ތިން މީދަލެއްގެ ފޮނިކެނޑުން
އެއްދުވަހަކު ރަޙުމަތްތެރި ތިން މީދަލެއް
ތެޔޮގުޅާސާދާކުރަމުން ގެންދިޔައެވެ. އެކަމުގެ ތެރޭގައި،
އެއިން އެއް މީދާ ބުންޏެވެ.
"ކޮންމެ ދުވަހަކުވެސް ތިމަންނާ ކޮކަޑި ކަމެވެ.
ތިމަންނާއަށް އެއީ ހަކުރު ފަދަ އެއްޗެކެވެ!"
އެ މީދާ މިހެން ބުނުމުން ދެވަނަ މީދާ ބުންޏެވެ.
"ތިޔައީ މާ މޮޅު ކަމެއް ނޫނެވެ. ތިއަށްވުރެ މާ މޮޅު ކަމެއް
ތިމަންނާ ކުރަމެވެ. ކޮންމެ ދުވަހަކު ތިމަންނާ ދަންތުރައަށް
ވަދެ، އޭގައި ހުންނަ ހުރިހާ އެއްޗެއް ކާލަމެވެ. އަދި
އެއިން ނިކުންނަނީ އޭގެތެރޭގައި އޮވެ ލަވަކިޔައި
ނެށުމަށްފަހުގައެވެ."
ދެވަނަ މީދާ މިހެން ބުނުމުން ތިންވަނަ މީދާ ބުންޏެވެ.
"ތިޔަ ދެ މިތުން ތިކުރަނީ މާ މޮޅު ކަމެއް ނޫނެވެ.
ތިއަށްވުރެ މާ މޮޅު ކަމެއް ތިމަންނާ ކުރަމެވެ. ކޮންމެ
ދުވަހަކު ތިންއިރު ތިމަންނާ ކަނީ، ބުޅަލުގެ
ކާބޯތަކެތިންނެވެ. އެ އެއްޗެހި ކައިފައި ތިމަންނާ ބުޅަލަށް
ފިލަނީ، އެސޮރުގެ ގައިގައި ނިގުލުން ހައެއްކަ ބޮނޑިވެސް
އަޅާފައެވެ!"