ރޯދައެއް ނުގެއްލޭނެއެވެ!
ރަމަޟާން މަހު ދުވާލު މެންދުރު ފަހުގެ ވަގުތެއްގައި
މީހަކު ޝައިޚަކަށް ގުޅާފައި ބުންޏެވެ.
"ޝައިޚާ އެވެ! އަޅުގަނޑަށް ވަރަށް ބޮޑު ކަމެއް
ދިމާވެއްޖެއެވެ.
އަޅުގަނޑު ދާދި ދެންމެއަކު ކައްސާލައިގެން ކާކޮޓަރި
ތެރެއަށް ވެއްޓިއްޖެއެވެ.
ބޭއިޚުތިޔާރުގައި ގޮސް އަޅުގަނޑުގެ އަނގަ ޖެހުނީ
ބޯކިބަލެއްގެމަތީގައެވެ.
އަނގަ ޖެހުނު ގޮތަށް އެއިން ތަންގަނޑެއް ކެނޑިގެން
ކެވިއްޖެއެވެ.
ދެން ތެދުވާން އުޅެނިކޮށް ވެއްޓުނީ ކަރާފަނި ގިރާފައިހުރި
ބާލިދީއެއްގެ ތެރެއަށެވެ.
އެއިން ވެސް ދެތިންކޯވަރު ބޮވިއްޖެއެވެ.
ދެން ތެދުވާން އުޅެނިކޮށް ކައްސާލައިގެން ގޮސް ޖެހުނީ،
ހެދިކާ އެއްޗެއްގެ ތެރޭގައެވެ.
އެއިން ވެސް ހައެއްކަ ކީމިޔާއާއި ދެތިން ބަޖިޔާ އާއި
ހަތަރުފަސް ގުޅަ ކެވިއްޖެއެވެ.
ދެން ތެދުވާން އުޅެނިކޮށް ފުރޮޅާލައިގެން ގޮސް ޖެހުނީ
ޗޮކްލެޓް ކޭކެއްގެ މަތީގައެވެ.
އޭގެ ވެސް އެއްބައި ކެވިއްޖެއެވެ.
ދެން ތެދުވެގެން ގޮސް މޫނު ދޮންނަން އުޅެނިކޮށް އިސްކުރު
ބިންދައިގެން ދިޔައެވެ.
އިސްކުރު ބަންދުކުރަން އުޅެނިކޮށް ބައިވަރު ފެން
ބޮވިއްޖެއެވެ.
މިއިން އެއްވެސް ކަމެއް ކުރެވުނީ، ގަސްތުގައި އަޅުގަނޑުގެ
އަމިއްލަ އިޚުތިޔާރުގައެއް ނޫނެވެ.
މިކަންތަކުގެ ސަބަބުން މިއަދު އަޅުގަނޑުގެ ރޯދަ
ގެއްލޭނެތޯއެވެ؟"
ޖަވާބުދެއްވަމުން ޝައިޚު ވިދާޅުވިއެވެ.
"ބޭއިޚުތިޔާރުގައި ތިބާއަށް ތިއަށްވުރެ ގިނައިން ކެވުނަސް
ރޯދައެއް ނުގެއްލޭނެއެވެ!!!"