ޙާފިޡުގެ 7 ވަނަ ޣަޒަލު



1.
އޭވަޔާ ފަތިހުގެ ނަޔާ، ޣައްޒާލު އަށް އެދެމޭ ބުނުން:
"މަގު މަށަށް ތިޔަ އޮޅުވަނީޔޭ ބިންތަކާ ފަރުބަދަތަކުން."

2.
ހަކުރު ވިއްކާ ތާޖިރަށް ދިގު ޢުމުރަކަށް އެދެމުން ބުނަން:
"ހަކުރުކާ ކުދި ދޫނި ހޯދަން ހަނދުމަ ނެތުނީހޭ ދިއުން."

3.
ރީތި ނަލަ ފިނިފެން މަލާއޭ! ޢަންދަލީބާ ގާތް ނުވީ،
ކިބުރުވެރިކަން ވާކަމުންހޭ؟ ހިތު ތެރޭގައި މާފުނުން.

4.
ރީތި އަޚުލާޤާ ކުރާހާ، ރީތިވީ ހެޔޮކަންކަމުން،
ދަންތުރާގައި ޖެއްސިދާނޭ ބުއްދިވެރިވި މުފައްކިރުން.

5.
ނަމަވިޔަސް ބިރުވެރިކަމެއް ފެނި ތޫނުފިލިވީ ދޫނިތައް،
ހަމަހިލައި ނުހިފޭނެޔޭ ބަލަ! ދާތަކާ މަޅިފަތިތަކުން.

6.
ހަނދުތަކެއް ފަދަ މޫނު އަލިވީ، އިސްކޮޅާ އަދި ރޫފަހެޔޮ،
ރީތި ކަޅިރަވަތައް އެވާހައި ޙޫރުނަށް އެދެމޭ ބުނުން:

7.
"ނޭގުނޭ ހަމަ ކީއްވެގެންކަން، ރީތި ކުލަޔެއް ދޭހުގައި،
ރީތި ތިޔަ ކަނބަލުންނަކަށް އަދު ލިބިނެތީ އެކުވެރިކަމުން."

8.
ލޯބިވެރިޔާ ގާތުގައި އިނދެ ބަސް ކިޔާ ނަމައީ ތިބާ،
މިތުރުވެރި އެންމެންގެ ހެޔޮކަން ބުނެލަދޭށޭ ތެދު ބަހުން.

9.
ބިންމަތީ ޙާފިޡު ކިޔާހައި ޣަޒަލުތައް އުޑުގައި ވެޔޭ،
އީސަޔަށް ނެށުމަށް ގޮވާލާ ލަވަޔަކަށް ޒުހުރާ ދުލުން.