މަރްޔަމު (مَرْيَم) ގެ މާނަ
"މަރްޔަމު" އަކީ، އިހުޒަމާނުއްސުރެ ފަނޑުވުމެއްނެތި
ވާޞިލުވަމުންދާ ލޯބިވެތި ރިވެތި ނަމެކެވެ. މިނަމުގެ އަޞްލާ
މެދު، ޢިލްމުވެރިންގެ މެދުގައި ދޭހަތަފާތުވެފައި ވެ އެވެ.
މި ނަމުގެ އަޞްލު ބުނެދޭ އެތައް ނަޒަރިއްޔާތަކެއް ވެއެވެ.
އެހެނަސް އެ ހުރިހައި ނަޒަރިއްޔާތަކެއް އިއްތިފާޤުވާ އެއް
ކަމެއް ވެއެވެ. އާދޭހެވެ. "މަރްޔަމު" އަކީ، ރިވެތި
މާނަތައް އެކުލެވޭ މާތް ނަމެއް ކަމަށް އެ ހުރިހައި
ނަޒަރިއްޔާތަކެއް އިއްތިފާޤުވެއެވެ. ދުނިޔޭގައި އެންމެ
ގިނައިން އަންހެން ކުދިންނަށް ދެވޭ ނަމަކީ "މަރްޔަމު"
އާއި، އެއިން އުފެދިފައިވާ ނަންތަކެވެ.
ތިރީގައި މިވަނީ، "މަރްޔަމު" ގެ މާނަތަކެވެ.
1. މާތް ﷲ ލޯބިވެވޮޑިގަންނަވާ އަންހެނާ.
2. ލޯބިވެތި އަންހެން ސާހިބާ.
3. ކިޔަމަންތެރި އަންހެން ކުއްޖާ.
4. (ހެޔޮ ކަމަކަށްޓަކައި) މީހުންނާ ދުރުހެލިވެގެންވާ
އަންހެނާ.
5. ވަކި ތަނެއްގައި ޤާއިމުވެގެންވާ އަންހެނާ.
6. ހެޔޮކަންކަމަށް އެދިގެންވާ އަންހެނާ.
7. ޢިއްފަތްތެރި އަންހެނާ.
8. ފާޙިޝްކަމެއް ނެތި ފިރިހެނުންނާ ވާހަކަ ދެއްކުމަށް
ލޯބިކުރާ އަންހެނާ.
9. އަޅުވެރި އަންހެނާ.
10. ޚުޝޫޢަތްތެރި އަންހެނާ.
11. މާތް ﷲ ގެ ގެކޮޅުތަކުގައި ޚިދުމަތްކުރާ އަޅުވެރި
އަންހެނާ.
12. މަތިވެރިކަން.
13. ކަނޑުގެ ރިވޮލިއުޝަން.
14. ކަނޑުގެ ލޯބިވެރިޔާ.
15. ކަނޑުގެ ލޮނުކަން ނުވަތަ ލޮނުރަހަދޭ ކަނޑު (މާނައަކީ،
ކޯރަށްވުރެ ނިޢުމަތްތައް ގިނަ ތަން).
16. ކަނޑުގެ ރާނީ.
17. ކަނޑުގެ ފެންތިކި.
18. ނިޢުމަތުގެ މާކަނޑު.
19. ނިޢުމަތުގެ ބިޔަ ކަނޑު.
20. ކަލާނގެ ކަނޑުފުޅު.
މިނޫން މާނަތައް ވެސް "މަރްޔަމު" ގައި ވެއެވެ. އެ ހުރިހައި
މާނަތަކަކީ ވެސް، މަޤުބޫލު، ރިވެތި މާނަތަކެކެވެ.