ވާހަކައެއް
1.
މާމެލާމެލީގެ ބަގީޗާއެއްގައި އަހަރެން ކުރިޔަށްދަނިކޮށް
ބުނެލިއަޑުއިވުނެވެ.
"ތިބާ ހާދަހާ ރީއްޗެވެ!"
2.
އޭރު އަހަރެންގެ އުނގުވަނީ ފިނިފެންމާތަކުން ފުރިފައެވެ.
އޭގެ ބަރުދަނަށް އިޖާބަދިން އަހަރެންގެ ހެދުމުގެ މޭމަތިން
ވަނީ ގޮށެއް ކެނޑިފައެވެ.
3.
އޭރު އަހަރެންގެ ހެދުން ވަނީ މޭމަތީގައިވާ ޖަޙީމަކަށް
ވެފައެވެ.
އޭގެ ވާންކަމުން ވަނާތައް ވަނީ ފެލާލެވިފައެވެ.
4.
ތޫތުގަހެއްގެ ނިވަލުން އިވުނު އަޑެއް އަހަރެން
ހޭލައްވާލިއެވެ.
"ތިބާގެ މޭމައްޗަކީ، ހާދަހާ އަގުބޮޑު ޚަޒާނާއެކެވެ."
5.
އަދިވެސް ބުންޏެވެ.
"ޝަރުބަތުން ފުރިފައިވާ ދެ އާރު ވެސް އެތާނގައި ވެއެވެ."
6.
"އަރަގާއި ނޫރުން ފުރިފައިވާ ދެ ކޯރު ވެސް ވެއެވެ."
"އެއީ، ކަރާކަރު ޖައްސައި ލާމެހެމުންދާ ދެ
އައްސޭރިއެކެވެ."
7.
އެ އަޑު އިވިފައި ހިތަށްއެރިއެވެ. "އަހަރެން ހަމަ އެހާ
ރީތިހެއްޔެވެ؟"
"އަހަރެންގެ ނާރުތަކުގައި އަންހެންވަންތަކަން ހިލުވާލަންވީ
ހެއްޔެވެ؟"
8.
އެ އަޑު ވަނީ، ހަރުދަނާކަމާއި، ޙިކުމަތުން ފުރިފައެވެ.
އެ އަޑުގެ ވެރިޔާގެ ދެ ލޯ ވަނީ ނަބީކަމުގެ ނޫރުން
އުޖާލާވެފައެވެ.
9.
އޭނާގެ ނިތްކުރީގައި ބަބުޅަނީ ވިދުވަރުގެ އަލިގަދަ ނޫރެވެ.
އޭނާގެ ތުންފަތް ވަނީ، ހުށިޔާރުކަމާއެކު ބޮސްދޭން
ތައްޔާރުވެފައެވެ.
10.
އޭނާ ދެކެ ލަދުން އަހަރެންގެ ދެލޮލުގެ އެސްފިޔަޖެހުން
އަވަސްވެގަތެވެ.
އެހިނދު އަހަރެންގެ ހިތަށް ސުވާލެއް ވެރިވިއެވެ.
11.
ލަދުވެތިކަމާއެކު އަހަރެންގެ ދެ ލޯ އެ ސުވާލުކުރިއެވެ.
"އަހަރެންގެ ޢިއްފަތްތެރިކަމުގައި ޝަހުވަތްތެރިކަމެއް
ވޭހެއްޔެވެ؟"
12.
ޝަހުވަތުގެ އަލިފާނުން އަނދަމުންދާއިރު އަހަރެންނަށް
މަލާމާތް ނުކުރާށެވެ!
އެ އަލިފާނުން އަނދަމުންދާއިރު، އެންމެންވެސް އަހަރެން
ފަދައެވެ!