ޙިމާރެއްގެ ބޮލަކު އަމީރެއްގެ ބުއްދިއެއް ނުވާނެއެވެ.
އެއްދުވަހަކު، މުޢާވިޔަތު ބިން މަރްވާން، ޙިމާރެއް
ލައްވައި އުޑި އަނބުރާ މީހެއްގެ ކުރިމައްޗަށް
ހުއްޓިވަޑައިގެން ވިދާޅުވިއެވެ.
"ޙިމާރުގެ ކަރުގައި ރަނގަބީލެއް އަޅުވައިގެން އުޑި
އަނބުރަނީ ކީއްވެގެން ހެއްޔެވެ؟"
އެމީހާ: އަޅުގަނޑު މިތާއިންދާ ނިދިޖެހިދާނެ އެވެ. ނުވަތަ
އެހެން ފަރާތަކަށް ބަލަހައްޓައިގެން އިނދެވިދާނެއެވެ.
އެފަދަ ހާލަތެއްގައި ޙިމާރު އުޑި އަނބުރާކަން އެނގޭނީ
ރަނގަބީލުގެ އަޑު އިވެންޏާ ނޫންތޯއެވެ؟
މުޢާވިޔަތު: ރަނގަބީލުގެ އަޑު އިވުމުން ޙިމާރު
އުޑިއަނބުރާކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ އުޑި
އެނބުރުމެއްނެތި ފަރާތްފަރާތަށް ކަރު އަނބުރައިގެން ވެސް
ތިޔަ ޙިމާރު، ރަނގަބީލުގެ އަޑު އިއްވާފާނެ ނޫންހެއްޔެވެ؟
އެމީހާ: ސާހިބާއެވެ! މަނިކުފާނު ފަދަ އަމީރަކަށް ތިޔަހެން
ހެދުމުގެ ވިސްނުންފުޅު ލިބިވަޑައިގެންފާނެއެވެ. އެހެނަސް،
ޙިމާރެއްގެ ބޮލަކު އަމީރެއްގެ ބުއްދިއެއް ނުވާނެއެވެ!