހުރެން އެދޭ މުރާދަށް މިދުނިޔެ ހިނގައި ބަދަލުވީ،
ވަޖިދުވެ ނަށައި ތި ގުމްރީ، މިގޮތަށް ލަވައިން ކިޔައިދީ!

3.
ލޯބީގެ ޗާލު މުނިޔާ، ޝަރުބަތު ތަށީގެ މޭވާ،
އެދިގެން އެއަށް މަ ވާތީ، ޖާމުގެ ކުރައިން އަޅައިދީ!

4.
އަބަދިއްޔަ ޢިޝްޤު ހިތުގައި ހިނގުމުން މަރެއް ނުވާތީ،
ފޮތްފޮތު ތެރަށް އުޅެން ދާން ފޭލިގެ މަގޭ ޖަހައިދީ!

5.
ޝަރުޤުން ޖެހޭ ވަޔާއޭ! ދާނަމަ ހިނގައި ސަމާގައި،
އަހުރެން މިދޭ ސިޓީ ގޮސް އަޙުބާބުނަށް ބަހައިދީ!

6.
"ޛިކުރާ ތެރޭން މަގޭ ނަން، ފޮހެލަން ހިތީ ތި ޤަޞްދުން،
ފަހެ، ކީއްވެހޭ ތުރާލުން؟" މި ސުވާލު ރަސްމުކޮށްދީ!

7.
ފޮހެވޭ ދުވަސް ހަނދާނުން އަންނާނެތީ ޒަމާނުން،
ކެތްތެރިވުމަށް ހިތާ، މޭ، ތަޝްރީޙުކޮށް ފަހައިދީ!

8.
ލާނެތްކަމާ، ޝަރާބާ، ނުވިޔަސް ޙަލާލު ދީނުން،
ދެ ލޮލުގެ ތެރޭން ޙަބީބުގެ، މި ހިތަށް އަޅައި ފުރައިދީ!

9.
ބިރުވެތިވަމޭ ނެތީތީ، މި ލަވައިން އިވޭ ޞަދާ ވެސް،
މީޒާނުގައި ކިރޭއިރު، ތަރުޖީޙުވާން ތަނެއްދީ!

10.
ދެ ލޮލުން ތިބާގެ ޙާފިޡު، ދޭށޭ! މުތީގެ ތިއްކެއް،
ލޯބީގެ ދޫނި ޖެހުމަށް ދާގަނޑުތެރޭން ތަނެއްދީ!