ގއ. މާމެންދޫ އަށް ބުރެތިކާލީން އެރި ވާހަކަ


އެއްދުވަހަކު، ހެނދުނު ދަމަކަށް އިރުއެރިތަނާ، ރިޔާ ނަގާފައި އޮތް ބޮޑު ނަވެއް އައިސް، މާމެންދޫ ބޭރަށް މަޑުކޮށްލިއެވެ. ރުއްރުކަށް އަރާ ބައެއް މީހުން އެ ނާ ބެލިއެވެ. ބައެއް މީހުން އަތިރި މައްޗަށް ގޮސް އެ ނާ ބެލިއެވެ.

ގއ. މާމެންދޫގައި ހިނގި ޤިޔާމަތުގެ ހާދިސާ


ހުވަދު އަތޮޅު މާމެންދޫގައި ހިނގި ޤިޔާމަތްވުމުގެ ހާދިސާގެ ވާހަކައަކީ، އާންމު ވާހަކައެއް ނޫނެވެ. އެވާހަކަ އާންމު ނުވުމަށް މެދުވެރިވި މައިގަނޑު ސަބަބު ކަމަށް ބެލެވެނީ، އެވާހަކައިގެ ބަޠަލުންނެވެ.

ގއ. މާމެންދޫ "ކާބުލް" ފަޅުވި ވާހަކަ


ފާއިތުވެގެންދިޔަ ޖީލުގެ ކުރީކޮޅުގައި، ގއ. މާމެންދޫގައި "ކާބުލް" ގެ ނަމުން ނަންދެވިފައިވާ އަވަށެއް ވިއެވެ. މާމެންދޫ ބަހުން އެ އަވަށަށް ކިޔަނީ، "ކާބޮލާ" އެވެ. އެ އަވަށް އޮތީ، އޭރު މާމެންދޫގައި މީހުން ދިރިއުޅުނު ސަރަޙައްދުގެ ހުޅަނގު ދެކުނުގައެވެ.

ބާރުގަދަ ބިންހެލުމެއް ގެނުވި ބޮޑު ސިޙުރު


ހުވަދުއަތޮޅުގައި އުފެދުނު ސިޙުރުވެރިންގެ ތެރެއިން އެންމެ މަޝްހޫރު ސިޙުރުވެރިއަކީ، ޙަކީމްދީދީ އެވެ. އެހެނަސް އޭނާއަށްވުރެ މާމޮޅު ސިޙުރުވެރިން ހުވަދުއަތޮޅުގައި އުފެދިފައި ވެ އެވެ. އެއިން އެކަކީ، ހުވަދުއަތޮޅު މާމެންދޫ ދޮންތަކުރުފާނުގެ ތުއްތު އެވެ.

ޙަކީމުދީދީ ގަޔަށް ބަޑިޖެހި ހާދިސާ


ގއ. މާމެންދޫގެ ތާރީޚުގައި ހިނގި މަޝްހޫރު ހާދިސާތަކުގެ ތެރެއިން އެއް ހާދިސާ އަކީ، ޙަކީމުދީދީ (ނުވަތަ ޙަކީމު) ގަޔަށް ބަޑިޖެހި ހާދިސާ އެވެ. އެ ޙަކީމުދީދީ އަކީ، މުޙައްމަދު އަމީނުގެ ދައުރުގައި ބަޑިޖަހައި މަރާލެވުނު ސިޙުރުވެރިޔާއެއް ނޫނެވެ.

ކުރީގެ ބައެއް ޝަޚުޞިއްޔަތުން


ހުވަދު އަތޮޅު މާމެންދޫ އަކީ، މީހުން ދިރިއުޅުމަށްފަހު، ފަޅުވެފައިވާ ރަށެއް ކަމަށް ބުނެވެ އެވެ. އެރަށް އަލުން އާބާދުކުރެއްވި ބަޠަލަކީ، ކޭވަނެބެއްޔާ އެވެ. ކޭވަނެބެއްޔާގެ އަޞްލު ނަމަކީ، ޢަލީ އެވެ. ހުވަދޫ ބަހުން އޭނާއަށް ކިޔަނީ، އަލިޔާ އެވެ.

ރަށުން ޢާއިލާއެއް ބޭރުކޮށްލި ބޮޑު ސިޙުރު


ހުވަދު އަތޮޅު އުތުރުބުރީ މާމެންދޫ އަކީ މަޝްހޫރު ސިޙުރުވެރިންތަކެއް އުފެދުނު ރަށެކެވެ. ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ސިޙުރުވެރިންގެ ތިން ޖީލެއް އެރަށުން ފާޅުވެފައި ވެއެވެ. ފުރަތަމަ ޖީލުގެ މުޢައްލިމު ސިޙުރުވެރިންނަކީ ...

ޖިންނި ބަހުރުވައިގެ ވާހަކައެއް


ތަކިރިހާން ތަކިރިހާން،
ކަކޫ ކަންޑަމޮންޑަވެގެން އައިއިރުގައި،
ބިއްލާހި އައިސާ ކަނބުލޯ،
ރޮއިވައްސޭރި ނުގަތީމޭ،
ބިއްލަ މަގޭ ފިރިޔަކުނޭ،
ބިންހިމަ ގެހަކު ތިރިޔޭ އިފާކު އެލީޔަސް،
މިއަދަށް މަ މަރުވެގަތީމޭ!

މަސްބަހަ ޖާދޫ


ހިކަނދި މަސްބަހަ ކެއްކި ލިކުން،
މީދާ ހިތް މޮޅިވި ލިކުން،
ކައުޑެ ދެލޯ ކަނުވި ލިކުން،
ބޮއިގެހު ފަތް ވެރުން ލިކުން،

ދޮނެރެކެދިޔެ އާއި މުޙައްމަދު އަމީން


އަލްމަރްޙޫމާ ދޮނެރެކެދިޔެ އަކީ، ގއ. ދާންދޫ ޤަދަރުވެރި ބޭކަނބަލެކެވެ. ރައީސް މުޙައްމަދު އަމީނާ އޭނާ ބައްދަލުވީ ފަތިހަކަށް ދުނިޔެ ނޭވާލަމުންދިޔަ އަސަރުގަދަ ރެއެއްގައެވެ! އެކަން ހިނގާފައިވަނީ، ރައީސް މުޙައްމަދު އަމީން، ހުވަދުއަތޮޅަށް ކުރެއްވި ތާރީޚީ ދަތުރުފުޅުގެ ތެރޭގައެވެ.

އިލާހީ ޙިމާޔަތް ލިބުނު އަންހެންކުއްޖެއް


އެއްދުވަހަކު މުސްލިމު ޒުވާން އަންހެންކުއްޖަކު އޭނާގެ ރަޙުމަތްތެރިއެއްގެ ގެއަށް ދިޔައެވެ. އެގޭގައި އޭނާ އެކިއެކި ކަންކަމުގައި މަޝްޣޫލުވެގެން އުޅެނިކޮށް، ރޭގަނޑު މެންދަންވިއެވެ. އެ ގެ ހުންނަނީ، އޭނާގެ ގެޔާ ވަރަށް ދުރުގައެވެ.

ވިޔާނުދާ އަންހެނެއްގެ ވާހަކަ


ދެމަފިރިންގެ ޙަޔާތުގެ ކުރީކޮޅުގައި، ފިރިމީހާއަކީ ތަނަވަސްކަމެއް ލިބިފައިވާ މީހެއް ނޫނެވެ. ޙަޔާތުގެ މައިދާނަށް އޭނާ ނުކުތީ އަނބިމީހާގެ އެހީތެރިކަމުގައެވެ. އެކަމަށްޓަކައި އޭނާ ހޭދަކުރީ އަނބިމީހާގެ މުދަލާއި ފައިސާއެވެ.

ކުޑަ މީހާ އާއި ބޮޑު މީހާ


މީހުން ތިމަންނައަށް އިހާނެތިކޮށްހިތައެވެ.
މީހުން ތިމަންއަށް މަލާމާތްކުރެއެވެ.
މީހުން ތިމަންނައަށް ޖެއްސުންކުރެއެވެ.
މީހުން ތިމަންނައަށް އަނިޔާކުރެއެވެ.
މީހުންގެ އުނދަގޫ ބޮޑުކަމުން ތިމަންނާ އުޅެންޖެހިފައި މިވަނީ، އެކަހެރިކަންމަތީގައެވެ.

ޙާފިޡުގެ 7 ވަނަ ޣަޒަލު



1.
އޭވަޔާ ފަތިހުގެ ނަޔާ، ޣައްޒާލު އަށް އެދެމޭ ބުނުން:
"މަގު މަށަށް ތިޔަ އޮޅުވަނީޔޭ ބިންތަކާ ފަރުބަދަތަކުން."
2.
ހަކުރު ވިއްކާ ތާޖިރަށް ދިގު ޢުމުރަކަށް އެދެމުން ބުނަން:
"ހަކުރުކާ ކުދި ދޫނި ހޯދަން ހަނދުމަ ނެތުނީހޭ ދިއުން."
3.
ރީތި ނަލަ ފިނިފެން މަލާއޭ! ޢަންދަލީބާ ގާތް ނުވީ،
ކިބުރުވެރިކަން ވާކަމުންހޭ؟ ހިތު ތެރޭގައި މާފުނުން.

ޙާފިޡުގެ 15 ވަނަ ޣަޒަލު



1.
ވަޔާއޭ މެންދަމަށް މިޖެހޭ، ކޮބައިހެ؟ ހަނދާ، މަގޭ މަޢުޝޫޤު،
މަށަށް ބުނެދީބަލާށެ ތިބާ މަ ދާންވީ މަންޒިލާ، މާމަގު.
2.
މިވާދީގައި ބިރެއް ނެތަކަސް، އަމާން ތަނަކަށް މިތަން ވިޔަކަސް،
ނެތޭ ޠޫރުގެ މަތީ ނޫރެއް އެނގޭނޭ ހެން އަރާ އުދަރެސް.
3.
ފަނާވާ މަސްރަޙުން ދުނިޔޭން، ސަލާމަތްކަން ވަނީ ކާކަށް؟
ޚަރާބާތުގެ ޒަމާންތަކުގައި އަމާންކަން ލިބި ވަނީ ކާކަށް؟

ޙާފިޡުގެ 125 ވަނަ ޣަޒަލު



1.
ތިޔަ ރީތި ދެތުންފަތުގައި މިހިތުން ބޮސްދީ ހެދިދާނީ ކޮންއިރަކުން؟
"ތިޔަހިތް ބުނި ކޮންމެ ކަމެއް ކުރުމަށް މި ދެ ތުންފަތް މިވަނީ ތައްޔާރަށް!"
2.
ފުދިދާނޭބާ ބޮހަކަށް އަގަކަށް މިޞްރުގެ ވާރު އެކީގައި ދިނުމުން؟
"ވިޔަކޮށްލީމާ ނުވެދާނޭބާ ތިޔައީ ވެސް މާ މަދު މިންވަރަކަށް!"
3.
އެއްވެސް ކަތަކަށް އެރިފައިވޭހޭ؟ ތުންފަތު ހިޔަލަށް ހިންމަތަކުން،
"ތިޔައީވާ އަދި ނޭގޭ އަރަތެއް އޭގެ ޖަވާބެއް ފާލާ ރަމަލަށް!"

ލޯބިވުމުގެ ފުރުޞަތު ދެއްވާށެވެ!


މުދައްރިސަކު އޭނާގެ ދަރިވަރަކު ފިލާވަޅު ދަސްނުކުރާތީ، އެ ދަރިވަރުގެ ގައިގައި ކޮންމެ ދުވަހަކު ތަޅައި އަދަބުދެއެވެ. އެއް ދުވަހަކު އެ ދަރިވަރު މުދައްރިސަށް ނަންގަތެވެ.

"ކޮންމެ ދުވަހަކު މުދައްރިސު އަޅުގަނޑަށް އަދަބުދެއްވަނީ ކީއްވެތޯއެވެ؟"

ކަންފަތުގެ ބޭނުން


ބަސްނާހާ ކުދިންތަކެއް އުޅޭ ކްލާހަކަށް ކިޔަވައިދޭން ދަތިވެފައިވާ ޓީޗަރަކު، ދަރިވަރުންގެ ކުރިމައްޗަށް ސުވާލެއް ހުށަހެޅުއްވިއެވެ.

"ކަންފަތުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟"

އެއްވެސް އެއްޗެއް އެނގިނުލައްވާ ޓީޗަރ


އެއްދުވަހަކު ކުއްޖަކު ސްކޫލުން ގެއަށް ގޮސް، އޭނާގެ މަންމަގެ ގާތުގައި ބުންޏެވެ.

"މިހާރު ތިމަންމެންނަށް ސައިންސް ކިޔަވާދެއްވަން ދުރުވާ ޓީޗަރަށް އެއްވެސް އެއްޗެއް އެނގިއެއްނުލައްވައެވެ."

ދިވެހިރާއްޖެ ފަތަޙަކުރެއްވީ ކޮން ބޭކަލެއް؟


އެއްދުވަހަކު، ދަރިވަރަކު ގެއަށް ގޮސް އޭނާގެ ދައްތަ ގާތުގައި ބުންޏެވެ.

"ދައްތާއެވެ! އިންޑިއާ ފަތަޙަކުރެއްވީ ކޮން ބޭކަލެއް ހެއްޔެވެ؟ އެއީ ކޮން ބޭކަލެއްކަން ނޭނގުނީތީ، މިއަދު ތާރީޚު ޓީޗަރ ތިމަންނާ އަށް އަދަބުދެއްވައިފިއެވެ."

އިސްތިސްނާ ހާލަތު


ދަރިވަރެއްގެ ބެލެނިވެރިން ސްކޫލަކަށް ހާޒިރުކުރެވުނެވެ. އެ ދަރިވަރާބެހޭ ގޮތުން ބައެއް މަޢުލޫމާތު އޮޅުންފިލުވުމަށްޓަކައެވެ. ދަރިވަރުގެ ބައްޕަ ކުރެން ސްކޫލްގެ ވެރިއަކު އެއްސެވިއެވެ.

"ތިބާގެ ދަރިފުޅު ގޭގައި އުޅެނީ ކިހިނަކުން ހެއްޔެވެ؟"